މީގެ ހަ އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ގަލީ ބޯއީ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި އެވެ.
މީގެ ހަ އަހަރު ކުރިން ގެނެސްދިން ބޮލީވުޑްގެ ކާމިޔާބު ފިލްމު "ގަލީ ބޯއީ"ގެ ސީކުއެލްއެއްގެ މަސައްކަތް ފަށައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އެ ފިލްމުގެ ލީޑު ކާސްޓަށް ވަކީ ކައުޝަލް އާއި އަނަންޔާ ޕާންޑޭ ނަގަން އަންނަނީ މަޝްވަރާ ކުރަމުންނެވެ. މި ވަގުތު ކުރިއަށް ގެންދަނީ ފިލްމުގެ ކާސްޓް ފައިނަލް ކުރުމުގެ މަސައްކަތެވެ.
މި ފިލްމު ވާނީ ވިކީ އާއި އަނަންޔާ އެކުގައި ފެންނާނެ ފުރަތަމަ ފިލްމަށެވެ.
ޒޯޔާ އަކްތަރުގެ ޑައިރެކްޓުކޮށް 2019 ވަނަ އަހަރު ގެނެސްދިން "ގަލީ ބޯއީ"ގައި ލީޑު ރޯލުތައް ކުޅުނީ އާލިއާ ބަޓް އާއި ރަންވީރް ސިންގް އަދި ސިދާންތު ޗަތުރްވޭދީ އެވެ. ދެވަނަ ފިލްމުގައި މި ތަރިން ފެންނާނެ ކަމެއް އަދި ނޭނގެ އެވެ.
"ގަލީ ބޯއީ"ގެ ސީކުއެލް ޑައިރެކްޓުކުރަނީ "ކޯ ގައޭ ހަމް ކަހާ" އާއި "ޓައިގާ ބޭބީ" ކަހަލަ ފިލްމުތައް ގެނެސްދިން އަރްޖުން ވަރައިން ސިންގް ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އެންމެ 12 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ގަލީ ބޯއީ"އަށް ބޮކްސް އޮފީހުގައި 238 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ. އަދި އެ ފިލްމަކީ 2020 ވަނަ އަހަރު އިންޑިއާ އިން ރަސްމީކޮށް އޮސްކާ އެވޯޑަށް ވެސް ހުށަހެޅި ފިލްމެވެ.
ރަންވީރުގެ އާ ފިލްމު ރިލީޒްކުރުން ހުއްޓުވަން ކޯޓަށް
ރަންވީރުގެ ފިލްމުގެ ކްރޫ ކާނާ ވިހަވަގެން އެޑްމިޓްކޮށްފި
ރަންވީރާއި ބޮބީ ބޮޑު ޕްރޮޖެކްޓަކަށް ސޮއިކޮށްފި
ޕޯސްޓުތައް ޑިލިޓްކޮށްފައި ދިނީ އާ ފިލްމުގެ ޓްރެއިލާ
އާހާން ޕާންޑޭ ލޯބީގެ ފިލްމަކުން ބޮލީވުޑަށް ތައާރަފުވަނީ
ރަންވީރާއި ދީޕިކާގެ "83" ގެ ޓީޒާއެއް
ރަންވީރާ އެކު ރޯހިތު ދެން ހަދާނީ "އަންގޫރް"ގެ ރިމޭކް
ދަރޭ ނެތަސް "އަޕްނޭ 2" ގެނެސްދޭނެ: ޕްރޮޑިއުސަރު
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަންދީޕާއި ޝްރައްދާ އެކުގައި ފިލްމެއް ކުޅެނީ