ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ބޭފުޅުން އައްޔަންކުރަން މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރީގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ލިސްޓުގެ ފަހަތަށް ވެއްޓި އަދި ދެ ވަނަ އަށް އޮތް އިބްރާހިމް މުއާޒު އަލީ (މުއާ) ކޮމިޓީގެ ލިސްޓުން ކަޓައިފި އެވެ.
13 ޖެނުއަރީ 2025
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ ގޮނޑިއަށް ބޭފުޅުން އައްޔަންކުރަން މަޖިލީހަށް ފޮނުވި ލިސްޓުގެ ކުރީގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ލިސްޓުގެ ފަހަތަށް ވެއްޓި އަދި ދެ ވަނަ އަށް އޮތް އިބްރާހިމް މުއާޒު އަލީ (މުއާ) ކޮމިޓީގެ ލިސްޓުން ކަޓައިފި އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ އެވެ.
އެ ބޭފުޅުންނާ އިންޓަވިއުކުރެއްވުމަށް ފަހު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނެރުނު ރިޕޯޓުގައިވާ ގޮތުން، 89 ޕަސެންޓާ އެކު މިހާރު އެންމެ މަތިން މާކްސް ލިބިވަޑައިގެން ކުރީގައި އޮތީ އެ ކޮމިޝަންގެ މެމްބަރުކަން ކުރިން ވެސް ކުރެއްވި އާމިނަތު ސަރާހަތު އިއްޒަތެވެ.
ދެވަނައަށް އެންމެ ގިނަ މާކްސް ލިބިވަޑައިގަތީ ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޝިފްޒާ މުސްތަފާއަށެވެ. އެއީ 84 ޕަސެންޓެވެ.
މިހާރު މުހައްމާ، 79 ޕަސެންޓާ އެކު އޮތީ ތިން ވަނައަށެވެ. ހަތަރު ވަނައަށް އޮތީ، މިހާރު ވެސް ނޫސްވެރިކަމުގައި އުޅުއްވާ ޝިމްލާ އަހުމަދެވެ. އޭނާއަށް 77 ޕަސެންޓް ލިބިވަޑައިގެންނެވި އެވެ.
ރައީސް އިސްކަންދެއްވި ތަރުތީބުގެ ދެ ވަނައިގައި އޮތް މުއާޒަށް ކޮމިޓީން ދީފައިވަނީ 68 ޕަސެންޓެވެ.
ބްރޯޑްކޮމް އަށް އައްޔަންކުރަން ގާބިލް ކަމަށް ކޮމިޓީން ބަލާފައި ވަނީ 75 ޕަސެންޓަށްވުރެ މަތިން މާކްސް ލިބިވަޑައިގަތް ބޭފުޅުން ކަމަށް ވާތީ މުއާ ވަނީ މަޖިލީހުގެ ތަޅުމަށް ފޮނުވާ ނަންތަކުގެ ލިސްޓުން ކަޓައިފަ އެވެ.
އިންޓަވިއުތަކަށް ފަހު، 75 ޕަސެންޓަށް ވުރެ ގިނަ މާކްސް ލިބިވަޑައިގަތް ބޭފުޅުންގެ ތެރެއިން އައްޔަންކުރާނެ ބޭފުޅަކު ކަނޑައަޅަން މަޖިލީހުން ދައުރުން ބޭރުގައި ބާއްވާ ޖަލްސާއެއް އަންނަ ބުރާސްފަތި ދުވަހަށް ވަނީ ތާވަލްކޮށްފަ އެވެ.
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!
ބްރޯޑްކޮމަށް އައްޔަންކުރަން ފަސް ނަމެއް މަޖިލީހަށް
"ބްރޯޑްކާސްޓްގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް ކަމެއް ނުކުރަން"
ގަވައިދު ބަދަލުކުރި ގޮތް ބަލަން ބްރޯޑްކޮމް ކޮމިޓީއަށް
ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވައިފި
ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި
މީޑިއާ ކޮމިޝަންގެ ހިޔާލާ މެދު މީޑިއާތަކުން ކަންބޮޑުވޭ
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި