ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކޮމިޓީގެ ލިސްޓުގެ ފަހަތުގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ފާސްކޮށްފި އެވެ.
16 ޖެނުއަރީ 2025
ބްރޯޑްކާސްޓިން ކޮމިޝަނުން ހުސްވެފައިވާ ދެ މަގާމަށް ކޮމިޓީގެ ލިސްޓުގެ ފަހަތުގައި އޮތް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާއި ބްރޯޑްކޮމްގެ ކުރީގެ މެންބަރު އާމިނަތު ސަރާހަތު އިއްޒަތު އައްޔަންކުރަން ފާސްކޮށްފި އެވެ.
އެ ކޮމިޝަންގެ ދެ މެމްބަރެއްގެ ދައުރު މިދިޔަ މަހު ހަމަވުމުން އެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލުމުން 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނު އިސްކަން ދެއްވާ ތަރުތީބު ބަޔާން ކުރައްވައި، އެ ލިސްޓް މަޖިލީހަށް ފޮނުއްވައިފަ އެވެ. އޭގެ އެންމެ ކުރީގައި އޮތީ މުހައްމާ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ އެވެ.
ނަމަވެސް، ކޮމިޓީން އެކުލަވާލި ރިޕޯޓުގައި މުއާގެ ނަން ކަޓުވާލައި، މުހަންމާގެ ނަން އޮތީ ލިސްޓުގެ ތިން ވަނައިގަ އެވެ. އެއް ވަނަ އަދި ދެ ވަނައިގައި އޮތީ ސަރާހަތު އަދި ނޫސްވެރިޔާ ޝިފްޒާ މުސްތަފާ އެވެ.
ދައުރުން ބޭއްވި މިއަދުގެ ޖަލްސާގައި ލިސްޓު ތަރުތީބުން ނެގި ވޯޓުގައި އެންމެ ފުރަތަމަ ވޯޓަށް އެހީ ސަރާހަތުގެ ނަމަށެވެ. އޭނާ ބްރޯޑްކޮމަށް އައްޔަން ކުރަން ފާސްކުރީ 68 މެންބަރުންގެ އިއްތިފާގުންނެވެ.
ދެ ވަނައަށް ވޯޓަށް އެހި ޓީވީ ނޫސްވެރިއަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރައްވާފައިވާ ޝިފްޒާ އައްޔަން ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ 11 މެންބަރުންނެވެ. އައްޔަން ކުރަން ނުފެންނަ ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ 50 މެންބަރުން ވޯޓު ދެއްވި އެވެ.
މުހަންމާ އައްޔަން ކުރަން ފާސްކޮށްފައިވަނީ 58 މެންބަރުންގެ ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރުންނެވެ.
ދެ މެންބަރުންނަށް ރުހުން ލިބި ފާސްވުމުން، ކޮމިޓީ ލިސްޓުގައި ބާކީ އިންނެވި ނޫސްވެރިޔާ ޝިމްލާ އަހުމަދުގެ ނަމަށް ވޯޓަށް އަހާފައިނުވެ އެވެ.
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި
ބްރޯޑްކޮމަށް މުހަންމާ އާއި މުއާ އައްޔަން ކުރަނީ
ފަޒީންގެ މައްސަލަ އަންނަ ހޯމައަށް ތާވަލްކޮށްފި
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް
ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!
މުހަންމާ ފަސް މިލިއަނުގެ ދަރަންޏެއް އަދާކުރަން ހުކުމެއް
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމް ލިސްޓުން މުހަންމާ ފަހަތަށް، މުއާ ކަޓައިފި
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!