ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އަންހެން މުވައްޒަފަކަށް، އެ ކޮމިޝަނުގެ ނައިބް ރައީސް މުހައްމަދު ފަޒީން ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އޭނާ ވަކިކުރުމާ މެދު ގޮތެއް ނިންމުން އަންނަ ހަފުތާގެ ހޯމަ ދުވަހު ކުރިއަށް ގެންދަން ނިންމައިފި އެވެ.
ޖިންސީ ފުރައްސާރައިގެ ޝިކާރައަކަށްވި މުވައްޒަފާއި ފަޒީން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް މީގެ ކުރިން ވަނީ ސުވާލުކޮށްފަ އެވެ. އަދި ފަޒީންގެ ފަރާތުން އިތުރު ފުރުސަތަކަށް އެދުމުން، އޭނާއާ ބައްދަލުކުރުމަށް މިއަދު އޮތީ ކޮމިޓީން ތާވަލުކޮށްފަ އެވެ.
އެކަމަކު، ފަޒީންގެ ވަކީލުގެ އަންހެނުން ބަލިކަމަށް ކޮމިޓީއަށް މެއިލްއަކުން އަންގައިފަ އެވެ. އަދި އެކަން ފަޒީން ވެސް ސިޓީއަކުން ކޮމިޓީއަށް އެންގި އެވެ. އެހެންވެ އޭނާގެ މައްސަލަ ތާވަލްކުރީ އަންނަ ހޯމަ ދުވަހު ކުރިއަށް ގެންދާށެވެ.
އެ މައްސަލާގައި ކޮމިޓީން މަޖިލީހަށް ފޮނުވި ސިޓީ ތަޅުމަށް އިއްވަމުން އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ކޮމިޝަނުގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް އެ ކޮމިޝަނުންނާއި މުވައްޒަފުގެ ފަރާތުން، ޖެނުއަރީ 9 ގައި ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލާގައި ކޮމިޝަނުގެ މެމްބަރުންނާއި ބައެއް މުވައްޒަފުނާ ވާހަކަ ދެއްކުމަށް ފަހު ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ނިއުޝާ ވިދާޅުވީ އެކި ފަހަރު މަތިން ނުރުހުމުގައި އޭނާގެ ގައިގައި އަތްލާފައިވާ ކަމަށް އަންހެން މުވައްޒަފު ބުނެފައިވާ ކަމަށެވެ. އަދި ކޮމިޝަނުގެ އެހެން އަންހެން މުވައްޒަފަކަށް ވެސް ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާ ކަމަށް ކޮމިޓީއަށް އެ މުވައްޒަފު މައުލޫމާތު ދީފައިވާ ކަމަށް ނިއުޝާ ވިދާޅުވި އެވެ.
އެ މައްސަލަ ވަނީ އެ ކޮމިޝަނުގެ ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރުމުގެ ކޮމިޓީއަށް ހުށަހަޅާފައިވާ ކަމަށް ކޮމިޝަނުގެ މެމްބަރުން ވެސް މައުލޫމާތުދެ އެވެ.
"ކޮމިޝަނުގެ ނައިބް ރައީސްގެ ގޮތުގައި ހުންނަވައި ކޮމިޝަނުގެ މުވައްޒަފަކާ ބޭއަދަބީ ބަހުން ވާހަކަ ދެއްކުމާއި އެ މުވައްޒަފުގެ ގައިގައި އަތްލުމަކީ މުޖުތަމައު ގަބޫލުކުރާ އަހްލާގީ މިންގަނޑާއި އަބުރުވެރިކަމާ ހިލާފު އަމަލެއް ކަމަށް ކޮމިޓީން ދެކޭ ކަމާއި އެ ކަމަކީ މެމްބަރުކަމުގެ ސުލޫކީ ހަމަތަކާ ހިލާފު އަމަލެއް މުހައްމަދު ފަޒީން ކޮށްފައިވާ ކަމަށް ބެލެވޭ ހަމަތަކެއް ކޮމިޓީއަށް ފާހަގަކުރެވުނު،" ކޮމިޓީގެ ސިޓީގައި ފާހަގަކުރެ އެވެ.
އެ މުވައްޒަފުންގެ މައުލޫމާތަށް ރިއާޔަތްކޮށް ކޮމިޓީން ނިންމާފައި ވަނީ ފަޒީން، ރަސްމީ މަސައްކަތުގެ ބޭރުން މުވައްޒަފަށް ގުޅައި ބޭއަދަބީ ބަހުން ވާހަކަ ދައްކާފައިވާކަން ކޮމިޓީއަށް ގަބޫލުކުރެވޭ ކަމަށެވެ.
އެ މައްސަލާގައި މީގެ ކުރިން، ކޮމިޓީގެ ހުރިހާ ބައްދަލުވުމެއް ވެސް ބޭއްވީ ބަލަމުންދަނީ ކާކުގެ ކޮން މައްސަލައެއް ކަން ހާމަނުކޮށް، ސިއްރު ކޮށްގެންނެވެ. ކޮމިޓީން ބުނި ގޮތުގައި މައްސަލަ ސިއްރުން ކުރިއަށް ގެންދަނީ ދެ މީހެއްގެ ޒާތީ މަސްލަހަތު އެކުލެވޭ މައްސަލައަކަށް ވާތީ އެވެ.
ޖިންސީ ފުރައްސާރަ އަމާޒުވި ކަމަށް ބުނާ މުވައްޒަފު މީގެ ކުރިން "މިހާރު" އަށް ކިޔައިދިން ގޮތުގައި ތަކުރާރުކޮށް އެކި ފަހަރުމަތިން އޮފީސް ތެރެއިން އޭނާއަށް ވަނީ ފަޒީންގެ ފަރާތުން ފުރައްސާރަ އަމާޒު ވެފަ އެވެ. އެކަމާ ގުޅިގެން ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑަށް އަސަރުކޮށް، އޭނާ އޮފީހަކަށް ވެސް ނުނުކުމެ އެވެ.
މައްސަލާގައި ޖަވާބުދާރީވާން ފަޒީނަށް އިތުރު ފުރުސަތުދެނީ
ފުރައްސާރައިގެ މައްސަލައަށް ފިޔަވަޅު ނޭޅި ކަންބޮޑުވުން!
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ފުރައްސާރަ މައްސަލާގައި ބްރޯޑްކޮމް މާދަމާ ކޮމިޓީއަށް
ފުރައްސާރަކޮށް ޑިޕްރެޝަނަށް، ރައްކާތެރިކަމެއް ނުލިބުނު!
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި
ބްރޯޑްކޮމްއަށް އައްޔަންކުރަނީ މުހަންމާ އާއި ސަރާހަތު
ބްރޯޑްކޮމް ލިސްޓުން މުހަންމާ ފަހަތަށް، މުއާ ކަޓައިފި
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!
ބްރޯޑްކޮމަށް މުހަންމާ އާއި މުއާ އައްޔަން ކުރަނީ