މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
16 ޖޫން 2025
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ މެންބަރު ކަމަށް ކުރީގެ ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރު އާމިނަތު އަމީނާ (އަނާ) ގެ ދައުރު މިއަދު ހަމަވެފައިވާއިރު، ކޮމިޝަންގެ މެންބަރު ކަމަށް ހުޅުވައިލުމުން ހަ ބޭފުޅަކު ކުރިމަތިލެއްވި އެވެ. އެ ހަ ބޭފުޅުންނާ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އިންޓަވިއުކޮށް އެ ކޮމިޓީން ވަނީ މާކްސް ދީފަ އެވެ. އޭގެ ތެރެއިން 75 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބުނީ ތިން ބޭފުޅަކަށެވެ.
އެއީ:
- ވީނިއުސްގައި ކުރިން މަސައްކަތްކުރި ނޫސްވެރިޔާ ޒަމްއަތު އަހުމަދު ވަހީދު (89 ޕަސެންޓް)
- ޕީއެސްއެމްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު (85 ޕަސެންޓް)
- އޭއޯ ނިއުސްގެ ފައުންޑާ ޝިމްލާ އަހުމަދު: (77 ޕަސެންޓް)
ތިން ބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވުމުން މިއަދު އެކަމާ ގުޅިގެން ވަނީ ބަހުސްކޮށްފަ އެވެ. ބަހުސަށް ފަހު ވޯޓަށް އަހަނީ ލިސްޓުގެ ތަރުތީބުންނެވެ.
އެހެންވެ، އެންމެ ފުރަތަމަ ޒަމްއަތުގެ ނަމަށް ވޯޓަށް އަހާފައިވާއިރު، އޭނާ އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވި އެވެ. ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވަ އެވެ. ޒަމްއަތުގެ ނަން ފާސްވެފައިވާތީ، ބާކީ ދެ ނަމަށް ވޯޓަކަށް ނާހަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް މަޖިލީހުން ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަން ކޮށްފައިވާއިރު، ކޮމިޓީން އެންމެ ގިނަ މާކްސް ދީފައިވަނީ ޒީނާއަށެވެ. ނަމަވެސް، މަޖިލީހުން ފާސްކުރީ ހަތަރު ވަނަ އަށް އެންމެ ގިނައިން މާކްސް ލިބުނު ޓީވީ ޕްރެޒެންޓަރު މޫސާ ރިލްވާން އައްޔަންކުރާށެވެ.
އެ ފަހަރު ޒަމްއަތުއަށް ލިބުނީ 77.50 ޕަސެންޓް މާކްސް އެވެ.
ފުރައްސާރަ މައްސަލަ ބަލަން ހުސް ފިރިހެން މެމްބަރުން!
ބްރޯޑްކޮމަށް މުހަންމާ އާއި ސަރާހަތު އައްޔަނު ކޮށްފި
ބްރޯޑްކޮމަށް މެންބަރުން ހޮވަން މަޖިލީހަށް ޓެސްޓެއް!
ބްރޯޑްކޮމަށް ނުޒުހާ އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި
ބްރޯޑްކޮމަށް ނަން ފާސްކުރީ ލަފައާ ޚިލާފަށް: ހުސައިން
ބްރޯޑްކޮމްގެ މެމްބަރު ޒީނާ އިސްތިއުފާ ދެއްވައިފި
ޒީނާ ވަކިކުރަން ކޮމެޓީން ފާސްކޮށްފި
ޒީނާ ވަކިކުރުމުގެ މައްސަލަ ކޮމެޓީއަށް
ބްރޯޑްކޮމްއަށް އަނާ އައްޔަން ކުރަން ފާސްކޮށްފި
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި