ހުޅުމާލެ ފޭސް ދޭއްގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
16 ޖެނުއަރީ 2025
ހުޅުމާލެ ފޭސް ދޭއްގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި މިދިޔަ މަހު ހިނގި އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް ހޭނާރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 26 ގައި ހިނގި އެ އެކްސިޑެންޓުގައި އަނިޔާވީ 19 އަހަރު ޒުވާނަކަށެވެ. އޭނާ އަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗުގަ އެވެ.
އާއިލާ އިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ އެ ޒުވާނާއަށް އަދިވެސް ފަރުވާދެމުން އަންނަނީ އައިސީޔޫގައި ކަމަށާއި ހާލަތަށް މާބޮޑު ބަދަލެއް ނާންނަ ކަމަށެވެ.
އޭނާ ރާއްޖެއިން ބޭރަށް ގެންދަން ވެސް އާއިލާ އިން މަސައްކަތް ކުރި އެވެ. އެކަމަކު އެ ހާލަތުގައި އޮއްވައި ރާއްޖެއިން ބޭރަށް ނުގެންދެވޭނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ބުންޏެވެ.
"އަޅުގަނޑުމެންގެ އަދިވެސް ދުއާއަކީ ހަމަ ރަނގަޅުވުން. އެކަމަކު އަދިވެސް ހޭނާރާ،" ކުއްޖާގެ ބޭބެއަކު ބުންޏެވެ.
އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ އެކްސިޑެންޓު ހިނގީ ހުޅުމާލެ ދޭއްގެ ގުލްއަލާ މަގުން އިރުން ހުޅަނގަށް، ނިރޮޅު މަގު ހުރަސް ކުރަމުންދިޔަ ފުލުހުންގެ ކާރެއްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ޖެހިގެން ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ސައިކަލު ދުއްވި ޒުވާނާއަކީ އެއްގަމު ދަތުރުފަތުރުކުރުމުގެ ގާނޫނާ ހިލާފުވެގެން ލައިސަންސް ވެސް ހިފަހައްޓާފައި އޮތް ޒުވާނެކެވެ.
ނަމަވެސް އާއިލާ އިން ފުލުހުންގެ ތުހުމަތުތައް ދޮގުކޮށް ކުރިން ބުނެފައި ވަނީ އެކްސިޑެންޓުވި މީހާ މީގެ ދުވަސްކޮޅެއް ކުރިން ދުއްވި ސައިކަލެއް މޮޑިފައި ކޮށްފައި ހުރުމުން އެ ސައިކަލު ހިފަހައްޓައި، ސައިކަލުގެ ވެރިފަރާތް ޖޫރިމަނާކުރި ކަމަށާއި އޭނާގެ ލައިސަންސް ހިފެހެއްޓިކަން އެނގިފައި ނެތް ކަމަށެވެ.
އެކްސިޑެންޓުވި މަންޒަރު ދުށް މީހުންނާ ހަވާލާދީ އާއިލާއިން ބުނާ ގޮތުގައި ފުލުހުންގެ ކާރު އަނބުރާލަން އުޅެފައި އޮތީ މަގު ހުރަސްކުރާ ކާރެއް އަނބުރާނެ ދިމާލަކަށް ނޫނެވެ. އެެހެންވެ، ފުލުހުންގެ އިހުމާލު ވެސް އޮތް ކަމަށް އާއިލާއިން ތުހުމަތު ކުރެ އެވެ.
އެ މައްސަލާގައި ފުލުހުން ވަނީ ތަހުގީގަށް، އެ މަންޒަރު ދުށް ބަޔަކު ހޯދަން ވެސް އިއުލާނުކޮށްފަ އެވެ. އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް މީހަކު ހުރި ނަމަ، ފުލުހުންގެ ޓްރެފިކް އިންވެސްޓިގޭޝަނަށް އަށް ގުޅައި މައުލޫމާތު ހިއްސާކުރަން އެދިފައިވެ އެވެ.
އެ އެކްސިޑެންޓުގައި ޕޮލިސް ކާރު ދުއްވި އޮފިސަރުގެ އެއްވެސް އިހުމާލެއް ވޭތޯ ބަލާނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
އައްޑޫ އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ އަދިވެސް އައިސީޔޫގައި
އެކްސިޑެންޓުވި މީހާގެ ފައިބިނދި، ސީރިއަސް އަނިޔާތަކެއް
ދެމައިން އެޑްމިޓުކޮށްފައި؛ ފިރިމީހާ އިތުރު ވޭނެއްގައި!
އެކްސިޑެންޓުގައި ޒަހަމްވި ޒުވާނަކު ވެންޓިލޭޓަރުގައި
އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް: ޕޮލިސް
ޒަހަމްވީ ދިދަ ނަގަން ގޮނޑިއަށް އަރައި ފުންމަނިކޮށް
އެކްސިޑެންޓުގައި އަނިޔާވި މީހާ ވެންޓިލޭޓަރުގައި
"އެކްސިޑެންޓް ވީ ނަޒޫއާ ފޮށޭތީ ފަހަތަށް ބަލައިލުމުން"
ރޭ އެކްސިޑެންޓުވި އަންހެން މީހާ އައިސީޔޫގައި