ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި އެވެ.
18 ޖެނުއަރީ 2025
ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް ސަރުކާރުން ފަށާފައިވާ "އޮޕަރޭޝަން ކުރަނގި"ގެ ބޮޑު ހަރަކާތެއް މިއަދު މާލެ ސަރަހައްދުގައި ފަށައިފި އެވެ.
މިއަދު ހެނދުނު 8:00 ގައި ފެށި މަސައްކަތް، އިރުއޮއްސި 6:00 އާ ހަމައަށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
އެ އޮޕަރޭޝަނުގައި މިނިސްޓްރީގެ 75 އޮފިޝަލުން ބައިވެރިވާއިރު، ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީންގެ އިތުރުން ބޮޑެތި ބައެއް ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިންގެ މައުލޫމާތު އެއްކުރުމަށް ހަމަޖެހިފައިވާކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މާލޭގެ އިތުރުން ތިލަފުއްޓާއި ގުޅީފަޅުގައި ވެސް ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
ބިދޭސީންގެ ފިންގަޕްރިންޓާއި ފޮޓޯ ނެގުމުގެ ގައުމީ ކެމްޕެއިން، "ކުރަނގި" ފެށުމަށްފަހު، ހިންމަފުށީގައި މަސައްކަތްކުރާ ބިދޭސީންތަކެއްގެ މައުލޫމާތު ނެގުމަށް މަޑުކޮށްލައިގެން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓޮރިކް މައުލޫމާތު ނަގަން ފަށައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ގަވާއިދަށް ފެއްތުމަށް "ކުރަނގި" އޮޕަރޭޝަން ފެށީ މިދިޔަ މެއި މަހުގެ ދެވަނަ ދުވަހު އެވެ.
"އޮޕަރޭޝަން ކުރަނގި" ފެށި ފަހުން މިހާތަނަށް 24،028 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފައިވާއިރު މީހާރު ވެސް 185 ރަށެއްގައި ކުރިއަށް ގެންދެ އެވެ. އަދި 55 ރަށެއްގެ މަސައްކަތް ވަނީ އެއްކޮށް ނިންމައިފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ހޯމް މިނިސްޓްރީ އާއި ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެ އިދާރާތަކުން ހިންގި އޮޕަރޭޝަންތަކުގައި ހިފެހެއްޓި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅުނު 5،000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޑީޕޯޓްކޮށްފަ އެވެ.
18،000 ބިދޭސީންގެ ބަޔޮމެޓްރިކް ޑޭޓާ އެއްކޮށްފި
އިހުތިޖާޖުކުރި 55 ބިދޭސީން އިމިގްރޭޝަނަށް
4 މަސްތެރޭ އިމިގްރޭޝަން ވޮޗްއަށް 1،017 މައްސަލަ
މިހާތަނަށް 800 އަށްވުރެ ގިނަ ބިދޭސީން ހިފަހައްޓައިފި
ހަ ކެފޭއަކުން 16 ބިދޭސީން ހިފަހައްޓައިފި
ގަވާއިދާ ހިލާފަށް ޑޮލަރުގެ ވިޔަފާރިކުރި މީހަކު ހައްޔަރު
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
މުޑުދާރުކޮށް ފޯއް ކޮށައި ވިއްކި 2ބިދޭސީއަކު ބަންދަށް
ބިދޭސީންގެ ލިމިޓް ކަނޑައަޅާނީ ހާލަތަށް ބަލާފައި
ބިދޭސީންގެ ފިހާރަތައް ފާސްކޮށް ހަ މީހަކު ހިފަހައްޓައިފި