އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އެ ތަކެތި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށް ފަހު ބިދޭސީންތަކެއް އިއްޔެ އަތުލައިގެންފި އެވެ.
08 ޑިސެމްބަރ 2025
އާންމު ސާފުތާހިރުކަމަށް ބެލުމެއް ނެތި ފުޅާ ދާއިރާއެއްގައި ކާބޯތަކެތި ތައްޔާރުކޮށް އަދި އެ ތަކެތި އާންމުންނަށް ޑެލިވަރީ ކުރަމުންދިޔަ ތަނަކާއި ބިދޭސީން ދިރިއުޅެމުންދާ ހަތަރު އެކޮމޮޑޭޝަން ބްލޮކެއް ބަލައި ފާސްކުރުމަށް ފަހު ބިދޭސީންތަކެއް އިއްޔެ އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން ބުނީ އެމީހުން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ދެކޮޅަށް ފިޔަވަޅު އަޅަން ހާއްސަކޮށްފައިވާ ޓާސްކުފޯހުން ރޭ މާލޭގެ ދިލްކުޝާގޯޅީގައި ހިންގި ރެއިޑް އޮޕަރޭޝަނެއްގައި ކަމަށެވެ.
އިމިގްރޭޝަނުން ބުނި ގޮތުގައި، އެ ތަންތަނުގައި ގަވައިދާ ހިލާފަށް އުޅެމުންދިޔަ 18 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ރޭ ގެންދިޔަ އެވެ.
އިމިގްރޭޝަނުން އަތުލައިގަތް ބިދޭސީން ވިއްކަން ތައްޔާރުކޮށްފައި ހުރި ލުއި ކާނާ ޕެކެޓްތައް.-- ފޮޓޯ: އިމިގްރޭޝަން
ސާފުތާހިރުކަމެއް ނެތް އެތަނުގެ ތެރޭގައި އެ މީހުން ތައްޔާރު ކުރަމުން ދިޔަ ތަކެތީގެ ތެރޭގައި އާންމުކޮށް ފިހާރަތަކުން ގަންނަން ލިބެން ހުންނަ ތެލުލިފަތާއި މަސްމިރުހާއި ހިކިމަހުގެ އިތުރުން އެކި ކަހަލަ ގުޅަ އާއި ލުއިކާނާގެ ވައްތަރުތައް ހިމެނެ އެވެ.
އެ އިދާރާއިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، "އަލިކޮ އިންވެސްމަންޓް" ބްރޭންޑުގެ ނަމުގައި މުރާލި އައި ރިހާކުރު ޗިޕްސް އާއި ގުޅަ ޕެކެޓާއި މަސް ޕެކެޓް ބަންދުކޮށްފައި ހުއްޓެވެ. އެ ބްރޭންޑުގެ ލޭބަލްގައި އާންމުކޮށް ވެސް މާލޭގެ އެކި ފިހާރަތަކުގައި އެއްޗެހި ވިއްކަ އެވެ.
އިމިގްރޭޝަނުން ރޭ އަތުލައިގަތް ބިދޭސީން.-- ފޮޓޯ: އިމިގްރޭޝަން
ބިދޭސީން އެ ތަކެތި ތައްޔާރުކޮށް ބަންދު ކުރަމުން ދިޔައީ، އެމީހުން ނިދުމަށް ބޭނުންކުރަމުން ދިޔަ ކޮޓަރީގެ ބަންކު ބެޑުތަކުގެ މަތީގަ އެވެ. ފޮޓޯތަކުން ފެންނަ ގޮތުގައި އޭގެ ތެރެއިން ބައެއް މީހުން ކެއްކުމަށް ބޭނުން ކުރަމުން ދިޔައީ ފާހަނާއެކެވެ. އުނދުނާއި ތެލިތައް ވެސް ހުރީ ފާހާނާ ތެރޭގަ އެވެ.
ތެލުލާން ތައްޔާރުކޮށްފައި ހުރި ގުޅަ އާއި ކޮށާފައި ހުރި ފިޔާ ވެސް ހުރީ ފުއް ގޯނިތަކެެއްގެ މަތީގަ އެވެ. ތެލުލާފައި ހުރި ލުއިކާނާ އަޅާފައި ހުރީ ބޮޑެތި ތަށިތައްޓަށާއި ހުސް ފޮށިގަނޑުތަކަށެވެ.
މިގޮތަށް ބިދޭސީން އިސްވެ، ނުތާހިރުކޮށް ކާބޯތަކެތި ހަދަން ބޭނުންކުރާ ގޭގެ އާއި ފްލެޓްތައް އިމިގްރޭޝަނުން ރެއިޑްކޮށް، ބައެއް މީހުން އެ އިދާރާގެ ބެލުމުގެ ދަށަށް މީގެ ކުރިން ވެސް ގެންގޮސްފަ އެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ބަޔަކު މާލޭގެ ގެއެއްގެ ތެރޭގައި ލުއި ކާނާ ތައްޔާރުކުރަން ރެޑީކޮށްފައި.- ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން 8،609 މީހަކު މިދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި ޑީޕޯޓުކޮށްފައިވެ އެވެ.
އިތުރު ހަތަރު މަސާޖު ޕާލާއަކުން ފަސް މީހަކު ބަންދަށް
ނުތާހިރު ތަނަކުން 15 ބިދޭސީން ހިފަހައްޓައިފި
އަރަފާތު ހައްޔަރުކުރީ ސިފަބަދަލުކުރަން ސެލޫނުގައި ހުއްޓާ
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ މީހާ އަތުލައިގެންފި
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
މުޑުދާރުކޮށް ފޯއް ކޮށައި ވިއްކި 2ބިދޭސީއަކު ބަންދަށް
ދެ މާރުކޭޓް ރެއިޑްކޮށް ރޭ ވެސް ބިދޭސީން އަތުލައިގަތް!
ބިދޭސީންގެ ފުޅާ ނެޓްވޯކު ހިންގި މީހާއަށް ލުއި އަދަބެއް
މަސާޖު ޕާލާތަކެއް ބަންދުކޮށް ބިދޭސީންތަކެއް ހައްޔަރު
25 ދުވަސް ތެރޭ 340 ބިދޭސީން ޑީޕޯޓުކޮށްފިން:ރައީސް