ދުނިޔެ އިން މިހާތަނަށް ރިކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖެ އިން އަނެއްކާވެސް ފެނިއްޖެ އެވެ.
18 ޖެނުއަރީ 2025
ދުނިޔެ އިން މިހާތަނަށް ރިކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖެ އިން އަނެއްކާވެސް ފެނިއްޖެ އެވެ.
މި މަސް ރާއްޖެ އިން ފެނުނީ ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުންނެވެ. އެއީ 100 އާއި 125 މީޓަރާ ދެމެދުގެ ފުން ހިސާބެކެވެ.
މެރިން ޖާނަލް މޯލްޑިވްސް އިން މިއަދު ބުނިގޮތުގައި މިއީ ބޭރުގެ ސައިންޓިސްޓުންނާއި ރާއްޖޭގެ މެރިން ރިސާޗު ސެންޓަރު ގުޅިގެން ކުރި ދިރާސާ އިން ހޯދި މަހެކެވެ. އެ މަސް ފެނިފައި ވަނީ އަރިއަތޮޅުގެ އުތުރުން ފެށިގެން ފ. އަތޮޅުގެ ދެކުނުގެ ސަރަަހައްދުންނެވެ.
އެ މަހަށް ރަކި ބުރަކީގެ ނަން ދިނީ ޑައިވަރުން ފެންނަ އިރަށް ވަރަށް އަވަހަށް ފިލާ މަހެއް ކަމަށް ދިރާސާ ކުރި ފަރާތްތަކުން ބުނެފައިވާތީ އެވެ. އެ ގޮތަށް ފިލަނީ މަސްތައް ރަކިވެގެން ކަމަށް ބަލައި އެ ނަން ކިޔާފައިވަނީ އެކަމާ ގުޅުވަ އެވެ.
މި މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ޕްލެކްޓްރަންތިއަސް ރަކި" އެވެ. މިއީ 2-3 އިންޗި އަށް ބޮޑުވާ މަހެކެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ވެސް ރާއްޖެ އިން މުޅިން އާ މަހެއް ފެނުނެވެ. އެއީ ވެސް ދުނިޔެ އިން އަލަށް ރެކޯޑުކުރެވުނު މަހަކެވެ.
ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭ ހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން ފެނުނު އެ މަހަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ.
ރާއްޖެއިން އާ މަހެއް، ނަމަކަށް ދިނީ ކްރޯމިސް އަބަދަށް
ލައްގާ މަސްތައް ރައްކާތެރިގޮތުގައި ނައްތާލަން އަންގައިފި
ހުއްދަ ނެތި ރާއްޖޭގެ ކަނޑު ދިރާސާ ނުކުރަން އަންގައިފި
ވައިކަރަދޫން އަދިވެސް މަސް މަރުވަނީ
މަރުވި މަސްތަކުން ވައިކަރަދޫ ފަޅުތެރެ ކުނިވެއްޖެ!
މެރިން ރިސާޗުގައި ހިދުމަތްތެރި ޝަކީލް ނިޔާވެއްޖެ
އިރުވައިގެ ފުޅަނގި އީދާ އެކު ބޮޑު މަޖާގަނޑެއް
ސޮނީ ފިޝިންގެ "ކަނޑު ފޯރި" އަންނަ މަހު ބާއްވަނީ
ފިހާރަތަކުން ކަނޑުމަހުގެ ބާވަތްތައް ހުސްވެއްޖެ
ގާ ހުދުވާތީ ބިން ހިއްކުން މަޑުޖައްސާލަން އެދިއްޖެ