ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
20 ޖެނުއަރީ 2025
ޑިވެލޮޕްމެންޓް ބޭންކް އޮފް މޯލްޑިވްސް (ޑީބީއެމް) ގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ތިން މަރުހަލާއަކަށް ބަހާލައިގެން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ، އިންސްޓިޓިއުޝަނަލް ސެޓަޕްގެ މަސައްކަތްތަކުގެ އިތުރުން ބިޒްނަސް މޮޑެލް އެކުލަވައިލުމާއި ޑިވެލޮޕްމެންޓް ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާ ކަމަށެވެ. އެ މަސައްކަތްތައް މި އަހަރުގެ ދެވަނަ ކުއާޓާ އަށް ނިންމައިލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ސައީދު ވިދާޅުވީ، ޑިވެލޮޕްމެންޓް ބޭންކުގެ އޮފީސް މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހުޅުވި އިރު، އިދާރީ ގޮތުން ވަރަށް މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އެ ބޭންކުގެ ސިޔާސަތުތައް އެކުލަވައިލުމުގެ އިތުރުން ފަންޑިން ސްޓްރެޓެޖީތައް ދެނެގަތުމާއި ބޭރުގެ އިދާރާތަކަށް މައުލޫމާތުތައް ދިނުން ވެސް ކުރިއަށް ގެންދާ ކަމަށް ވިދާޅުވި އެވެ. އަދި ޕްރޮޖެކްޓުތަކުގެ ޕައިޕްލައިން ވެސް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
1/3 The rollout of the Development Bank of Maldives is structured into three phases, with the first phase - the institutional setup, which is progressing on schedule.
— Mohamed Saeed (@em_saeed) January 19, 2025
ރާއްޖޭގައި ފުރަތަމަ އުފެއްދި ޑިވެލޮޕްމެންޓް ބޭނުންކުން ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލު ކުރުމަށާއި ރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރުކުރަން މަސައްކަތް ކުރާނެ އެވެ. އެ ބޭންކުން ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ޕްރޮޖެކްޓްތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދޭން ވެސް ވަނީ ނިންމައިފަ އެވެ.
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ދިނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އެވެ.
ޑީބީއެމްގެ މައިގަނޑު މަގްސަދަކީ 2040 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، އެންމެ ތަރައްގީ ވެފައިވާ އިގްތިސާދަކަށް ހެދުމަށް އެހީތެރިވެ، ސަރުކާރުގެ އެ އަމާޒު ހާސިލުކުރުން ކަމަށް އެ ބޭންކު އިފްތިތާހު ކުރި ރަސްމިއްޔާތުގައި ސީއީއޯ ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވިދާޅުވި އެވެ.
ޑިވެލޮޕްމަންޓް ބޭންކު ހިންގުމުގެ ލައިސަންސް ދީފި
ޑިވެލޮޕްމެންޓް ބޭންކް ޖުލައި މަހު ހުޅުވަނީ
ތަކެތީގެ އަގު ބޮޑުކުރާނަމަ ފިޔަވަޅު އަޅާނެ: ސައީދު
ރާއްޖެ އެމްއޯޔޫ ސައުދީ ކައުންސިލުން ފާސްކޮށްފި
ރާއްޖޭގެ ފުރަތަމަ ޑިވަލޮޕްމެންޓް ބޭންކް އިފްތިތާހުކޮށްފި
މީހުން ދިރިއުޅޭ 19 ރަށެއްގައި އެމްއައިބީގެ އޭޓީއެމް
ރާއްޖެ-ސައުދީން ވިޔަފާރި އާއި އިގްތިސާދު ކުރިއަރުވަނީ
އެފްޓީއޭ ފެށިޔަސް ދިވެހި ވިޔަފާރިތަކަށް ހިމާޔަތް ލިބޭނެ
ޗައިނާގެ އެފްޓީއޭއަށް އަންނަ އަހަރު އަމަލުކުރަން ފަށަނީ
"އިންވެސްޓްކުރަން ފަސޭހަ ތަނަކަށް ރާއްޖެ ހަދާނަން"