މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
19 ޖެނުއަރީ 2025
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތުގެ މައްސަލަތައް ސާބިތުވި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އިތުރުން ޚިޔާނާތުގެ ފައިސާ ދައުރުކުރި ކަމަށް ތުހުމަތު ކުރެވޭ އެސްއޯއެފްގެ ވެރިންނާ އެކު ހަދާފައިވާ ލުއި ދިނުމުގެ އެއްބަސްވުންތައް އުވާލަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ނިންމައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތަށް އިއުތިރާފްވެ ކުށް ސާބިތުވި އަދީބާއި އެކަމުގައި އޭނާގެ ބައިވެރިންނަށް ލުއިދިނީ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އެ ތަހުގީގު، ހިންގީ އެސެޓް ރިކަވަރީ ކޮމިޝަންގެ ނަމުގައި ކޮމިޝަނެއް އެކުލަވާލައި ތަހުގީގީ އިދާރާތައް ގުޅިގެންނެވެ.
"އެއްބަސްވުންތައް ނިމުމަކަށް އައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ޕީޖީ އޮފީހަށް ހުށަހެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ އިދާރާގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ." -- ޕީޖީ
ޕީޖީ އޮފީހުން މިއަދު ބުނީ، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހަދާފައިވާ އިމުއިނިޓީ އަދި އެއްބާރުލުން ދިނުމުގެ އެއްބަސްވުން އުވާލަން ޕީޖީ އައްބާސް ޝަރީފް މިއަދު ނިންމަވާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އަދީބުގެ އިތުރުން، ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރި އެސްއޯއެފްގައި އިސްކޮށް ހުރި މުހައްމަދު އައްލާމް ލަތީފްގެ އިތުރުން އޭނާއާ ގާތް މީހުން ކަމަށްވާ އަހުމަދު އިސްފާހު އަލީ އާއި މުހައްމަދު ހުސައިން (އޮއިއްޓޭ) ހިމެނޭ ކަމަށެެވެ.
ޒިޔަތާ އެކު ދައުލަތުން ހަދާފައިވާ އެއްބަސްވުން 2022 ވަނަ އަހަރުގެ އޮގަސްޓު މަހު އުވާލާފައިވާ ކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެ އެވެ.
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު
އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު
މުހައްމަދު އައްލާމް ލަތީފް
އަހްމަދު އިސްފާހު
މުހައްމަދު ހުސެއިން (އޮއިއްޓޭ)
ހިޔާނާތުގެ ބައިވެރިންނާ އެކު ދައުލަތުން އެއްބަސްވުން ހެދީ ހިޔާނާތުގެ މައްސަލައިގެ ތަހުގީގުކުރިއަށް ގެންދިއުމަށާއި ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމަށް އެއްބާރުލުން ދިނުމަށެވެ. އެކަމަކު ތަހުގީގަށާއި ގެއްލިފައިވާ ފައިސާ ހޯދަން އެއްވެސް އެހީތެރިކަމެއް އެ މީހުންގެ ފަރާތުން ނުލިބޭ ކަމަށް ތަހުގީގީ އިދާރާތަކުން އަންގާފައިވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ބޮޑު ޚިޔާނާތާ ގުޅިގެން ރެޑް ނޯޓިސް ނެރުނު މުހައްމަދު ހުސެއިން (ކ) އިޝްފާހު (މ) އަދި އައްލާމް. އެމީހުން އަދިވެސް ދިރިއުޅެނީ ރާއްޖެ އިން ބޭރުގައި.
އެއްބަސްވުންތައް ނިމުމަކަށް އައުމާ އެކު، މި އެއްބަސްވުންތަކުގެ ސަބަބުން ކުރިއަށް ނުގެންދެވި ހުރި މި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގެ މައްސަލަތަކުގެ ތަހުގީގު ކުރިއަށް ގެންގޮސް، ޕީޖީ އޮފީހަށް ހުށަހެޅުމަށް އެންޓިކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންގެ އިދާރާގައި ޕީޖީ އޮފީހުން ވަނީ އެދިފަ އެވެ.
ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރްސީއަށް ލިބެން ޖެހޭ ފައިސާތައް އެންމެ ގިނައިން ޖަމާކުރީ އެސްއޯއެފްއަށެވެ. އެހެން ފަރާތްތަކަށް އެ ފައިސާ ޖަމާކުރީ އެސްއޯއެފް މެދުވެރިކޮށެވެ. އޭރު އެސްއޯއެފްގެ ފަރާތްތަކާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާ ދެމެދު ގާތް ގުޅުމެއް އޮތެވެ.
ނަމަވެސް، އިއުތިރާފުގެ އެއްބަސްވުމުގެ ސަބަބުން އެ ކުންފުނީގެ އެއްވެސް މީހަކަށް ދައުވާއެއް ނުކުރެ އެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބާއި އެ ކުންފުނީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ދައުލަތުން ދައުވާ ކުރި އެވެ. އެކަމަކު އިއުތިރާފް އެއްބަސްވުންތަކުގެ ސަބަބުން އަދީބަށް ވެސް ބޮޑެތި ލުއިތަކެއް ލިބުނެވެ.
އަދީބުގެ މައްޗަށް ކުރު މުއްދަތެއްގެ ހުކުމެއް އަންނަ ގޮތަށް ދައުވާ އުފުލީ، އެމްއެމްޕީއާރުސީ މެދުވެރިކޮށް، 54 ރަށް ދޫކޮށްގެން 150 ދައުވާއަކުން 800 އަހަރުގެ ޖަލު ހުކުމް ކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ހުރި ކަމަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވުމަށް ފަހު އެވެ.
ހަތް ދައުވާއެއް އުފުލައި 20 އަހަރުގެ ހުކުމެއް އިއްވީ، އަދީބާއި ދައުލަތާ ދެމެދު ވީ ޕްލީ ބާގެއިން [ކުށަށް އިއުތިރާފްވުމުގެ] އެއްބަސްވުމުގެ ދަށުންނެވެ. މި ހުކުމާ އެކު އައީ އެންމެ ދެ މިލިއަން ރުފިޔާގެ ޖޫރިމަނާއެކެވެ. ބިލިއަނުން ޖޫރިމަނާކުރެވެން އޮއްވައި އެހާ ކުޑަ އަދަދަކުން ޖޫރިމަނާކުރި ސަބަބާ މެދު އޭރު ވެސް ގާނޫނީ ބޭފުޅުން ސުވާލު އުފެއްދެވި އެވެ.
އެ ބޭފުޅުން އޭރު ވެސް ވިދާޅުވި ގޮތުގައި، މަނީ ލޯންޑްރިންގެ ގާނޫނުން، މަނީ ލޯންޑާކުރި އަދަދު ދައްކަން އަންގައި އޭގެ ފަސް ގުނައާ ހަމައަށް ޖޫރިމަނާކުރެވެން އޮއްވައި ކުޑަ އަދަދަކަށް އެއްބަސްވުމަކީ ދައުލަތަށް ފައިދާއެއް ނޫނެވެ.
އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވެރިކަމުގެ ފަހު ދުވަސްވަރު އަދީބުގެ ޖަލު ހުކުމް އެންމެ ހަތަރު ދުވަހަށް ކުޑަކޮށް ދެއްވައިފަ އެވެ. އެހެންވެ، އެ ނިންމުމާ އެކު އަދީބު ވަނީ މިނިވަންވެފަ އެވެ.
ބޮޑު ހިޔާނާތް: ލުއިތައް އުވައިލުމުން ރައީސްގެ މަރުހަބާ
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
ލުއިތަކާއި އެއްބަސްވުންތަކުން ނަތީޖާއެއް ނެރެވިއްޖެތަ؟
އަދީބަށް ވަކި ގޮތެއް ހަދަން އިރުޝާދެއް ނެތް:ފަނޑިޔާރު
އަދީބަށް އިތުރު 9 ދައުވާ، ޒިޔަތަށް 25 ދައުވާ
ޚިޔާނާތުގެ ނުވަ ރަށެއްގެ ޑިއުޓީ ޕްރޮސެކިއުޝަން ނިމިއްޖެ
ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
އަދީބުގެ ހެކި ނެތަސް، ޔާމީނަށް ކުށް ސާބިތުވާނެ: ޕީޖީ
ފުއްގިރި ޑީލްގެ މަޝްވަރާގައި ބޮންޑޭ ބައިވެރިވި: އަދީބު