Roadha Mihaaru
ރަޖިސްޓްރީއާ ހެދި ލޯނުތައް ޑިފޯލްޓްވެދާނެ: އެޗްޑީސީ

ކައުންސިލްގެ ނިންމުމާ ހެދި ހުރިހާ ލޯނެއް އެއްފަހަރާ ދައްކަންޖެހިދާނެތީ ވަގުތީ އަމުރަކަށް އެދެފި

09 ޑިސެމްބަރ 2021

ހުޅުމާލޭގެ ދެ ފިޔަވަހީގެ ބިން ހިމެނޭ ގޮތަށް އެޗްޑީސީއަށް ހަދައިދީފަިވާ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލުކުރުމުން، ހުޅުމާލޭގެ ތަރައްގީއަށް ނަގާފައިވާ ހުރިހާ ލޯނެއް ޑިފޯލްޓުވެ ހުރިހާ ލޯނެއް އެއްފަހަރާ ދައްކަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި އެހެންވެ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހުޅުމާލޭގެ ދެ ފިޔަވަހީގެ ބިން ހިމެނޭ ގޮތަށް އެޗްޑީސީއަށް ހަދައިދީފަިވާ ރަޖިސްޓްރީ މާލޭ ސިޓީ ކައުންސިލުން ބާތިލުކުރުމުން، ހުޅުމާލޭގެ ތަރައްގީއަށް ނަގާފައިވާ ހުރިހާ ލޯނެއް ޑިފޯލްޓުވެ ހުރިހާ ލޯނެއް އެއްފަހަރާ ދައްކަން ޖެހިދާނެ ހާލަތެއް މެދުވެރިވެދާނެ ކަމަށާއި އެހެންވެ ކައުންސިލްގެ ނިންމުމަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެ މައްސަލާގައި ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި އެދިފައިވާނެ ކަމަށް އެޗްޑީސީން ބުނެފި އެވެ.

އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޗްޑީސީން އެކި ފަރާތްތަކާ އެކު ވެފައިވާ މަދަނީ އެއްބަސްވުންތަކާއި ލޯނު އެއްބަސްވުންތަކާ، މާލޭ ސިޓީ ކައުންސިލުގެ ނިންމުމުގެ ސަބަބުން އެ ކުންފުނި ހިލާފުވާނެ ކަމަށެވެ. ސޓީ ކައުންސިލްގެ ނިންމުމަށް އަމަލުނުކުރުމުގެ ވަގުތީ އަމުރަކަށް އެދުނީ އެ ނިންމުމުގެ ސަަބަބުން އެކުންފުނި "ކްރޮސް ޑިފޯލްޓް"ގެ ހާލަތަކަށް ދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ލޯނު ނެގުމަށް ބޭންކްތަކާ އެކު ވެފައިވާ އެއްބަސްވުމުގައި ހުޅުމާލޭގެ ބިން ރަހުނުކޮށްފައި ވާއިރު އެ ބިމުގެ އަގަށް ނޭދެވޭ އަސަރެއް ކޮށްފާނެ އެއްވެސް ކަމެއް ނުކުރުމަށާއި އެ ބިން އެޗްޑީސީގެ ދަށުގައި ބޭއްވުން ޝަރުތުކޮށްފައިވެ އެވެ.

"... އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ އެޗްޑީސީއާއި ދިވެހި ދައުލަތުން ނަގާފައިވާ ލޯނުތައް އެއްފަހަރާ ޑިފޯލްޓް ވުމުގެ އިހުތިމާލު އޮތުމުން، މި މައްސަލައަށް ގޮތެއް ކަނޑައެޅުމުގެ ކުރިން، މާލޭ ސިޓީކައުންސިލުން ނިންމި ނިންމުމަށް އަމަލުކުރަން ނުޖެހޭނެކަމުގައި ކަނޑައަޅައިދީ ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ސިވިލް ކޯޓަށް މިއަދު މިކޯޕަރޭޝަނުގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ، " އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ހުޅުމާލޭގެ ދެވަނަ ފޭހުގެ ރަޖިސްޓްރީ ބާތިލުކުރަން ސިޓީ ކައުންސިިލުން ނިންނި ނިންމުމަކީ ގާނޫނުއަސާސީއާ ހިލާފު ނިންމުމެއް ކަމަށް ބުނެ، އެ ނިންމުން ބާތިލުކޮށްދޭން އެޗްޑީސީން ވަނީ ސިވިލް ކޯޓުގައި އެދިފަ އެވެ.

ހުޅުމާލެ އެޗްޑީސީގެ ދަށުގައި އޮތުމަކީ ލޯނު އެއްބަސްވުމުގެ ޝަރުތެއް

ހުޅުމާލެ އަށް އެންމެ ފުރަތަމަ ވަކި ރަޖިސްޓްރީއެއް ހަދައިދީ ހުޅުމާލެ އަކީ އެޗްޑީސީގެ މިލްކެއް ކަމުގެ ލިޔުމެއް ހޯދަން ޖެހުނު ސަބަބަކީ ވެސް ކުންފުނީގައި ރަހުނު ކުރާނެ ރަނގަޅު އެސެޓެއް ނެތުމުން، ވިޔަފާރި އުސޫލުން ކުންފުނި ހިންގުމަށް ބޭނުންވާ ލޯނު ހޯދަން ދަތިވުން ކަމަށް މިކަމުގައި އުޅުއްވި ބައެއް ބޭފުޅުން "މިހާރު" އަށް ވިދާޅުވި އެވެ. އޭގެ ފަހުން ދިޔައީ އެކި ދުވަސްވަރު އެކި ކަންކަމަށް ލޯނުތައް ނަގަމުންނެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭ ދެ ވަނަ ފިޔަވަހީގެ ބިން ހިއްކަން ބޭނުންވާ ފައިސާ ހޯދުމަށް ލޯނު ނެގީ ވެސް ހުޅުމާލޭ ފޭސް 1 މޯޖޭގްކޮށްފަ އެވެ.

ފޭސް 2 ހިއްކައި ނިމުމުން އެ ބައި ވެސް ހިމެނޭ ގޮތަށް ފޭސް 1 އާ އެއްކޮށް ހުޅުމާލޭގެ އާ ރަޖިސްޓްރީއެއް ހައުސިން މިނިސްޓްރީން، މިހާރުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިނިސްޓަރު ކަމުގައި ހުންނެވިއިރު ދެއްވައިފަ އެވެ. އަދި އޭގެ ފަހުން ފޭސް 2 ގައި ފްލެޓް އެޅުމާއި އެހެން ކަންކަމަށް ވެސް މި ރަޖިސްޓްރީ ބޭނުންކޮށްގެން ލޯނުތައް ނެގި އެވެ. މި ލޯނުތައް ދިން އިރު ވެސް ހުޅުމާލޭގެ ބިމުގެ އަގަށް ނޭދެވޭ ބަދަލެއް އަންނަ ކަމެއް ނުކުރުމާއި އެ ބިން އެޗްޑީސީގެ ދަށުގައި ބޭއްވުން ޝަރުތުކޮށްފައިވާ ކަމަށް އެކަން އެނގޭ ބައެއް ބޭފުޅުން ވިދާޅުވި އެވެ.