Roadha Mihaaru

55 ރަށެއްގެ ކައުންސިލް އިމާރާތެއް އަޅަން ބޭރު ކުންފުންޏަކަށް ހަވާލުކޮށްފި

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

55 ކައުންސިލް އިމާރާތެއް އަޅަން ބޭރު ކުންފުންޏަކަށް

ރާއްޖޭގެ 55 ރަށެއްގެ ކައުންސިލް އިމާރާތް އެޅުމުގެ މަސައްކަތް ބޭރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ސިޓީޒް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިޔާގެ ހެކްސްޓަ ގްލޯބަލް ނަމަކަށް ކިޔާ ކުންފުންޏަކާ ކަމަށެވެ.

އެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕީއެސް ޑރ. ފާތުމަތު މުނާ އެވެ. އަދި ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ހެކްސްޓާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަ އަލީ ޝަރީފެވެ.

މި އެއްބަސްވުމުގެ ދަށުން ކައުންސިލް އިމާރާތް އަޅަނީ ކޮން ރަށްތަކެއްގައި ކަމެއް އެ މިިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. އަދި މި މަޝްރޫއަށް ހަރަދުވާ ފައިސާގެ އަދަދެއް ވެސް ސާފެއް ނުވެ އެވެ.