ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރަން ނިންމައިފި އެވެ.
21 ޖެނުއަރީ 2025
ޑިމޮކްރެޓްސް ޕާޓީގެ ރައީސް ކަމުގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވާދަކުރަން ނިންމައިފި އެވެ.
އެ ޕާޓީގެ ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެމްބަރު ހަސަން ލަތީފު ދާދިފަހުން އިސްތިއުފާ ދެއްވައި، އެމްޑީޕީއާ ގުޅިވަޑައިގަތުމުންނެވެ. އަދި ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް އެމްޑީޕީއާ ގުޅިވަޑައިގަތެވެ.
ޑިމޮކްރެޓްސް ޕާޓީން ހުސްވެފައިވާ ރައީސާއި ނައިބު ރައީސްގެ މަގާމު ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 15 ވަނަ ދުވަހު ބާއްވަން ވަނީ ހަމަޖައްސައިފަ އެވެ. އަދި އެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލައިފަ އެވެ.
އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާނުކުރައްވައި "އެކްސް"ގައި އިމްތިޔާޒް ކުރެއްވި ޕޯސްޓުގައި ވިދާޅުވީ ރައީސް ކަމަށް ވާދަކުރަން ނިންމާފައިވާ ކަމަށާއި އެހެންކަމުން އެ ޕާޓީގެ ސްޕޯކްސްޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ރައީސްގެ މަގާމު ހުސްވެއްޖެ ނަމަ، ވަގުތީގޮތުން ރައީސްގެ މަސްއޫލިއްޔަތުތައް އަދާކުރަން ޖެހޭނީ ނައިބު ރައީސުންގެ ތެރެއިން ބޭފުޅެކެވެ.
އެހެންވެ، ނައިބު ރައީސުންގެ ތެރެއިން ވަގުތީ ގޮތުން ރައީސްގެ ޒިންމާތައް މިވަގުތު އަދާ ކުރައްވަނީ މަޑަވެލި ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން ފިރުޝާނެވެ.
ދެ ޕާޓީ ގުޅުމުގެ ވިސްނުމަށް އިންތި ވެސް ތާއީދު
ދެ އަހަރަށް ފަހު ނަޝީދު އަލުން އެމްޑީޕީއަށް
މާޒީ ދޫކޮށް، ޑިމޮކްރެޓްސް އަށް ދެން ވާނީި ކިހިނެއް؟
ޑިމޮކްރެޓްސްގެ މެމްބަރުންނަށް އިބޫގެ މަރުހަބާ
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ނުރަސްމީ ޖަލްސާއެއް މިރޭ
ނަޝީދާއި އެހެން މެމްބަރުން އެމްޑީޕީއާ ގުޅެނީ!
ގާނޫނުއަސާސީއާ ކުޅެވޭނީ މަޖިލީހަށް އެކަނި: އިމްތިޔާޒު
ޑިމޮކްރެޓްސް އިން ސިލްސިލާކޮށް މިނިވަން ބަހުސް ބާއްވަނީ
ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑެ
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން