އެކި މައްސަލަތަކުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ "މިނިވަން ބަހުސް" އަކަށް ޑިމޮކްރެޓްސް އިން ތައްޔާރުވެއްޖެ އެވެ.
03 ފެބުރުއަރީ 2025
އެކި މައްސަލަތަކުގައި އާއްމުންނަށް ހުޅުވާލައިގެން ބާއްވާ "މިނިވަން ބަހުސް" އަކަށް ޑިމޮކްރެޓްސް އިން ތައްޔާރުވެއްޖެ އެވެ.
އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެމްބަރު ސައިފު ފާތިހު މިއަދު ވިދާޅުވީ ނިޒާމުގައި ހުރި މައްސަލަތައް ފެންމަތިވާއިރު އެކަމުގައި އާއްމުންގެ ވިސްނުންތައް ހުރި ގޮތްތައް ބަލަންޖެހޭ ކަމަށެވެ. އެހެންވެ، އެކަން ތަރުތީބުކުރުމާ ގުޅޭގޮތުން މަޝްވަރާކުރަން ބަހުސް ބާއްވަން ނިންމީ ކަމަށް ވިދާޅުވި އެވެ.
މިނިވަން ބަހުސްގެ ފުރަތަމަ ހަރަކާތް އޮންނާނީ އަންނަ ހުކުރު ދުވަހެވެ. މައުލޫއަކީ "ޑިމޮކްރަސީ ޔޫ-ޓާން ނެގީ ކޮން އިރަކު؟" މައުލޫއަށެވެ.
ސައިފު ވިދާޅުވީ އެ ބަހުސް ބާއްވާނެ ތަނެއް އަދި ފައިނަލް ނުވާ ކަމަށެވެ. އެކަމަކު، ކޮންމެ މީހަކަށް ވެސް ބައިވެރިވެ، ބަހުސްކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިވަން ބަހުސްގެ ފެށުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އިއުލާނު ކުރި އިސްލާހީ އެޖެންޑާގައި ހިމެނޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެނޫން ވެސް އެހެންކަމަށް ފަހު ފެށުނު ހަރަކާތެކެވެ.
އެ މިނިވަންކަމާއެކު ސްކޫލުތަކާއި އާންމު އެހެނިހެން ހޯލްތަކުގައި ބާއްވަން ފެށި ސިޔާސީ ފޯރަމްތަކުގެ ތެރެއިން އެންމެ މަޝްހޫރުވެގެން ދިޔައީ "މިނިވަން ބަހުސް"ގެ ސިލްސިލާ އެވެ.
އެ ބަހުސްގެ ފޯރި ގަދަވެ، ސަރުކާރާ ދެކޮޅު އަޑުތައް ގަދަވާން ފެށުމާއެކު މައުމޫންގެ ވެރިކަމުގެ ފަހު ދައުރު ޖެހުނީ މިނިވަން ބަހުސް ހުއްޓާލާށެވެ. އެކަމަކު، އެކި ނަން ނަމުގައި ކާޑުތައް ފޮނުވައިގެން ވެސް އޭރު ސިޔާސީ އެއްވުންތައް ބޭއްވި އެވެ.
"ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް"
"ގާނޫނުއަސާސީ ބަދަލުކުރުމުގެ ބާރު އޮތީ ރައްޔިތުންނަށް"
ގޮނޑި މައްސަލައިން ޑިމޮކްރެޓްސް ޕާޓީ ބޭރުވެއްޖެ
ގާނޫނުއަސާސީއާ ކުޅެވޭނީ މަޖިލީހަށް އެކަނި: އިމްތިޔާޒު
ޑިމޮކްރެޓްސްގެ ރައީސަކަށް އިންތި، ނައިބަކަށް ވައްޑެ
ޑިމޮކްރެޓްސް ވެސް މައްސަލަ ޕޮލިހަށް ހުށަހަޅައިފި
ޑިމޮކްރެޓްސްގެ ރައީސް ކަމަށް އިމްތިޔާޒް ވާދަކުރައްވަނީ
ޑިމޮކްރެޓްސްގެ ވަގުތީ ރައީސަކަށް ފިރުޝާން
ނަޝީދު މި ވަގުތު ޕާޓީއެއްގައި މަސައްކަތެއް ނުކުރައްވާނެ
ޑިމޮކްރެޓްސްގެ ބަދަލުތައް: ފެކްޝަނާއެކު ވާނީ ކިހިނެއް؟