މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އޭނާގެ އަތުން ފެނުނު ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މަސްތުވާތަކެތި ޓްރެފިކްކުރި މީހަކު އުމުރަށް ޖަލަށްލައި، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު އޭނާގެ އަތުން ފެނުނު ހަތަރު ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ނަގަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްރިމިނަލް ކޯޓުން އުމުރު ދުވަހުގެ ޖަލު ހުކުމެއް މިއަދު އިއްވާފައިވަނީ މ. ޏަމްޏަމްގެ އިސްމާއިލް ޝަރީފްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލީ ޑިސެމްބަރު، 2019 ގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި އޭނާ މާލެއިން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ އެޕާޓްމެންޓް ބަލައި ފާސް ކުރިއިރު އެތަނުން މަސްތުވާތަކެތި ފެނިފައިވާތީ އެވެ. އެ އެޕާޓްމެންޓްގެ ބަދިގޭގެ ކަބަޑެއްގެ ތެރެއިން 125.8 ގްރާމްގެ ކެނެބިސް ފެނިފައިވާތީ އޭނާގެ މައްޗަށް ކުރީ ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ.
މީގެ އިތުރުން 442،900ރ. ވެސް އެ އެޕާޓްމެންޓްގެ ތެރެއިން ފުލުހުން ހޯދާފައިވެ އެވެ. އަދި ކިހިނެއް ހޯދި ފައިސާއެއް ކަމަށް އިސްމާއިލް ޝަރީފަށް ބުނެދެވިފައި ނުވާތީ، އެއީ މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ފައިސާ ކަމަށް ބެލެވޭތީ އެ ފައިސާތައް ދައުލަތަށް ނަގައިދިނުމަށް ދައުލަތުން ކޯޓުގައި އެދުނެވެ.
އެ މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ހުކުމްގައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން އިސްމާއިލް ޝަރީފްގެ މައްޗަށް އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި އެ ކުށް ސާބިތުވާ ކަމަށެވެ.
އެހެންވެ، އަދަބެއްގެ ގޮތުގައި އޭނާގެ މައްޗަށް އުމުރު ދުވަހު (25 އަހަރު)ގެ ޖަލު ހުކުމެއް އިއްވައި އަދި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރި އެވެ. އަދި އެ ފައިސާ އެއް އަހަރު ތެރޭގައި މީރާއަށް ދައްކަން ވެސް އޭނާގެ މައްޗަށް ހުކުމްކުރި އެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ކުށުގައި އެއް ލައްކަ ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދުން ޖޫރިމަނާ ކުރުމުގެ ފުރުސަތު އޮންނަ ނަމަވެސް، އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމަކީ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ.
ހުކުމުގައިވާ ގޮތުން އެ މައްސަލާގައި އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކުރީ އެ މީހާއަކީ މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަރަކާތްތެރިވާ މީހެއްކަން ހެކިތަކުން އެނގެން އޮތުމުންނެވެ.
މީގެ އިތުރުން އިސްމާއިލްގެ އެޕާޓްމެންޓުން ފެނުނު 442،900ރ. އަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމަށް ކަނޑައަޅައި، އެ ފައިސާ ދައުލަތަށް ނަގަން ވަނީ އަމުރުކޮށްފަ އެވެ.
ރައުދު ކުށަށް އިއުތިރާފްވެއްޖެ
ލަންކާ ބޯޓުން ޑްރަގާއެކު ހައްޔަރުކުރި މީހުން ބަންދަށް
ގާޒީ ފާއިޒްގެ ނިންމުން ބަދަލުކޮށް، ލަމްހާ ބަންދަށް
ޑްރަގު ދައުވާއަކަށް އިއުތިރާފުވުމުން 12 އަހަރަށްޖަލަށް
ބޮކްސާތެރެއަށް ލައިގެން ޑްރަގް އެތެރެކުރަނިކޮށް ހައްޔަރު
ޑްރަގާއެކު އަތުލައިގަތް ނެދަލެންޑްސް މީހާ ބަންދަށް
ފެނަކަ ސައީދުގެ ޕާސްޕޯޓު ދޫނުކުރަން އެދިއްޖެ
ޗެއިން އޮފް ކަސްޓަޑީ ގޯސްވެ، ބޮޑު ހުކުމަކުން ސަލާމަތް
ރައުދަށް މަސްތުގެ ދައުވާ ނުކުރީ އިޖުރާއަތު ގޯސްވުމުން
ޑްރަގް ހަވާލުކުރީ ޑީއެޗްއެލް ޔުނިފޯމުގައި ތިބި ފުލުހުން