ވައިކަން ހަކަތަ އުފައްދާ ނިޒާމެއް ސްރީ ލަންކާގައި ގާއިމުކޮށް އެއިން ލަންކާ ސަރުކާރަށް ކަރަންޓު ވިއްކާ ގޮތަށް އިންޑިއާގެ އަދާނީ ގްރޫޕާ އެކު ހެދި އެއްބަސްވުން އުވާލައިފި އެވެ.
ވައިކަން ހަކަތަ އުފައްދާ ނިޒާމެއް ސްރީ ލަންކާގައި ގާއިމުކޮށް އެއިން ލަންކާ ސަރުކާރަށް ކަރަންޓު ވިއްކާ ގޮތަށް އިންޑިއާގެ އަދާނީ ގްރޫޕާ އެކު ހެދި އެއްބަސްވުން އުވާލައިފި އެވެ.
ލަންކާގެ އެނާޖީ މިނިސްޓްރީން ހުކުރު ދުވަހު ބުނީ އެއްބަސްވުން އުވާލަން ނިންމީ އަދާނީ ގްރޫޕާ މެދު އޮތް ކޮރަޕްޝަންގެ ތުހުމަތުތަކާ ހެދި ކަމަށެވެ.
ބިލިއަނަރު ބާނީ ގޯތަމް އަދާނީގެ މައްޗަށް މިދިޔަ އަހަރުގެ ފަހުކޮޅު އެމެރިކާގައި ރިޝްވަތުގެ ދައުވާ އުފުލުމާ ގުޅިގެން ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަގެ ސަރުކާރުން ވަނީ އެ ކުންފުނީގެ ލޯކަލް ޕްރޮޖެކްޓްތަކުގެ ތަހުގީގުތައް ފަށައިފަ އެވެ.
ލަންކާގެ ހުޅަނގު އުތުރުގައި އަދާނީން ވިންޑް ޕަވާ ކޮމްޕްލެކްސްއެއް ހަދައި އެތަނުން ކިލޯވޮޓަކަށް 0.0826 އެމެރިކާ ޑޮލަރުގެ ރޭޓުން ކަރަންޓު ގަންނަން ލަންކާގެ ކުރީގެ ސަރުކާރުން 2024 ވަނަ އަހަރުގެ މެއި މަހުގެ ވަނީ އެއްބަސްވެފަ އެވެ. އެކަމަކު އެ ޕަވަ ކޮމްޕްލެކްސްގެ މަސައްކަތް އަދި ނުފަށަ އެވެ.
އެނާޖީ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ އެއްބަސްވުމައިގެން އިތުރަށް ކުރިއަށް ނުދާން ޑިސަނަޔަކަގެ ކެބިނެޓުން މި މަހު ނިންމާފައިވާ ކަމަށެވެ.
"ސަރުކާރުން ކަރަންޓު ގަތުމުގެ އެއްބަސްވުން ބާތިލްކުރި ނަމަވެސް އެ މަޝްރޫއު ބާތިލެއް ނުވޭ. މުޅި ޕްރޮޖެކްޓް ރިވިއުކުރަން ކޮމެޓީއެއް ވަނީ ހަމަޖައްސާފައި،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭއެފްޕީއަށް އޮފިޝަލަކު ވިދާޅުވި އެވެ.
އިއާދަކުރަނިވި ހަކަތަ އުފައްދާ ކުދި ޕްރޮޖެކްޓްތަކުން ވެސް އަދާނީން އެ ބުނާ އަގުގެ ދެބައިކުޅަ އެއްބަޔަށް ކަރަންޓު ވިއްކާ ކަމަށް ބުނެ ބައެއް އެކްޓިވިސްޓުން ވަނީ ކުރިން ވެސް އެ އެއްބަސްވުމަށް ފާޑުކިޔައިފަ އެވެ.
މަންނާރާއި ޕޫނެރިންގެ އައްސޭރިފަށުގައި އަދާނީގެ 484 މެގަވޮޓްގެ ވިންޑް ޕަވާ ޕްލާންޓް އެޅުމަށް ނިންމާފައި ވާއިރު ތިމާވެށީގެ ކަންބޮޑުވުންތަކާ ގުޅިގެން ސުޕްރީމް ކޯޓަށް ވަނީ އެ ޕްރޮޖެކްޓު ހުއްޓުވަން މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.
އަދާނީ އަކީ ލަންކާއަށް 2022 ވަނަ އަހަރު ކުރިމަތިވި އިގްތިސާދީ އިނދަޖެހުމަށް ފަހު އެ ގައުމުގައި އިންވެސްޓްކުރި ބޭރުގެ ފުރަތަމަ ކުންފުންޏެވެ. އަދާނީގެ ކުންފުނިން ހުށަހަޅާފައިވާ 442 މިލިއަން ޑޮލަރުގެ ވިންޑް ޕަވާ ޕްލާންޓްތަކަށް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހު ހުއްދަ ދިން ނަމަވެސް ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ސަބަބުން އެ މަސައްކަތް ވަނީ ހުއްޓިފަ އެވެ.
އޭޝިއާގެ އެންމެ މުއްސަނދިންގެ ތެރޭގައި ހިމެނޭ އުމުރުން 62 އަހަރުގެ އަދާނީގެ ކުންފުނިތަކުން ފުޅާ ދާއިރާއެއްގައި، ވިޔަފާރި ބަނދަރުތަކާއި އެއާޕޯޓުތަކާއި އިޔާދަކުރެވެނިވި ހަކަތައިގެ ޕްރޮޖެކްޓްތައް ހިންގަ އެވެ. އެކަމަކު ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އެ ކުންފުނީގެ މައްޗަށް ވަނީ ކޮށްފަ އެވެ.
އެމެރިކާގެ ޕްރޮސިކިއުޓަރުން ކޮށްފައިވާ ދައުވާތަކުގައި ތުހުމަތުކޮށްފައިވާ ގޮތުގައި އަދާނީ އާއި އޭނާގެ އިސް މުވައްޒަފުން ވަނީ އިޔާދަކުރެވެނިވި ހަކަތައިގެ ޕްރޮޖެކްޓްތައް އެ ކުންފުންޏަށް ކާމިޔާބުުކުރުމަށް އިންޑިއާ ސަރުކާރުގެ އޮފިޝަލުންނަށް ފައިސާ ހުށަހަޅައިފަ އެވެ. އަދި 250 މިލިއަން ޑޮލަރުގެ ރިޝްވަތު ސްކީމެއް ރާވައި، އެމެރިކާގައި ފައިސާ ހޯދުމުގެ ގޮތުން އެކަން ސިއްރުކުރި ކަމުގެ ތުހުމަތުގައި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ވަނީ އުފުލައިފަ އެވެ. އެކަމަކު މި ހުރިހާ ތުހުމަތަކަށް އަދާނީން ވަނީ އިންކާރުކޮށްފަ އެވެ.
ސައިބަކްރައިމް ހިންގާ ބިދޭސީން ލަންކާގައި ހައްޔަރުކުރަނީ
ކަނޑު ބަލަހައްޓަން ލަންކާގައި ވަރުގަދަ މަރުކަޒެއް
އިންޑިއާގެ ޔޫޕީއައި ޕޭމެންޓް ހިދުމަތް ލަންކާގައި ދެނީ
ފަތާފައި ލަންކާއިން އިންޑިއާއަށް ދަނިކޮށް މަރުވެއްޖެ
އިންޑިއާ އާއި ލަންކާއާ ދެމެދު މި މަހު ފެރީ ފަށަނީ
ލަންކާގައި ޗައިނާއަށް ދިން ޕްރޮޖެކްޓެއް އަތުލައިފި
ފޭރޭ މީހުންގެ އަތްދަށުން ލަންކާގެ ބޯޓު ސަލާމަތްކޮށްފި
ލަންކާގެ ފޭރުނު ބޯޓު ހޯދަން އިންޑިއާގެ މަނަވަރެއް
ޗައިނާގެ ރިސާޗް ވެސަލްތަކަށް ލަންކާ 1 އަހަރަށް ބަންދު
ޗައިނާގެ ރިސާޗް އުޅަނދަށް ލަންކާއިން ހުއްދައެއް ނުދޭނެ