ރާއްޖޭގެ އެކި ކަންކޮޅުތަކުުގައި މިއަހަރު ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
26 ޖެނުއަރީ 2025
ރާއްޖޭގެ އެކި ކަންކޮޅުތަކުުގައި މިއަހަރު ފުލުހުންގެ ހިދުމަތް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން ދާތީ ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލު ކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 38 ވަނަ އިނިޝަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އިހުސާން ވިދާޅުވީ ރާއްޖޭގައި ފުލުހުންގެ ހިދުމަތަކީ ދިނުމަށް އުނދަގޫ ހިދުމަތެއް ކަމަށެވެ.
ވަކިވަކި ރަށްތަކަކަށް ރާއްޖެ ބެހިފައިވާތީ އެއް ތަނުން އަނެއް ތަނަށް ދަތުރުކުރުމުގެ ދަތިކަން ފާހަގަ ކުރައްވައި، އިހުސާން ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި އުޅޭއިރު މަސައްކަތް ކުރަން އަބަދު ޖެހޭނީ އެންމެ ބޭނުންވާ ތަނުގައި ނޫން ކަމަށެވެ. އެކަމަކު ކޮންމެ ތަނެއްގައި ޑިއުޓީ އަދާކުރަން ޖެހުނު ނަމަވެސް އެންމެ ހިތް އެދޭ ގޮތަށް މަސައްކަތް ކުރުމަށް އިހްސާން އިލްތިމާސް ކުރެއްވި އެވެ.
"އަބަދު ހިދުމަތްކުރަން ލިބެނީ އެންމެ ހިތް އެދޭ ތަނެއްގައި ނޫން. އެހެން ނަމަވެސް އެމީހާގެ ޑިއުޓީ ކޮންމެ ދިމާލެއްގައި ޖެހުނަސް، އެ ހިދުމަތް އެންމެ ހިތްއެދޭ ގޮތަށް ދިނުމަށް އަޒުމު ކަނޑައަޅައިގެން އެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާންޖެހޭނެ،" ދ. ވާނީގައި ހުންނަ ފުލުހުންގެ ކެމްޕަހުގައި ބޭއްވި ރަސްމިއްޔާތުގައި އިހުސާން ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތް ރަށްރަށަށް ފުޅާކުރަން ކުރާ މަސައްކަތުގެ ދަށުން ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ބަދަލު ކުރާއިރު އިހުސާން އެދިވަޑައިގަތީ މުޖުތަމައުގައި ހުރި ކަންކަން ދެނެގަނެ، ކުށްތަކުން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް އަޒުމު ކަނޑައެޅުމަށެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ހިދުމަތް ގާއިމް ކުރަމުން ދާއިރުގައި މިއަހަރު ނިމުމުގެ ކުރިން ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމުކުރުމަކީ އަޅުގަނޑުމެން އަމާޒުކުރާ ކަމެއް. މިހެންދާއިރުގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ފުލުހުން ރަށްރަށަށް ޑިޕްލޮއި ކުރެވޭނެ -- އިހުސާން
މިދިޔަ އަހަރަކީ ފުލުހުންގެ ހިދުމަތް ރަނގަޅަށް ދެވުނު އަހަރެއް ނަމަވެސް، މިދިޔަ އަހަރަށް ވުރެ މިއަހަރު ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސަައްކަތް ކުރުމަށް ފުލުހުންގެ ކިބައިން އިހުސާން އެދިވަޑައިގަތެވެ. އަދި އިހުސާން ވަނީ ވެރިންނަށް ކިޔަމަންވުމާއި ރީތި ބަހުން ރައްޔިތުންނާ މުއާމަލާތް ކުރުމަށް ވެސް ފުލުހުންނަށް ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.
ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ހުރިހާ ރަށެއްގައި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ. ފަސް އަހަރު ނިމިގެންދާއިރު، ކޮންމެ ރީޖަނަކަށް ވެސް ރެކްރޫޓް ކުރުމާއި އިންފްރާސްޓްރަކްޗާއަށް ބޭނުންވާ ބަޖެޓް ތައްޔާރު ކުރުމުގެ އިތުރުން ނެއިބާހުޑް ޕޮލިސްގެ ކޮންސެޕްޓް މުޅި ރާއްޖެއަށް ފުޅާ ކުރުމަކީ ފުލުހުންގެ ވިސްނުމެވެ.
އެ ޖަލްސާގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވެސް ވަނީ ފުލުހުންނާ ގުޅިގެން އާންމުންގެ އެންމެ ބޮޑަށް ހުރި ޝަކުވާތަައް ނައްތާލުމަށާއި އެ މުއައްސަސާއަށް އާންމުންކުރާ އިތުބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
ކުއްލި ހާލަތުގައި ދެން ގުޅަން ޖެހޭނީ 911 އަށް
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ފުލުހުން ރޭ އަމަލުކުރި ގޮތް ރިވިއު ކުރަން އަންގަވައިފި
ސްޓިކާ ނުޖެހިޔަސް ބޭނުންހާ ގޮތަކަށް ޕާކްކޮށްގެން ނުވާނެ
ޒަކިއްޔާގެ އޮޓޯޕްސީ ނުހެދުމަކީ ގޯހެއް: އިހުސާން
ޒަކިއްޔާގެ މަރު: ހޯމް މިނިސްޓަރާއި ސީޕީ ހޮޅުދުއަށް
ނުފޫޒު އޮތްނަމަ ކުރީގެ ވެރިން ތިބޭނީ ޖަލުގައި:އިހުސާން
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
ފުވައްމުލަކު ޑްރަގު ނެޓްވޯކް އެއްކޮށްހެން ނައްތާލައިފި