Roadha Mihaaru

ސުޕަމާޓް ބައި ސަމަން: ކުރާހިތުން ޝޮޕިން ކުރެވޭނެ ސުޕަމާޓެއް!

ބޭނުން ހުރިހާ އެއްޗެއް އެއް ތަނަކުން ލިބުމަކީ ހާދަ ފަސޭހަ ކަމަކަށް ވާނެ އެވެ. ޝޮޕިންއަށް ނުކުންނަ އިރު, އެއް ފިހާރައިން އަނެއް ފިހާރައަށް ބޭނުން އެއްޗިހި ހަމަކުރަން ދުވަން ނުޖެހެންޔާ ކުރާހިތުން ގޮސް އެ ވިޔަފާރިކޮށް ނިންމާލެވޭނެ ދޯ އެވެ؟ އެ ވިސްނުމުގައި އާއްމުންނާ ހަމައަށް ސަމަން ޓްރޭޑިންއިން ވަނީ ވަރުގަދަ ސުޕަމާކެޓެއް ހުޅުވާފަ އެވެ.

ކުރާހިތުން ޝޮޕިން ކުރެވޭނެ ސުޕަމާޓެއް!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

26 ޖެނުއަރީ 2025

ބޭނުން ހުރިހާ އެއްޗެއް އެއް ތަނަކުން ލިބުމަކީ ހާދަ ފަސޭހަ ކަމަކަށް ވާނެ އެވެ. ޝޮޕިންއަށް ނުކުންނަ އިރު, އެއް ފިހާރައިން އަނެއް ފިހާރައަށް ބޭނުން އެއްޗިހި ހަމަކުރަން ދުވަން ނުޖެހެންޔާ ކުރާހިތުން ގޮސް އެ ވިޔަފާރިކޮށް ނިންމާލެވޭނެ ދޯ އެވެ؟ އެ ވިސްނުމުގައި އާއްމުންނާ ހަމައަށް ސަމަން ޓްރޭޑިންއިން ވަނީ ވަރުގަދަ ސުޕަމާކެޓެއް ހުޅުވާފަ އެވެ.

"ޗީޕް, ޗޮއިސަސް, ކޮންވީނިއެންޓް" މި ކޮންސެޕްޓަށް ފައްތާ, އެއް ތަނަކުން ބޭނުންވާނެ ގިނަ ތަކެތި ލިބޭނެ މަގު ތަނަވަސް ކޮށްދީ ރޭގައި ހުޅުވި ސުޕަމާކެޓު ހަގީގަތުގައި ވެސް ތަފާތެވެ.

ސުޕަމާކެޓް ބައި ސަމަންއަށް ފުރަތަމަ ވަންނަ އިރު ވެސް, އެ ތަނުގައި އެކި ވައްތަރުގެ ތަކެތީގެ އެކި ބްރޭންޑުތަކާއި ވެރައިޓީތައް ފެންނަން ހުރެ އެވެ. އާއްމުކޮށް ކާން ގެންގުޅޭ ސީރިއަލްތަކުގެ އެކި ވައްތަރުތަކުން ފެށިގެން ތުއްތު ކުދިންނަށް ކާންދޭނެ ސްނެކްތަކަށް ދަންދެން އެތަނުގައި ހުރެ އެވެ. އަދި އެކި ވައްތަރުތަކުގެ ބުއިންތަކާއި މޭވާ, ތަރުކާރީ އަދި ސާފުކުރުމަށް ބޭނުން ކުރާނެ އެކި ނަންނަމުގެ ސާމާނު އެތަނުގައި ހުރެ އެވެ. އާއްމުކޮށް ސުޕަމާކެޓަކުން ގޭގެ ޝޮޕިން ލިސްޓަށް ބޭނުންވާނެ ހުރިހާ އެއްޗެއް އެތަނުގެ ރެކުތަކުން ފެންނާނެ އެވެ.

ސުޕަމާޓް ބައި ސަމަންގެ އެތެރެ. މި ތަނުގައި ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓުތައް ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސުޕަމާޓް ބައި ސަމަންގެ އެތެރެ. މި ތަނުގައި ގިނަ ބާވަތްތަކުގެ ޕްރޮޑަކްޓުތައް ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތަނުގެ ތަފާތުކަމާއި ހާއްސަކަން އެންމެ ބޮޑަށް ފެންނާނީ ފުރަތަމަ ފްލޯއިންނެވެ. ލިފްޓުން ފުރަތަމަ ފްލޯއަށް އަރާއިރު, އާއްމުކޮށް ސުޕަމާކެޓަކުން ލިބެން ނުހުންނާނެ ވައްތަރުގެ ތަފާތު, ރީތި ޑިޒައިންތަކުގެ ތަށި ސެޓާއި, ގޭތެރެ ރީތިކުރަން ބޭނުންކުރާނެ އެކި ޑެކޯ އައިޓަމްތަކުން ފެށިގެން ގޭތެރޭގައި މީރުވަސް ދުއްވާލާން ބޭނުން ކުރާނެ އެކި ޕްރޮޑަކްޓުތައް ހުރެ އެވެ. އަދި ބަދިގެ ތެރޭގައި ބޭނުން ކުރާނެ މޮޑާން ޓްރެންޑުތަކުގެ ސްޕައިސް ފުޅިތަކުން ފެށިގެން ވިސްކަށް ދަންދެން އެތަނުގައި ހުރެ އެވެ. އަދި ގޭގައި ޕާޓީއެއް ބޭއްވުމަށް އާއްމުކޮށް ބޭނުންކުރާ ޑެކޯ އާއި ފުއްޕާހަމާއި ކުޑަކުދިންގެ ކުޅޭ ސެޓުތައް ވެސް އެތަނުގައި ހުރެ އެވެ.

ސުޕަމާޓް ބައި ސަމަންގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސުޕަމާޓް ބައި ސަމަންގެ އެތެރެ. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ސުޕަމާކެޓް ބައި ސަމަން އަކީ އެކި ވައްތަރުގެ ޕްރޮޑަކްޓުތަކުން ރެކުތައް ފުރިފައިވާ ތަނަކަށް ވިޔަސް, އެތަން ފަރުމާކޮށްފައި ވަނީ ހަމަޖެހިލާގެން ކޮންމެ މީހަކަށް ވެސް ޝޮޕިން ކުރެވޭނެ ވަރުގެ ޖާގައެއްގަ އެވެ. އެ ތަން ފަރުމާކުރުމުގައި ތޮއްނުޖެހި ވިޔަފާރިކުރެވޭނެ ކޮންސެޕްޓަކަށް ތަން ފަރުމާކުރުމުގައި އިސްކަން ދީފައިވާކަމަށް މީގެ ކުރިން ސަމަންއިން ވެސް ވަނީ ބުނެފަ އެވެ.

ސުޕަމާޓުގެ ފުރަތަމަ ފްލޯގައި ހުރި ޑެކަރެޓިވް އައިޓަމްތަކެއް. -- ފޮޓޯ: ނިޝާން އަލީ މިހާރު

ސުޕަމާޓުގެ ފުރަތަމަ ފްލޯގައި ހުރި ޑެކަރެޓިވް އައިޓަމްތަކެއް. -- ފޮޓޯ: ނިޝާން އަލީ މިހާރު

"ސުޕަމާކެޓް ބައި ސަމަން" ހުޅުވީ ހުޅުމާލެ ފޭސް 2ގައި ހުންނަ ވިނަރެސް ފްލެޓުގެ ތިން ވަނަ ޓަވަރުގަ އެވެ.