ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސުޕަ މާކެޓް ހުޅުވުން ފާހަގަކުރަން މިރޭ ބާއްވަން ހަމަޖެއްސި ހަވާ އެރުވުމާއި މިއުޒިކް ޝޯ، މޫސުން ގޯސްވުމުން ފަސްކޮށްފި އެވެ.
25 ޖެނުއަރީ 2025
ސަމަން ޓްރޭޑިން ޕްރައިވެޓް ލިމިޓެޑްގެ ސުޕަ މާކެޓް ހުޅުވުން ފާހަގަކުރަން މިރޭ ބާއްވަން ހަމަޖެއްސި ހަވާ އެރުވުމާއި މިއުޒިކް ޝޯ، މޫސުން ގޯސްވުމުން ފަސްކޮށްފި އެވެ.
ސަމަން ޓްރޭޑިންގެ އާ ސުޕަމާކެޓް ހުޅުވަނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 3ގެ ގްރައުންޑް އަދި ފުރަތަމަ ފަންގިފިލާގަ އެވެ.
ސުޕަމާކެޓު ހުޅުވުން ކުލަގަދަކޮށް ފާހަގަ ކުރުމަށްޓަކައި ރާއްޖޭގެ މަގުބޫލު ތިން މިއުޒިކް ބޭންޑް ކަމަށްވާ ސްކައިރޮކް އާއި ޑިޓިއުން ބޭންޑް އަދި ރެވިއޯ ބައިވެރިވާ މިއުޒިކް ޝޯއަކާ އެކު ހަވާ އަރުވަން ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް، ސަމަންއިން ބުނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ހަރަކާތްތައް ފަސްކޮށްފައިވާ ކަމަށެވެ.
މިއަދު މާލެއަށް ވިއްސާރަ ކުރަމުން ދާއިރު، މެޓް އޮފީހުން ވަނީ ނ. އަތޮޅުން ފެށިގެން ފ. އަތޮޅާ ހަމައަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މިރޭ 1 ޖެހުމާ ހަމައަށް ވައިޓް އެލާޓް ނެރެފަ އެވެ.
އެ ހަރަކާތްތައް ފަސްކުރި ނަމަވެސް، މިރޭ 8 ޖަހާއިރު ސުޕަމާކެޓް ހުޅުވަން ވަނީ ހަމަޖެހިފަ އެވެ. އަދި ހަވާ އެރުވުމާއި މިއުޒިކް ޝޯ ބާއްވާނެ ދުވަހެއް ފަހުން އިއުލާން ކުރާނެ ކަމަށް ސަމަންއިން ބުންޏެވެ.
ސަމަން ސުޕަމާކެޓްގެ އަމާޒަކީ އާންމުންނަށް ފަސޭހައިން ބާޒާރު ކުރެވޭނެ މާހައުލެއް ގާއިމް ކުރުމެވެ. އަދި އެކަން ހާސިލުކުރުމަށްޓަކައި ސުޕަމާކެޓުގެ ހުރިހާ ސިފަތަކެއް ބިނާކޮށްފައިވަނީ މައިގަނޑު ތިން އަސާސެއްގެ މައްޗަށެވެ. އެއީ ޗީޕް އަދި ޗޮއިސަސް އަދި ކޮންވީނިއެންޓް ނުވަތަ އަގުހެޔޮކޮށް، ވީހާ ވެސް ގިނަ ބާވަތްތަކުގެ މުދާ ހިތްހަމަޖެހޭ މާހައުލެއްގައި ފަސޭހައިން ގަނެވޭނެ ގޮތް ހަމަޖައްސައިދިނުމެވެ.
އެ ސުޕަމާކެޓުގެ ގްރައުންޑް ފްލޯ ހާއްސަ ކޮށްފައިވަނީ ތަފާތު ވައްތަރުގެ އެކި ބްރޭންޑްތަކުގެ ކާބޯތަކެތީގެ ގިނަ ބާވަތްތަކަށެވެ. އަދި ފަންގިފިލާގައި ވަނީ ޕާސަނަލް ކެއާ އާއި ކިޗަން އެކްސެސަރީސް އާއި ހޯމް ޑެކޯ އާއި ކްލީނިން ޕްރޮޑަކްޓްސް އާއި އެރޯމާ ތެރަޕީ ޕްރޮޑަކްޓްސްގެ އިތުރުން ލިނެން އަދި ކުޑަކުދިން ކުޅޭ ސާމާނާއި އުފަންދުވަސް އަދި ވެޑިން ފަދަ މުނާސަބަތު ފާހަގަކުރަން ބޭނުންކުރާނެ ސާމާނުތަކަށެވެ.
އެ ސުޕަމާކެޓުގެ ލޭއައުޓާއި ސެޓަޕް ބައްޓަންކޮށްފައިވަނީ ތޮއްޖެހުމެއް ނެތި، ހަމަޖެހިލައިގެން ކަސްޓަމަރުންނަށް ބާޒާރުކޮށްލެވޭ ގޮތަށް އަދި ޖާގަ ތަނަވަސްކޮށެވެ. ބާޒާރު ކުރުމުގައި ދިމާވާ މައްސަލަތަކަށް ހައްލެއް ގެނެސްދިނުމަށް ސަމަންއިން ހުޅުވާ އެ ސުޕަމާކެޓުގެ އަޖުމަ ބަލާލަން އެ ކުންފުނިން އާންމުންނަށް ދައުވަތު ދެ އެވެ.
ކުރާހިތުން ޝޮޕިން ކުރެވޭނެ ސުޕަމާޓެއް!
ޕޮލިސް ކާރު އެކްސިޑެންޓު: މަންޒަރު ދުށް ބަޔަކު ހޯދަނީ
ޒަމާނާ އެއްވަރަށް ސުޕަމާކެޓުތައް ބަދަލުވެއްޖެތަ؟
ހުޅުމާލެ 2 އަލިކުރަން އެޅި ކޭބަލްތައް ވަގަށް ނަގައިފި
ހަވާ އެރުވުމާއެކު، ޕީއެންސީގެ ކާމިޔާބީ ފާހަގަކުރަނީ
އިންތިހާބީ ރައީސް ހުވާކުރެއްވުމުން ހަވާ އަރުވަނީ
ކުޅުދުއްފުށީގައި މި ފަހަރު ހަމަ އަސްލަށް ހަވާ އަރުވަނީ
އައްޑޫގެ ތަރައްގީ ފާހަގަކުރަން މިރޭ ހަވާ އަރުވަނީ
ހަވާ އެރުވުމާއެކު މާދަމާ ރޭ ބޮޑު ހަރަކާތެއް
ހާމިދުގެ ހަވާއެރުވުމަށް ސިފްކޯއިން ހަރަދެއް ނުކުރޭ