ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
26 ޖެނުއަރީ 2025
ރާއްޖޭގެ ދެކުނުގެ ރަށެއްގައި އަމިއްލަ ދަރިފުޅާއި އިތުރު އެހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހައްޔަރުކުރި މީހާ ދޫކޮށްލައިފި އެވެ.
އެ މީހާއަކީ މީގެ 13 ވަރަކަށް އަހަރު ކުރިން ވެސް ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރުމަށް ފަހު ދޫކޮށްލާފައި ހުރި މީހެކެވެ. އެފަހަރު އޭނާއަށް ދައުވާއެއް ނުކުރެ އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އޭނާގެ ދަރިފުޅާއި އިތުރު ކުއްޖަކަށް ބެހުނު މައްސަލައެއް ފަޅާއެރީ "ބައްޕަ ލޯބިން ކުރާ ކަމެއް" ކަމަށް ބުނެ ޖިންސީ ގޯނާގެ ވާހަކަތައް ދަރިފުޅު އެހެން މީހަކަށް ކިޔައިދިނުމުންނެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްފައިވާ ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް މީގެކުރިން އެތައް ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރި އެވެ.
އޭނާ ހައްޔަރުކުރި އަމުރުގައިވާ ގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކަށް އަމަލުކުރުމުގެ ގާނޫނުގެ ދަށުން އޭނާ ހައްޔަރުކޮށްފައި ހުރީ ހެކި ބަސް ދޭންހުރި މީހަކަށް ނުފޫޒު ފޯރުވަފާނެތީ އާއި މުޖުތަމައުގައި ހިމެނޭ ކުދިންގެ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމަށް ފެންނާތީ އެވެ.
އަމިއްލަ ދަރިފުޅަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އޮއްވައި އޭނާ ދޫކުރި މައްސަލާގައި "މިހާރު" އަށް ވާހަކަ ދެއްކި މީހަކު ބުނީ އޭނާ ދޫކޮށްލީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އޭނާ ދިރިއުޅެނީ ވެސް ދަރިފުޅާ އެއް ގެއެއްގައި ކަމަށް ބުނެ އެ ކުއްޖާގެ ރައްކާތެރިކަމާ މެދު އޭނާ ސުވާލު އުފެއްދި އެވެ.
އޭނާ ބަންދުން ދޫވީ، ސިޔާސީ ބޭފުޅެއްގެ ނުފޫޒުން ކަމަށް މި މައްސަލާގައި "މިހާރު"އަށް ވާހަކަ ދެއްކި މީހާ ތުހުމަތުކުރެ އެވެ.
ކުރިން ވެސް ޖިންސީ ގޯނާގެ ރެކޯޑު އޮންނަ މީހާގެ މައްޗަށް މިފަހަރު ތުހުމަތު ކުރަނީ ދަރިފުޅުގެ އިތުރުން އަވަށްޓެރި ގެއެއްގެ ގްރޭޑް 2 ގައި ކިޔަވާ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށެވެ.
"މިކަމުގެ ޝައްކު ކުރެވުނު ހިސާބަކީ މި ކުއްޖާ، އެހެން މީހެއްގެ ގެއަކަށް ގޮސް އެގޭގެ ކުދިންނާ އެކު ކޮޓަރި ތެރޭގައި ކުޅެން އުޅުނީ. އެ ގޭގެ މީހާ އޮފީސް ނިންމާފައި އައިއިރު ކޮޓަރި ދޮރު ހުޅީ ތަޅުލާފައި. ޓަކި ޖެހުމުން ތިން ކުދިން އެއް ފަހަރާ ނިކުތީ. ދެން އޭނާ މި އެހީ އޭނާގެ ފިރިހެން ދަރި ކައިރީ ކީއްހޭ ކުރީ. ދެން ބުނި ކަމަށް ވަނީ އެ މީހުން ތިބީ ހަޒްބެންޑް ވައިފް ކުޅޭށޭ." މީގެ ކުރިން އެ ވާހަކަ ކިޔައިދެމުން އޭނާ ބުންޏެެވެ.
އެ ވާހަކަތަކާ މެދު ޝައްކު އުފެދިގެން އަންހެން މީހާ ވަނީ އެ ކުދިންނާ ވާހަކަ ދައްކައިފަ އެވެ. ފަޅާއެރީ އެ ހިސާބުން ކަމަށް ވެ އެވެ.
އެ ކުއްޖާ ލައްވައި ބައްޕަ "ކުރުވާ ހުރިހާ ކަމެއް" އަންހެން މީިހާއަށް ކިޔައިދިން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހާ ބުންޏެވެ. އެ ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ނުބުނީ ބައްޕަ ޖަލަށް ގެންދާނެތީ ކަމަށް ވެސް އެ ކުއްޖާ ބުނި ކަމަށް ވެ އެވެ.
އެ މައްސަލާގައި ޖެންޑާ މިނިސްޓްރީން ވެސް އެރަށަށް ދިޔަ އެވެ. އަދި އެ ކުދިންގެ މެޑިކަލް ޓެސްޓް ހެދި ކަމަށްވެ އެވެ.
ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރުކޮށްފި
ޔުނާން އަލުން ހައްޔަރުކޮށްފި
ޖިންސީ ގޯނާގެ ދައުވާތަކުން ޓީޗަރު ސަލާމަތްވެއްޖެ
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ގުރޫޕް ޖިންސީގޯނާގެ މައްސަލަ: މީހަކު ހައްޔަރެއް ނުކުރޭ
ޖިންސީ ގޯނާގެ ތުހުމަތަށް ދޮންބައްޕައަކު ހައްޔަރުކޮށްފި
11 އަހަރުގެ ކުއްޖަކަށް ޖިންސީގޯނާ ކުރި މައްސަލައެއް
ކުއްޖަކަށް ޖިންސީގޯނާކުރި 73 އަހަރުގެ މީހަކު ހައްޔަރު
ހަ ކުދިންނާ ބެހުނު މީހާ ޝަރީއަތް ނިމެންދެން ބަންދަށް!
ކުއްޖަކާ ބެހުނު މައްސަލައެއްގައި ހޯދާ މީހާ ހައްޔަރު