15 ޑިސެމްބަރ 2023
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރުގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި އުތުރުގެ ރަށަކުން ހައްޔަރުކުރި ގުރުއާން ޓީޗަރުގެ މައްޗަށް އުފުލި ތިން ދައުވާ ވެސް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.
މީގެ ތިން އަހަރު ކުރިން 28 އަހަރުގެ ޓީޗަރު ހައްޔަރުކުރީ އޭނާ ކައިރިއަށް ގުރުއާން ކިޔަވަންދާ ދަރިވަރުންނަށް ޖިންސީ ގޯނާ ކުރަމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ. އޭނާގެ ޝިކާރައަކަށް ވި ކުދިންގެ ތެރޭގައި އުމުރުން 12 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިން ހިމެނޭ ކަމަށް އޭރު ތުހުމަތުކޮށްފައިވެ އެވެ.
މި މައްސަލާގައި ދައުލަތުން ވަނީ ކުޑަކުއްޖަކު އިތުބާރުކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ތިން ދައުވާކޮށްފަ އެވެ. ނަމަވެސް، އެ ތިން ދައުވާ އެކަށީގެންވާ މިންވަރެއްގެ ޝައްކެއް ނެތި ދައުލަތަށް ސާވިތުކޮށްދެވިފައި ނުވާ ކަމަށް ކަނޑައަޅައި އިއްޔެ ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.
ކުޑަކުދިންނާ ގުޅޭ ޖިންސީ އަނިޔާގެ މައްސަލަތަކުގައި، އެ ކުދިންގެ ވަނަވަރު އެނގޭނެ ފަދަ އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެވެ އެވެ. އެފަދަ މައުލޫމާތެއް އެއްވެސް ފަރާތަކުން ހާމަކުރުމަކީ ގާނޫނީ ކުށެކެވެ. އެހެންވެ މި މައްސަލައިގެ ހުކުމް ވެސް ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައެއް ނުވެ އެވެ.
މި މައްސަލައިގައި ދައުވާކުރި މީހާ އަކީ އެ ރަށު މިސްކިތުގައި އިމާމުވެ ނަމާދުކުރާ އަދި ހުތުބާ ވެސް ދޭ މީހެކެވެ. އަދި އޭނާ އަކީ ކުދިންނަށް ތައުލީމު ދިނުމަށް ވެސް ބާރުއަޅާ މީހެއް ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެ އެވެ. އެހެންވެ، މި ފަދަ ތުހުމަތުތަކެއްގައި އެ ޒުވާނާ ހައްޔަރުކުރުންވީ ރަށުގެ ގިނަ ބަޔަކަށް ގަބޫލުކުރަން ދަތިވި ކަމަކަށެވެ.
އޭނާ ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ތެރޭގައި އޭނާ ބަންދުން ދޫކޮށްލަން އަމުރުކުރި އެވެ. ފަހުން ހައި ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށް، އަލުން ބަންދު ކުރަން އަމުރުކޮށްފަ އެވެ.
ރޭޕްގެ މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި
ކުޑަކުއްޖަކު މާލެ ގެނެސް ބެހުނު މީހާއަށް 4 ދައުވާ
ޝިކާރަވެރިންގެ ބޮޑު ޕަސެންޓެއް ތިބީ ދޫވެފައި: ރިޕޯޓް
ކުއްޖަކާ ބެހުމުގެ ތުހުމަތުވާ އަނީސް އަލުން ބަންދަށް
ޔުނާން އަލުން ހައްޔަރުކޮށްފި
ބޮޑު ހުކުމް ބާތިލް، ސަބަބަކީ ހަށިވިއްކާ ކުދިންގެ ބަސް
ކުޑަކުއްޖަކު ބަލިވެއިން މައްސަލާގައި މީހަކު ހައްޔަރަށް
ބިރުދެއްކި މީހާއަށް ޖިންސީގޯނާގެ ތުހުމަތު ވެސް ކުރޭ
ޖިންސީ ފުރައްސާރަކުރި އިންޑިއާ މީހަކު ހައްޔަރުކޮށްފި
ގުރޫޕް ޖިންސީގޯނާގެ މައްސަލަ: މީހަކު ހައްޔަރެއް ނުކުރޭ