Roadha Mihaaru

"ޕީސްޑް ޓުގެދާ ރަން"ގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުން މި މަހު ބޭއްވި "ޕީސްޑް ޓުގެދާ ރަން"ގައި މެޑިކަލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، އެ ދުވުމަށް މެޑިކަލް ސަޕޯޓް ދީފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.

"ޕީސްޑް ޓުގެދާ ރަން"ގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

27 ޖެނުއަރީ 2025

ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލުގެ ގްރޭޑް 10 ގެ ދަރިވަރުން މި މަހު ބޭއްވި "ޕީސްޑް ޓުގެދާ ރަން"ގައި މެޑިކަލް ޕާޓްނަރުގެ ގޮތުގައި ބައިވެރިވެ، އެ ދުވުމަށް މެޑިކަލް ސަޕޯޓް ދީފައިވާ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ މި މަހުގެ 17 ވަނަ ދުވަހު އޮތް ދުވުމުގައި އެމަޖެންސީ ހިދުމަތާއި އެ ދުވުމަށް ބޭނުންވި އެހެނިހެން މެޑިކަލް ސަޕޯޓު ފޯރުކޮށްދީފައިވާ ކަމަށެވެ. ބިލަބޮންގް އިންޓަނޭޝަނަލް އިން ބޭއްވި "ޕީސްޑް ޓުގެދާ ރަން"ގެ މަގުސަދަކީ ދަރިވަރުންނަށް އިވެންޓެއް ރޭވުމާއި، މާކެޓްކުރުމާއި އަދި އިވެންޓް ކުރިއަށް ގެންދިއުމުގެ ތަޖުރިބާ ހޯދައިދިނުމެވެ.

ސްކޫލްތަކުން ރާވާ އެ ފަދަ އެކި ހަރަކާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަކީ އެ ހޮސްޕިޓަލުން ހާއްސަ އިސްކަމެއް ދޭ ކަމެއްގެ ގޮތުގައި ޓްރީ ޓޮޕުން ބުންޏެވެ.

އެ ހޮސްޕިޓަލުން ބުނީ ސްކޫލްތަކުގެ ދަރިވަރުންނަށް ސިއްހީ ދުޅަހެޔޮކަމާއި ގުޅޭގޮތުން ހޭލުންތެރިކަން ފޯރުކޮށްދިނުމަށް އެ ހޮސްޕިޓަލުން ހާއްސަ އިސްކަމެއް ދޭ ކަމަށެވެ. އަދި ސިއްހީ ދާއިރާއަށް ޝައުގުވެރިވާ ދަރިވަރުންނަށް ޓްރީ ޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށް މަސައްކަތް ބަލައިލުމުގެ ހަރަކާތްތައް ވެސް ކުރިއަށް ގެންދާ ކަމަށް ބުންޏެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލަކީ ފުޅާ ދާއިރާއެއްގައި ސިއްހީ ހިދުމަތްދޭ ހޮސްޕިޓަލެކެވެ.