ޓްރީ ޓޮޕް ހޮސްޕިޓަލުން ތ. ވޭމަންޑޫގައި ހެލްތު ކޭމްޕު ބޭއްވަން ނިންމައިފި އެވެ.
03 ފެބުރުއަރީ 2025
ޓްރީ ޓޮޕް ހޮސްޕިޓަލުން ތ. ވޭމަންޑޫގައި ހެލްތު ކޭމްޕު ބޭއްވަން ނިންމައިފި އެވެ.
މިއީ އެ ހޮސްޕިޓަލުން އެކި ދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދާ މަލްޓި ސެޕްޝަލްޓީ ހެލްތު ކޭމްޕުތަކުގެ ތެރެއިން މި އަހަރު ބާއްވާ ފުރަތަމަ ކޭމްޕެވެ. ވޭމަންޑޫގައި އެ ކޭމްޕު ބާއްވަން ހަމަޖެހިފައި ވަނީ މި މަހުގެ 7-8 އަށެވެ.
އެ ކޭމްޕުގައި ޑޮކްޓަރަށް ދެއްކުމުގެ އިތުރުން އެކި ބާވަތުގެ ސްކްރީނިން އާއި ހޭލުންތެރިކަމުގެ ސެޝަންތައް އޮންނާނެ އެވެ. އެ ހެލްތު ކޭމްޕަކީ އާއްމުންގެ މެދުގައި ސިއްހީ ހޭލުންތެރިކަމާއި ދުޅަހެޔޮ ދިރިއުޅުން ޕްރޮމޯޓް ކުރުމަށް އެ ހޮސްޕިޓަލުން ބާއްވަމުންދާ ކޭމްޕުތަކެކެވެ.
އެ ކޭމްޕުގައި ބައިވެރިވެވަޑައިގަތް ޑޮކްޓަރުންގެ ތެރޭގައި ހިމެނެނީ:
- ކަށީގެ އޮޕަރޭޝަން ޑޮކްޓަރު، ޑރ. މުހައްމަދު ހަބީބް އާއި ޑރ. އަލީ މުޒްނީ
- ކަރުންމަތީގެ ހާއްސަ ޑޮކްޓަރު، ޑރ. ރާޖޭޝް ވާލަންދް
- ކުޑަކަމުދާ ނިޒާމުގެ ޑޮކްޓަރު، ޑރ. މެހްމަތް އޮޑާ
- ފުއްޕާމޭގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. ތެހްޒީބް ފާރުގީ
- ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަނޫ އަގްރަވާލް
- ރާއްޖެ ބަލީގެ ހާއްސަ ޑޮކްޓަރު، ޑރ. ޖިވާން ޕައުޑެލް
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ކޭމްޕް ބާއްވަނީ ކޮޅުމަޑުލު ކައުންސިލް އަދި ތ. އަތޮޅު ހޮސްޕިޓަލާ ގުޅިގެންނެވެ.
ޓްރީ ޓޮޕުން ވަނީ މިދިޔަ އަހަރު ގއ. ވިލިނގިލި، ގދ. ތިނަދޫ އަދި ލ. ގަމުގައި ވެސް ހެލްތު ކޭމްޕުތައް ބާއްވާފަ އެވެ. އެ ކޭމްޕުތަކުގައި 1،000 އަށްވުރެ ގިނަ ބަޔަކު ޑޮކްޓަރަށް ދައްކައި ސްކްރީން ކުރި އެވެ.
ޓްރީ ޓޮޕްގެ އަހަރީ ދުވަހަށް މުޅި މަހަށް ޑިސްކައުންޓު
ޓްރީ ޓޮޕްގެ އެސްތެޓިކް ހިދުމަތްތަކުން ޑިސްކައުންޓު ދެނީ
ޔުނައިޓަޑް ބައި ޔުނީކްގައި ޓްރީ ޓޮޕުން ބައިވެރިވެއްޖެ
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
"ޕީސްޑް ޓުގެދާ ރަން"ގެ މެޑިކަލް ޕާޓްނަރަކީ ޓްރީ ޓޮޕް
ޓްރީ ޓޮޕުން 160 ކުދިން ހިތާނުކޮށްފި
ޓްރީ ޓޮޕްގެ ކްލިނިކުން އިތުރު ހިދުމަތްތަކެއް
ފަން ރަން އަށް މެޑިކަލް ސަޕޯޓް ދިނީ ޓްރީ ޓޮޕުން
ގޭގައި ފިޒިއޮތެރަޕީ ހަދައިދޭން ޓްރީޓޮޕުން އާ ދެ ޕެކޭޖް
ޑަޔަލިލިސް ހެދުން ގެޔަށް، ފަރުވާ ހޯދުމަށް ބޮޑު ލުޔެއް