ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު މިއަދު ދީފި އެވެ.
27 ޖެނުއަރީ 2025
ޖާހު ކުންފުނިން ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓުތައް 45 ދުވަހުގެ ތެރޭގައި ނިންމުމަށް އެ ކުންފުންޏަށް އެންމެ ފަހުގެ މުއްދަތު މިއަދު ދީފި އެވެ.
އެޗްޑީސީން ނެރުނު ބަޔާނުގައި ބުނީ "ދަ ގާޑަން" ގެ ނަމުގައި 2017 ވަނަ އަހަރުން ފެށިގެން ހަދަމުން އަންނަ އެޕާޓްމަންޓުތައް ނިންމަން ޖާހު ކުންފުންޏަށް އެކި ފަހަރު މަތިން މުއްދަތު އިތުރުކޮށްދީފައިވާ ކަމަށެވެ.
ނަމަވެސް، އެ މުއްދަތުތަކުގެ ތެރޭގައި މިއަދާ ހަމައަށް ހަމައަށް ވެސް އެޕާޓްމަންޓުތައް ނިންމާފައިނުވާތީ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުން ބާތިލްކުރުމުގެ އެންމެ ފަހު މަރުހަލާގެ ދަށުން ގާނޫނީ ނޯޓިސް ދޭން ބޯޑުން ނިންމާފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.
އެންމެ ފަހުގެ ނޯޓިސްކަމުގައިވާ 45 ދުވަހުގެ ތެރޭގައި ޖާހު ކުންފުނިން މަސައްކަތްތައް ނުނިންމައިފިނަމަ އެ ކުންފުނީގެ އަތުން ޕްރޮޖެކްޓު އަތުލަން ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"މި ކުންފުނިން މި އެޅި ފިޔަވަޅު އަޅާފައިވަނީ ޖާހު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް އެޕާޓްމަންޓް ގަތުމަށް ފައިސާ ދައްކާފައިވާ ފަރާތްތަކަށް ވީ އެންމެ އަވަސް މުއްދަތެއްގައި އެޕާޓްމަންޓުތައް ހަވާލުކުރެވޭނެ މަގު ފަހިކުރުުގެ ބޭނުމުގައިކަން މި ކޯޕަރޭޝަނުން ފާހަގަކުރަމެވެ،" އެޗްޑީސީން ބުންޏެވެ.
މި ފްލެޓްތަކުގެ މަސައްކަތް ދެ އަހަރު ތެރޭގައި ނިންމަން 2017 ގައި ހަވާލުކުރި ނަމަވެސް ހަތް އަހަރު ވި އިރު ވެސް ނުނިންމަ އެވެ.
ޖާހު ފްލެޓުތައް ނިންމަން އެންމެ ފަހުގެ ނޯޓިސް ދިންއިރު، ނުނިމި ލަސްވަމުންދާ ފްލެޓްތަކުގެ މައްސަލަ ހައްލުކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިދިޔަ ހަފުތާގައި ވަނީ "ބޮޑު" ސިޓީއެއް ވެސް ފޮނުވައިފަ އެވެ.
އެ މައްސަލައިގައި ހިމެނޭ މީހުން ތަމްސީލުކުރާ ލޯ ފާމް، ޝުނާނާ އެންޑް ކޯ އިން ރައީސަށް ފޮނުވި ސިޓީގައި ވަނީ އެޗްޑީސީން ރިއަލް އެސްޓޭޓް ކުންފުނިތަކާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި އިހުމާލުތަކުގެ ސަބަބުން އެތައް ބަޔަކަށް ގެއްލުންތައް ލިބެމުންދާ ކަމަށެވެ.
ފްލެޓުތައް ވިއްކަން ބޮޑެތި އަދަދުން ފައިސާ ނަގާފައިވާއިރު، އާއްމުންނަށް ގެއްލުން ނުވާނެ ގޮތަށް މަޝްރޫއު ކުރިއަށް ދޭތޯ ބެލުމަކީ އެޗްޑީސީގެ ޒިންމާއެއް ކަމަށާއި އަދި އެޗްޑީސީ އާއި ރިއަލް އެސްޓޭޓް ކުންފުނިތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި އެކަން ހައްލު ކުރެވޭނެ ނިޒާމެއް ބަޔާންކޮށްފައިވާ ކަމަށް އެ ސިޓީގައިވެ އެވެ. ނަމަވެސް ޖާހު ކުންފުނީގެ ފްލެޓްތަކުގެ މައްސަލާގައި އެގޮތަށް އަމަލުކުރަމުން ނުދާތީ އެ ސިޓީގައިވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެޗްޑީސީން އޮކްޓޯބަރު، 2023 ގައި ބުނެފައިވަނީ ޖާހު ކުންފުނީގެ ފްލެޓްތަކުގެ 10 ވަނަ ފްލޯއިން ތިރީގެ ހުރިހާ ފްލޯތަކުގެ ފިނިޝިން މަސައްކަތް ފަށާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ޕްލާސްޓަރިން އާއި ޕުޓީގެ މަސައްކަތާއި މުށި އަދި ސީލިންގުގެ މަސައްކަތްތަކެވެ. އަދި އެ އިމާރާތުގައި ނުނިމި ހުރިހާ މަސައްކަތްތަކެއް ވެސް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އެޗްޑީސީން އޭރު ބުނެފައިވެ އެވެ.
އޭރު ހަދަމުންދިޔަ 83 އެޕާޓްމަންޓްގެ ފެލްޓްތައް 30 ދުވަހުގެ ތެރޭގައި ނިންމައި، އާބަންކޯ އަށް ބިމުގެ އަގު ދައްކަން 30 ދުވަހުގެ ނޯޓިސް ވެސް އޭރު ދިނެވެ. އެކަމަކު މުއްދަތު ހަމަވިއިރު ފައިސާ ދައްކާފައި ނުވާއިރު، މަސައްކަތް ވެސް ނުނިންމަ އެވެ.
ޖާހު ކުންފުނީގެ ފްލެޓްގެ މައްސަލާގައި ރައީސަށް ސިޓީއެއް
ޖާހު ފްލެޓްތައް ނިންމަން ބުނި މުއްދަތަށް ނުނިންމުނު
ޖާހު ފްލެޓްތަކުގެ މަސައްކަތަށް ކޮންސަލްޓަންޓެއް ހޯދަނީ
ޖާހުގެ ފްލެޓްތައް ނިންމަން އާބަންކޯ އިން ހަވާލުވެއްޖެ
ފްލެޓްތަކާމެދު އަނެއްކާވެސް އާ އުންމީދެއް، އާ ތާރީހެއް
ހުޅުމާލޭގައި 73 ހައުސިން ޔުނިޓް އަޅަން ހަވާލުކޮށްފި
އެޗްޑީސީގެ ސީއެފްއޯ އާއި ބިޒްނަސް ހެޑް ވަކިކޮށްފި
ފަޒުލްއަށް ކުރަނީ ލިޔުންތަކެއް ނައްތާލިކަމުގެ ތުހުމަތު
ފުރުން މަނާކުރި ނުވަ މީހެއްގެ ޕާސްޕޯޓު ދޫކޮށްލައިފި
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި