ސަރުކާރުން ކަންކަން އިއުލާން ކުރަނީ ރާވައި، މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
28 ޖެނުއަރީ 2025
ސަރުކާރުން ކަންކަން އިއުލާން ކުރަނީ ރާވައި، މަޝްވަރާ ކުރުމަށްފަހު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މުރައިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ކުރާނެ ކަންކަން ތަރުތީބު ކުރެވިގެންދާނެ ގޮތް ވަރަށް ސާފުކޮށް އަބަދުވެސް ހާމަ ކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑު އަބަދުވެސް މަސައްކަތް ކުރާ ގޮތަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުން ފިލުވައިގެން، އެންމެ އިސްކަން ދޭންޖެހޭ ކަންކަމަށް އިސްކަންދީގެން، ރައްޔިތުންނަށް އެ ދަތިވާ ކަންކަމަށް ހައްލުތައް ގެނެސްދިނުމަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ރަށްރަށުގައި ނުފެށި ހުރި އަދި ހުއްޓިފައި ހުރި މަޝްރޫއުތައް ހިންގޭނެ މަގު ތަނަވަސްކުރުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން ގެންދަވާ ކަމަށާއި އަދި އެކަންކަން ކާމިޔާބު ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ދެން ފެނިގެންދާނީ އަޅުގަނޑުމެން ފާސްކުރި ބަޖެޓުގެ ތެރެއިން މަޝްރޫއުތައް ފަށައިގަންނަ ތަން. ހުއްޓިފައިވާ މަޝްރޫއުތަކާ އަލަށް ފަށާ މަޝްރޫއުތައް ހިނގައިގަންނަ ތަން. މިއަހަރާއި އަންނަ އަހަރު ފެންނާނީ މި ދެ ބާވަތުގެ މަޝްރޫއުތައް ކުރިއަށްދާ ތަން،" އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ރައްޔިތުންނާ ސަލާމް ކުރާއިރު ހުށަހަޅަނީ މިފަދަ ކަންކަން ކުރުމަށް އެދިފައި. ރައްޔިތުންގެ އަޑު އެހީމަ އެނގޭ އެކަންކަމުގައި ހުރި ހައްސާސްކަން، މުހިންމުކަން."
ރައީސް ވިދާޅުވީ ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތާއި އިންސާނީ ވަސީލަތްތައް ވެސް ގާއިމްކޮށް ދެއްވާނެ ކަމަށެވެ.
އެގޮތުން ހުރިހާ ރަށެއްގައި ވެސް ތައުލީމީ ދާއިރާ އާއި ސިއްހީ ދާއިރާގެ އިތުރުން ކުޅިވަރު ދާއިރާގެ ވަސީލަތްތައް ވެސް ގާއިމްކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ސްކޫލްތަކުގެ ވަސީލަތްތައް 2އަހަރުން ހަމަކުރަން ޕްލޭނެއް
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
ޖަނަވާރުންނަށް ރައްކާތެރިކަންދޭ ބިލު ތަސްދީގުކުރައްވައިފި
ވިލިމާލޭގައި ދިރިއުޅޭ މީހުންނާ ރައީސް ބައްދަލުކުރައްވަނީ
ދައުލަތަށް ހިދުމަތްކުރުމުގެ އިނާމު 97 ބޭފުޅަކަށް
މައުމޫނަށް ނަސްރުގެ ދުވަހު ހާއްސަ ޝަރަފު އަރުވަނީ
ޖޭއެސްސީގެ މެމްބަރު ކަމަށް ހުސްނީ އައްޔަންކޮށްފި
ނޮވެމްބަރު 2 ބަންދުކޮށް 4 ދުވަހުގެ ޗުއްޓީއަކަށް
އައްޑޫ ރިފަރެންޑަމް ވޯޓުގެ ސުވާލުތައް އިސްލާހުކޮށްފި
ޖަރުމަނުގެ އާ ސަފީރު ރައީސަށް ފަތްކޮޅު އަރުވައިފި