ހއ. ތަކަންދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ޕޯސްޓް ހުޅުވައިފި އެވެ.
29 ޖެނުއަރީ 2025
ހއ. ތަކަންދޫގައި އަލަށް އިމާރާތްކުރި ޕޮލިސް ޕޯސްޓް ހުޅުވައިފި އެވެ.
ޕޮލިސް ޕޯސްޓް ހުޅުވައިދެއްވީ ހއ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ތަކަންދުއަށް ވަޑައިގެން ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
ރައީސް ވަނީ އެ ރަށު ޕޮލިސް ޕޯސްޓް ހުޅުއްވައިދެއްވުމަށް ފަހު، ގައުމީ ދިދަ ނަންގަވައިދެއްވައި އެ އިމާރާތް ބައްލަވާލައްވައިފަ އެވެ. ފުލުހުންގެ ދިދަ ނަންގަވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށު ކައުންސިލްގެ އާ އިމާރާތުގެ ބިންގާ ވެސް ވަނީ އަޅުއްވައިދެއްވައިފަ އެވެ. އެ އިމާރާތުގެ ބިންގާ އަޅައިދެއްވީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. އަދި އެ ރަށުގައި މިއަދު ވަނީ އޭޓީއެމް ބެހެއްޓުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ދަތުރުފުޅުގައި ތަކަންދުގައި: އެ ރަށު ކައުންސިލް އިދާރާގެ ބިންގާ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އަޅުއްވައުދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ތިން ދުވަހަށް ކުރައްވާ ދަތުރުފުޅުގައި ރައީސް 10 ރަށަކަށް ވަޑައިގަންނަވާނެ އެވެ. ހަތަރު ރަށަކަށް އިއްޔެ ވަޑައިގަތެވެ. އެއީ ފިއްލަދު އާއި މުރައިދު އާއި އުތީމާއި ދިއްދު އެވެ.
އެ ރަށްރަށުގެ ތެރެއިން ޕޮލިސް އިމާރާތް ނެތް ރަށްރަށުގައި އާ އިމާރާތް އެޅުމަށް ބިންގާ އެޅުމާއި ކައުންސިލް އާ އިމާރާތުގެ ބިންގާ ވެސް ވަނީ އަޅައިފަ އެވެ. އަދި ދިއްދޫގައި އައިޑީކާޑު ދޫކުރުމުގެ ހިދުމަތް ވެސް ވަނީ ފައިފަ އެވެ.
މިއަދު އެމަނިކުފާނު ވަޑައިގަންނަވާނީ ތަކަންދޫގެ އިތުރުން މާރަންދު އާއި އިހަވަންދޫ އަދި ހޯރަފުއްޓަށެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ތަކަންދުއަށް ވަޑައިގަތުމުން މަރުހަވާ ކިޔަން ނިކުތް މީހަކާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
މި ދަތުރުގައި ބައެއް ރަށްރަށުގައި އަލަށް އިމާރާތްކުރަން ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒުތަކާއި ކައުންސިލް އިމާރާތްތަކުގެ އިތުރުން ކޯލްޑް ސްޓޯރޭޖް ފެސިލިޓީ މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވާނެ އެވެ. އަދި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ފައްޓަވައިދެއްވުމަށް ވެސް ހަމަޖެހިފައިވެ އެވެ.
ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުގައި ބައިވެރިވެވަޑައިގަންނަވަ އެވެ.
އެސްއޯގެ އޮޕަރޭޝަންތަކަށް ސީޕީގެ ހާއްސަ ހުއްދައެއް!
ޕޮލިސް ކޮމިޝަނަރަކަށް ޝުޖާއު އައްޔަންކުރައްވައިފި
ޕޮލިސް ފްލެޓަށް ގެނައި ވެހިކަލްތަކުގެ ތަފްސީލު ހޯދަނީ
ގާސިމްގެ ހަރަދުގައި ޕޮލިސް ސްޓޭޝަން ހަދަން ހުށަހަޅައިފި
ނޭޝަނަލް ސާވިސް ޕްރޮގްރާމު ފަށަން ތައްޔާރުވަނީ
ތަކަންދޫގައި ކަލްޗަރަލް ޓޫރިޒަމް ފުޅާކުރަނީ
މުރައިދޫ ކައުންސިލާއި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅައިފި
މިއަހަރު ގިނަ ފުލުހުން ރަށްރަށަށް ބަދަލުކުރަނީ
މާލޭގައި 3 ތަނަކުން ވެލި ބަސްތާ ލިބޭނެ ގޮތް ހަދައިފި
ދިއްކޮށްލި ނޯޓުކޮޅުން ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު