ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
30 ޖެނުއަރީ 2025
ހއ. އިހަވަންދޫގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ބެހެއްޓުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
އިހަވަންދޫ ކައުންސިލާ އެކު އެމްއައިބީއިން އެއްބަސްވުމުގައި ސޮއިކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ހއ. އިހަވަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
އެ ބައްދަލުވުމުގައި އޭޓީއެމް ބެހެއްޓުމުގެ އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ހެޑް އޮފް ޑިސްޓްރިބިއުޝަން އިބްރާހީމް ޝުހައިލެވެ. އަދި އިހަވަންދޫ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލުގެ ރައީސް އަހުމަދު ސޮބާހެވެ.
އެމްއައިބީއިން ވަނީ މިދިޔަ ނޮވެމްބަރު މަހު މީހުން ދިރިއުޅޭ 19 ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް އިކޮނޮމިކް މިނިސްޓްރީއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިއީ އެ އެއްބަސްވުމުގެ ދަށުން ބަހައްޓަން ހަމަޖެހިފައިވާ އޭޓީއެމްއެކެވެ.
އިކޮނޮމިކް މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން 19 ރަށެއްގައި ޑޮލަރު އޭޓީއެމް ހިމެނޭހެން 23 އޭޓީއެމްއެއް ބެހެއްޓުމަށް ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން މާލެ އާއި ރ. އުނގުފާރާއި ށ. ފުނަދޫ އަދި ގއ. ވިލިނގިލީގައި ސޭލްސް ސެންޓަރެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ތުލުސްދު އަށް އެމްއައިބީގެ އޭޓީއެމްއެއް
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
ހުޅުމާލެ ރަށު މާރުކޭޓުގައި އެމްއައިބީގެ އޭޓީއެމްއެއް
އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި
ފައިސާ ދައްކަން އެމްއައިބީގެ "ފައިސާ ވެއާ" ޓެގެއް
ރޯދައަށް އެމްއައިބީގެ "ކާޑުން ކަނޑާލާ" ޕްރޮމޯޝަން
އެމްއައިބީގެ ސާފު ފައިދާއަކީ 282 ރުފިޔާ
އެމްއައިބީ އިން ބޭންކިން ދާއިރާގައި އާ މިސްރާބަކަށް
ގާފަރުގައި ބީއެމްއެލްގެ އޭޓީއެމްގެ ހިދުމަތް ފަށައިފި
ޑރ. މުނީޒާ އެމްއައިބީގެ ޝަރީއާ ކޮމިޓީއަށް