ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަށު މާރުކޭޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް މިއަދު ހުޅުވައިފި އެވެ.
03 ފެބުރުއަރީ 2021
ހުޅުމާލެ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރަށު މާރުކޭޓުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގެ އޭޓީއެމް އެއް މިއަދު ހުޅުވައިފި އެވެ.
ހުޅުމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އޭޓީއެމް ހުޅުއްވައިދެއްވީ އެމްއައިބީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މުހައިމިން އާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ. މި ރަސްމިއްޔާތުގައި އެމްއައިބީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.
މިއީ އެމްއައިބީން ހުޅުމާލޭގައި ހުޅުވި ދެވަނަ އޭޓީއެމެވެ. އެ ބޭންކުގެ އޭޓީއެމް އެއް ސެންޓްރޯ މޯލްގެ ތިރީގައި ވެސް ހުރެ އެވެ.
އަލަށް ހުޅުވި މި އޭޓީއެމުން ފައިސާ ނެގުމުގެ އިތުރުން ފައިސާ ޖަމާކުރުމާއި ޗެކު ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ އެވެ. އަދި އެ ބޭންކުގެ އެންމެ ފަހުގެ އޭޓީއެމްތަކުން ދެމުން އަންނަ ކާޑު ބޭނުން ނުކޮށް ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް މި އޭޓިއެމް އިން ލިބޭނެ އެވެ.
ކޭޝް ކާޑު ބޭނުން ނުކޮށް އޭޓީއެމް އަށް ފައިސާ ޖަމާކުރަން ފޯނު ނަންބަރު ބޭނުން ކުރެވޭނެ އެވެ. ނަންބަރު ޖެހުމުން ބޭންކުން ފޮނުވާ އޯޓީޕޯ ކޯޑު ބޭނުންކޮށްގެން މި ހިދުމަތް ހޯދޭނެ އެވެ.
އެމްއައިބީން ވަނީ މި ހަފުތާގެ ތެރޭގައި ފުވައްމުލަކާއި ސ. ފޭދުގައި ވެސް އޭޓީއެމްތައް ބަހައްޓައިފަ އެވެ.
އޭޓީއެމް ހުންނަ ބަސް ސްޓޭޝަންތަކެއް މާލޭގައި އަޅަނީ
އެމްއައިބީގެ ޑޮލަރު/ރުފިޔާ އޭޓީއެމްއެއް އަމީނީމަގުގައި ހުޅުވައިފި
އިހަވަންދޫގައި އެމްއައިބީގެ އޭޓީއެމްއެއް ބަހައްޓަނީ
ތުލުސްދު އަށް އެމްއައިބީގެ އޭޓީއެމްއެއް
މާފުށީގައި އެމްއައިބީގެ އޭޓީއެމް ސެންޓަރެއް ހުޅުވައިފި
އެމްއައިބީގެ އިތުރު ދެ އޭޓީއެމް ހުޅުވައިފި
ލ. އަތޮޅުގެ ހުރިހާ ރަށަކަށް އޭޓީއެމްގެ ހިދުމަތް
މި މަސް ނިމޭއިރު ހުރިހާ ރަށެއްގައި އޭޓީއެމް ހުންނާނެ
ފާހަގަކޮށްލެވޭ އިސްލާމީ ބޭންކްގެ އެވޯޑް އެމްއައިބީއަށް
ހދ. ގެ ހުރިހާ ރަށަކަށް މި ހަފްތާގައި އޭޓީއޭމް