އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު ހިނގާލުމަށް، ސަރުކާރުން އެންމެ ފުޅާމިނުމުގައި ޖާގަ ދިނުމުން ފެންނަނީ، ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތައް ހިމާޔަތްކޮށްދީ، ކަށަވަރު ކޮށްދޭން މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު އެމްޑީޕީން ރޭ މާލޭގައި ބޭއްވި ބޮޑު ހިނގާލުމަށް، ސަރުކާރުން އެންމެ ފުޅާމިނުމުގައި ޖާގަ ދިނުމުން ފެންނަނީ، ގާނޫނުއަސާސީން ލިއްބައިދީފައިވާ އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތައް ހިމާޔަތްކޮށްދީ، ކަށަވަރު ކޮށްދޭން މި ސަރުކާރުން ދޭ އަހައްމިއްޔަތުކަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވީ މި ސަރުކާރު ވެރިކަމަށް އައި ފަހު، އިދިިކޮޅުން މިހާތަނަށް މާލޭގައި ބޭއްވި އެންމެ ބޮޑު ހިނގާލުމެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
އާޓިފިޝަލް ބީޗުން އެތައް ސަތޭކަ ސަޕޯޓަރުންނާއެކު ފެށި މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރާ ދެކޮޅު އެކި ޝިއާރުތަކާއެކު އަޑު އުފުލައިފަ އެވެ.
The opposition rally tonight, with the presence of law enforcement, is a testament to how this Administration values rights enshrined in the Constitution, such as freedom of assembly and speech. President Dr @MMuizzu’s policy is to protect & ensure freedom of expression.
— Heena Waleed (@MvSpokesperson) January 31, 2025
ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ ނިންމައިލުމާ އެކު، ރައީސް އޮފީހުގެ ތަރުޖަމާން ހީނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ހަރަކާތްތެރިވެ، އެ މުޒާހަރާ ކުރިއަށް ގެންދިޔުމަށް އެއްވެސް ހުރަހެއް ނެތި ފުރުސަތު ދިނުމުން، އެއްވެ އުޅުމާއި ހިޔާލުފާޅުކުރުމުގެ ހައްގުތަކަށް، މި ސަރުކާރުން ގަދަރުކުރާ މިންވަރު ސާފުކޮށް ފެނިގެން ގޮސްފައިވާ ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ، ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ލިއްބައިދީ، ހިމާޔަތްކުރުން،" ހީނާ ވިދާޅުވި އެވެ.
އެމްޑީޕީގެ އެއްވުމުގެ އެއްވެސް ހިސާބަކުން ހަމަނުޖެހުމެއް ނުހިނގަ އެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކުގައި ފުލުހުން ތިބި ނަމަވެސް އެއްވުމަށް ހުރަސް އަޅަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނެތެވެ.
އެމްޑީޕީން ރޭ މާލޭގައި ބޭއްވި ހިނގާލުމުގެ ބައިވެރިން ސަރުކާރާ ދެކޮޅަށް އަޑުއުފުލަނީ.--- ފޮޓޯ: ނިޝާން އަލީ/ މިހާރު
ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިޔަ މުޒާރަހާގެ ބައިވެރިން ވަނީ މާލޭގެ އެކި ސަރަހައްދުތަކަށް މަޑުކޮށް ސަރުކާރާ ދެކޮޅަށް އަޑު އުފުލައިފަ އެވެ. ބޮޑެތި މަގުތަކުގައި ހިނގުމަށް ފަހު އެއްވުން ނިންމާލާފައިވަނީ ވެސް އާޓިފިޝަލް ބީޗު ސަރަހައްދުންނެވެ. އަދި ރައީސް މުއިއްޒާއި ބައެއް ވަޒީރުންގެ އިސްތިއުފާ އަށް ވެސް ގޮވި އެވެ.
ހައްގުތައް ދޫކޮށްނުލާ، ނޫނީ ދޫކޮށްލެވޭނީ މިނިވަންކަން
ސަރުކާރާ ދެކޮޅަށް އެމްޑީޕީން ބޮޑުހިނގާލުމެއް ބާއްވައިފި
އެމްޑީޕީން މި މަހު 31 ގައި އެއްވުމެއް ބާއްވަނީ
ފައްޔާޒުގެ ވަރުގަދަ އިންޒާރެއް އިދިކޮޅަށް!
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ޔާމީނާއި މި ސަރުކާރުން ދައްކާ ހޮޅި ވާހަކަ!
އިންޑިއާއައުޓު ބޮޑު ހަރަކާތް އޮންނާނެ، ހުއްދަ ލިބިއްޖެ
އިންޑިއާގެ ދިފާއުގައި ބިލެއް: ހިޔާލުފާޅުކުރުމަށް ހުރަސް
ވަހީދުގެ ކެރުންތެރިކަން އެމްޑީޕީއަށް އެނގޭނެ: އިދިކޮޅު
ވެރިކަން ނުހިފެހެއްޓޭނެ، ފެބްރުއަރީގައި ނިމޭނެ: ތޯރިގް