Roadha Mihaaru

ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟

ސަރުކާރުން މިދިޔަ ހޮނިހިރުދުވަހު އިއުލާނުކުރި އެންމެ ބޮޑު ނިންމުމަކީ، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލުމެވެ. އެއާ އެކު ދާއިރާގެ ގިނަ ބަޔެއްގެ އެކި ސުވާލުތައް އެކި ގްރޫޕުތަކުންނާއި ސޯޝަލް މީޑިއާ އިން ފެނިގެންދިޔަ އެވެ. ޓޫރިޒަމް މިނިސްޓްރީ އެހެން މިނިސްޓްރީއަކާ އެއްކޮށްލުމުން ދައުލަތަށް ފައިދާތަކެއް ކުރާނެ ހެއްޔެވެ؟ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާ އާއި ރާއްޖެ އެންމެ ބޮޑަށް ޕްރޮމޯޓު ކުރާ ތިމާވެށީގެ މިނިސްޓްރީ އެއްކޮށްލައިގެން ކުރިއަށް ދިއުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

ޓޫރިޒަމާއި ތިމާވެށި އެއްކޮށްލުން: ރަނގަޅު ނިންމުމެއް؟
ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު

03 ފެބުރުއަރީ 2025

ސަރުކާރުން މިދިޔަ ހޮނިހިރުދުވަހު އިއުލާނުކުރި އެންމެ ބޮޑު ނިންމުމަކީ، ޓޫރިޒަމް މިނިސްޓްރީ އާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލުމެވެ. އެއާ އެކު ދާއިރާގެ ގިނަ ބަޔެއްގެ އެކި ސުވާލުތައް އެކި ގްރޫޕުތަކުންނާއި ސޯޝަލް މީޑިއާ އިން ފެނިގެންދިޔަ އެވެ. ޓޫރިޒަމް މިނިސްޓްރީ އެހެން މިނިސްޓްރީއަކާ އެއްކޮށްލުމުން ދައުލަތަށް ފައިދާތަކެއް ކުރާނެ ހެއްޔެވެ؟ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާ އާއި ރާއްޖެ އެންމެ ބޮޑަށް ޕްރޮމޯޓު ކުރާ ތިމާވެށީގެ މިނިސްޓްރީ އެއްކޮށްލައިގެން ކުރިއަށް ދިއުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟

އެ ދެ ދާއިރާއަށް ފޯކަސް ކުޑަވީ ހެއްޔެވެ؟ ނޫނީ ހަރަދު ކުޑަކޮށްލީ ހެއްޔެވެ؟ އަނެެއްކޮޅުން ޓޫރިޒަމާއި އެންވަޔަރަމެންޓް މިނިސްޓްރީއާ އެއްކޮލުމުން ދެ މިނިސްޓްރީގެ މެންޑޭޓުގެ ފުށުއެރުންތަކެއް އުޅޭނެ ހެއްޔެވެ؟ މިފަދަ ގިނަ ސުވާލުތަކެއްގެ ޖަވާބު އެކި ފަރާތްތަކުން ދެއްވީ އެކި ގޮތަށެވެ.

މި ރިޕޯޓަށް ވާހަކަ ދެއްކެވި ބޭފުޅަކު ނަން ހާމަނުކުރަން އެދިވަޑައިގެން ވިދާޅުވީ ވޭތުވެދިޔަ ދުވަސްތަކުގައި ވެސް އެއް މިނިސްޓްރީއެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭ އިރު ދެ މިނިސްޓްރީ އެއްކޮށްލައިގެން އެ ކަންކަން ހާސިލުކުރަން މާ އުނދަގޫވާނެ ކަމަށެވެ. ޓޫރިޒަމް ދާއިރާއަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީ ވަންނަ، މުޅި އިގްތިސާދު ބިނާވެފައި އޮތް ދާއިރާއަށް ވާ އިރު، އެ މިނިސްޓްރީގެ މެންޑޭޓަށް ބައެއް އިތުރު ކުރުމުން، އެ ދާއިރާ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ.

"އެއްވެސް ހާލެއްގައި ހަވާލުވި ބޭފުޅާގެ ގާބިލުކަމާ މެދު އެއް ނޫން ސުވާލު މިކުރަނީ. އެކަމަކު މުހިއްމު ދެ މިނިސްޓްރީއެއް އެއްކޮލުން ރަނގަޅެއް ނޫން. އަނެއްކޮޅުން އަހަރެއްވި އިރު އަދިވެސް މިއުޅެނީ، ސަރުކާރުގެ އޮނިގަނޑު ހަމައަކަށް ނޭޅުވިގެން،" އޭނާ ވިދާޅުވި އެވެ.

މައްސަލައަކީ ޓޫރިޒަމާއި އެންވަޔަރަމެންޓާ އެއްކޮށްލުން

ޓޫރިޒަމަކީ ރާއްޖޭގެ އިގްތިސާދުގެ އެންމެ މުހިއްމު އެއް ދާއިރާ އަށް ވާތީ، މި ސީރިއަސްކަން ބޭރުގެ ފަރާތްތަކަށް ދައްކާ، އެ ދާއިރާއަށް އެންމެ ބޮޑު އިސްކަމެއް ދޭން ޓޫރިޒަމް މިނިސްޓްރީއެއް އެންމެ ފުރަތަމަ އުފެއްދީ 1988 ވަނަ އަހަރު އެވެ. ވަކި ހާއްސަ މިނިސްޓްރީއެއް ޓޫރިމަށް އުފެއްދި ފަހުން، މިހާރެކޭ އެއްގޮތަށް ކުރިން ވެސް އެކި އިދާރާތަކާ ގުޅުވައިގެން މިނިސްޓްރީ ހިންގަމުން އައިސްފައިވެ އެވެ. މީގެ ކުރިން ޓޫރިޒަމް އެންޑް އޭވިއޭޝަން އަދި ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާގެ ނަމުގައި މިނިސްޓްރީ ހިންގާފައިވެ އެވެ.

އަނެއްކޮޅުން ރާއްޖެއަކީ މުޅި ދުނިޔެއަށް ވެސް ތިމާވެށީގެ "ޗެމްޕިއަން" އެއްގެ ގޮތުގައި ޕްރޮމޯޓު ކުރަމުން އަންނަ، ތިމާވެށީގެ ކަންކަމުގައި މުޅި ދުނިޔޭގައި ވެސް ނަމޫނާ ދައްކަން މަސައްކަތް ކުރަމުން އަންނަ ގައުމެކެވެ. އެއްކޮށްލައި އެއް މިނިސްޓްރީއެއްގެ ދަށަށް މިދިޔައީ، މެންޑޭޓު ބޮޑު، މުހިއްމު މަސައްކަތްތަކެއް ކުރަން ޖެހޭ ދެ އިދާރާ އެވެ.

ކެބިނެޓް މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓް މިނިސްޓަރުންނާ އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަދި އޭގެ ކުރިން އެންވަޔަރަމެންޓް މިނިސްޓަރުކަން ވެސް ކުރެއްވި ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އެެހެން މިނިސްޓްރީއާ އެއްކޮއްލުން މައްސަލައަކަށް ވަނީ ތިމާވެށީގެ ކަންކަމާ ގުޅުވާލުމުން ކަމަށެވެ. އެ ދެ ވުޒާރާގެ ހައިބަތާއި، މުހިއްމު ކަން ދައްކާ، މެންޑޭޓު ފުރިހަމައަށް އަދާކުރުމަށް ވަކި ދެ މިނިސްޓްރީއެއްގެ ގޮތުގައި ވެސް ހިންގުން ވަރަށް މުހިއްމު ކަމަށް އޭނާ ވިދާޅުވި އެވެ.

"އިގްތިސާދުގެ އެންމެ ބޮޑު ބިންގާ ކަމުގައި ވެފައި މިވަނީ ޓޫރިޒަމް. އެހެންވީމަ، ޓޫރިޒަމްގެ މުހިއްމުކަން ދުނިޔެއަށް ވެސް ދައްކައިގެން އިންވެސްޓަރުން އައިސް، ޓޫރިޒަމަކީ ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ އިންޑަސްޓްރީކަން ހާމަވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި، ޓޫރިޒަމް މިނިސްޓްރީއެކޭ އެއްގޮތަށް، ރާއްޖެއިން އެންމެ ބޮޑު އިސްކަމެއް ދޭ އަނެއް ދާއިރާ ހިމެނޭހެން އެއްކޮށްލުމުން، ދެ މިނިސްޓްރީގެ މުހިއްމު ކަން ފަނޑުވާކަމަށެވެ. ތިމާވެށީގެ ދާއިރާއަށް ދޭ އިސްކަން ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަ އިރު އެ މިނިސްޓްރީގެ ނަން ފަނޑުކޮށްލުމަކީ ފަހަތަށް އެޅި ފިޔަވަޅެއްގެ ގޮތުގައި މައުސޫމު ސިފަ ކުރެއްވި އެވެ.

"އިގްތިސާދުގެ އެންމެ ބޮޑު ބިންގާ ކަމުގައިވެފައި މިވަނީ ޓޫރިޒަމް. އެހެންވީމަ، ޓޫރިޒަމްގެ މުހިއްމުކަން ދުނިޔެއަށް ވެސް ދައްކައިގެން އިންވެސްޓަރުން އައިސް، ޓޫރިޒަމަކީ ދިވެހި ސަރުކާރުން އެންމެ އިސްކަންދޭ އިންޑަސްޓްރީކަން ހާމަވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"ރާއްޖެއަކީ ދުނިޔޭގެ ތިމާވެށީގެ އެމްބެސެޑަރެއްގެ ގޮތުގައި ތަމްސީލުވަމުން އަންނަ ގައުމެއް. ބިންތިރި، ކުދި ޖަޒީރާ ގައުމެއް. ދުނިޔެ ހޫނުވުމާ އެފަދަ ތިމާވެށީގެ މެސެޖުތައް ދުނިޔެއަށް ވަރަށް ބާރަށްދޭ ގައުމެއް. އެކަމުގެ ރަމްޒަކަށް އެންވަޔަރަމެންޓް މިނިސްޓްރީއެއް އޮތީ،" އޭނާ ވިދާޅުވި އެވެ.

މައުސޫމު ވިދާޅުވި ގޮތުގައި ރާއްޖޭގެ ޓޫރިޒަމް ދާއިރާ ކުރިއަރުވަނީ ތިމާވެށީގެ ކަންކަމަށް ވެސް އިސްކަން ދީގެން ކަމަށްވީ ނަމަވެސް، ރަށްތައް ހިއްކުމާއި އެ ނޫން ކަންކަމުގައި ވެސް ތިމާވެއްޓަށް އިތުރު ގޮންޖެހުން އަންނަ ފަދަ ޕްލޭންތައް ހިފައިގެން ވެސް އިންވެސްޓަރުން ރާއްޖެ އާދެ އެވެ. އެހެންވެ، އެފަދަ ހާލަތްތަކުގައި ދެ މިނިސްޓްރީ އެއް ކޮށްލައިގެން، ދެ މިނިސްޓްރީގެ މެންޑޭޓު އެންމެ ފުރިހަމައަށް އަދާ ނުކުރެވިދާނެ ހާލަތެއް ވެސް އަތުވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުވާލަންޔާ އުވާލަން ޖެހޭ މިނިސްޓްރީތައް ބައިވަރު

ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ސަރުކާރުން އަންނަނީ، އެކި ސަބަބުތަކާ ހެދި އެކި މިނިސްޓްރީތަކަށް ބަދަލުތައް ގެންނަމުންނެވެ. އެންމެ ފުރަތަމަ ސަރުކާރު އެކުލަވާލީ، 22 މިނިސްޓަރުން ހިމެނޭ ގޮތަށެވެ. ނަމަވެސް ހައުސިން މިނިސްޓްރީ އާއި ކޮންސްޓްރަކްޝަން މިނިސްޓްރީ އެއްކޮށްލައި، ޕްލޭނިންގެ މަސައްކަތް ފިނޭންސް މިނިސްޓްރީގެ ދަށަށް ގެނެސް، އެންވަޔަރަމެންޓާއި ޓޫރިޒަމް އެއްކޮލުމުން މިވަގުތު އޮތީ 20 މިނިސްޓްރީ އެވެ.

"ހަރަދު ކުޑަ ކުރުމަށް" ވިސްނާ ނަމަ، ހަގީގަތަކީ މިހާ ގިނަ މިނިސްޓްރީތައް ވަކިން ހިންގުމުގެ ބޭނުމެއް ނެތް ކަމެވެ.

ރިޕޯޓަށް ވާހަކަދެއްކެވި، ސަރުކާރުގެ އިސް ބޭފުޅަކު ވެސް ގަބޫލުކުރައްވާ ގޮތުގައި، އެއްކޮށްލައިގެން ހިންގޭނެ މިނިސްޓްރތައް އެބަހުއްޓެވެ. އޭގެތެރޭގައި، އޭނާ ވިދާޅުވީ އެއްކޮށްލާ ނަމަ އެއްކޮށްލުން އެންމެ ރަނގަޅީ އެޑިއުކޭޝަނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކަމަށެވެ. ސަބަބަކީ، އެއީ އެއް މިނިސްޓްރީއެއްގެ ދަށުން ވަރަށް ފަސޭހައިން ހިންގޭނެ ދެ ދާއިރާ ކަމުގައި ވާތީ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ޔޫތު މިނިސްޓްރީ އާއި ސްޕޯޓްް މިނިސްޓްރީ ވެސް ވަކިން ހިންގުން މުހިއްމު ނޫނެވެ. އެއީ ވެސް އެއް މިނިސްޓްރީއެއްގެ ދަށުން ހިންގޭނެ ދެ ވުޒާރާ ކަމަށެވެ.

"ޓޫރިޒަމާއި އެންވަޔަރަމެންޓް އެއް ކޮށްލުމަށް ވުރެ، އެއް ކޮށްލައިގެން މިހާރު ވެސް ހިންގޭނެ މިނިސްޓްރީތައް ބައިވަރު. އަސްލު ދިވެހި ބަހަށް ހާއްސަ ވަކި މިނިސްޓްރީއެއް އޮތުން އެއްވެސް މުހިއްމެއް ނޫން. އަނެއްކޮޅުން ލޯކަލް ގަވަނަންނަސް އޮތޯރިޓީ އޮއްވާ އެކަމަށް ވެސް މިނިސްޓްރީއެއް އޮތުން މުހިއްމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ކެބިނެޓު ބައްދަލުވުމެއްގައި ރައީސާއި ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު. -- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓު ބައްދަލުވުމެއްގައި ރައީސާއި ނައިބު ރައީސް އަދި ފިނޭންސް މިނިސްޓަރު. -- ފޮޓޯ: ރައީސް އޮފީސް

އޭނާ ވިދާޅުވީ، މިނިސްޓްރީތައް އެއްކޮށްލައިގެން ސަރުކާރުގެ ހިންގުމުގެ ހަރަދުތައް ކުޑަ ކުރާ ނަމަ، ހަމައެކަނި މިނިސްޓަރުގެ ބަދަލުކޮށްގެން ވެސް އެކަން ހާސިލު ނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، 70،000ރ. އެކަނި ސަލާމަތް ކޮށްގެން، ހަރަދަށް މާބޮޑު އެނގުމެއް ނުވާނެ ކަމަށެވެ. އެއާ އެކު، ވުޒާރާތަކުގެ ހިންގުމަށް ބޭނުން ކުރަމުން އަންނަ މުވައްޒަފުން މަދުވާނެ ގޮތަކަށް ކަންކަން ރޭވެން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"ޓޫރިޒަމް ވެސް އެއްކޮށްލަންޏާ، އިކޮނޮމިކް މިނިސްޓްރީ، ނޫނީ އެހެން މިނިސްޓްރީއަކާ ވެސް އެއްކޮށްލެވިދާނެ. އެކަމަކު، އެންވަޔަރަމެންޓަކީ، ހަމަ ވަކިން އޮންނަން ޖެހޭ މިނިސްޓްރީއެއްގެ ގޮތުގައި ގަބޫލުކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު ދެކެވަޑައިގަންނަވަނީ ހަރުދަނާކޮށް ހިންގޭނެ ކަމަށް

އަލަށް މަގާމާ ހަވާލުވެވަޑައިގަތް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް މިނިސްޓަރު އިބްރާހިމް ތޯރިގް ވިދާޅުވީ، ދެ މިނިސްޓްރީ އެއްކޮށްލުމުން، މަސައްކަތްތައް އިތުރަށް ފަސޭހަވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. މަސައްކަތްތައް ރާވާނީ ދެ މިނިސްޓްރީގެ މެންޑޭޓު ވެސް ފުށުނާރާނެ ގޮތަށް ކަމަށް ވިދާޅުވި އެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ތިމާވެށީގައި އުޅޭ ދިރުންތަކާއި ރީތިކަން ބެލުމަށް. ރާއްޖޭގެ ޓޫރިޒަމްގެ ނަފާ މި ލިބެނީ ތިމާވެއްޓާ ހެދި. ގާތްގަނޑަކަށް 60-70 ޕަސެންޓް މީހުން އަންނަނީ އަޅުގަނޑުމެންގެ އެންވަޔަރަމެންޓާއި ކަނޑުއަޑީގެ މަންޒަރުތައް ބަލަން. -- ތޯރިގް

އޭނާ ދެކިވަޑައިގަންނަވާ ގޮތުގައި ޓޫރިޒަމާއި ތިމާވެއްޓަކީ ގުޅި ލާމެހިފައިވާ ދެ ދާއިރާއަށްވާ އިރު ދެ މިނިސްޓްރީ އެއްކޮށްލައިގެން ހަރުދަނާ ނިޒާމެއް ގާއިމް ކުރެވޭނެ އެވެ.

"ރާއްޖެއަށް ޓޫރިސްޓުން އަންނަނީ ތިމާވެށީގައި އުޅޭ ދިރުންތަކާއި ރީތިކަން ބެލުމަށް. ރާއްޖޭގެ ޓޫރިޒަމްގެ ނަފާ މި ލިބެނީ ތިމާވެއްޓާ ހެދި. ގާތްގަނޑަކަށް 60-70 ޕަސެންޓް މީހުން އަންނަނީ އަޅުގަނޑުމެންގެ އެންވަޔަރަމެންޓާއި ކަނޑުއަޑީގެ މަންޒަރުތައް ބަލަން،" އޭނާ ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ، ދެ މިނިސްޓްރީގެ މެންޑޭޓު ފުރިހަމާ އެކު ހިންގޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"ޓޫރިޒަމްގެ މަސައްކަތް ކުރިއަށްދާ އިރު އެންވަޔަރަމެންޓް އިމްޕެކްޓް އެސެސްމެންޓްތައް އެބަހެދޭ. އެ ކަންކަން ވެސް ދެ މިނިސްޓްރީ އެއްކޮށްލުމުން އަވަސް ވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި ވެސް ޓޫރިޒަމާއި އެންވަޔަރަމެންޓް މިނިސްޓްރީ އެއްކޮށްލައިގެން ހިންގަމުންދެ އެވެ. ގިނަ ފަހަރަށް ޓޫރިޒަމް ދާއިރާ ގުޅުވަނީ، އެ ގައުމެއްގައި ޓޫރިޒަމް ބިނާވެފައި އޮންނަ ދާއިރާއަށް ބިނާކޮށެވެ. މިސާލަކަށް ތައިލެންޑާއި އާޖެންޓީނާ ފަދަ ގައުމުތަކުގައި ޓޫރިޒަމް މިނިސްޓްރީ އާއި ސްޕޯޓްސް އެއް މިނިސްޓްރީއެއްގެ ގޮތުގައި ހިންގާ އިރު ތުރުކީ އާއި ޕާކިސްތާނާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައި ޓޫރިޒަމް ގުޅުވާފައިވަނީ ތަރިކަ އާއި ސަގާފަތާ އެވެ.

ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ހިނގާ، ގްރީސް އާއި ފްރާސް ފަދަ ގައުމުތަކުގައި ޓޫރިޒަމް މިނިސްޓްރީގެ ގޮތުގައި ހިންގާ އިރު މެލޭޝިއާ އާއި އިންޑިއާ ފަދަ ގައުމުތަކުގައި އެ މިނިސްޓްރީ ހިންގަނީ ޓޫރިޒަމް މިނިސްޓްރީގެ ގޮތުގަ އެވެ.

ދެ މިނިސްޓްރީ އެއްކޮށްލުމުން ދެ ދާއިރާގައި ވެސް ބައެެއް ފަރާތްތަކުގެ ނުތަނަވަސްކަން އެބަހުއްޓެވެ. ސަރުކާރުން ދެކެނީ މިއީ، މިވަގުތަށް އެންމެ ރަނގަޅު ނިންމުން ކަމަށްވީ ނަމަވެސް، އެކަމުގެ ނަތީޖާ ފެންނާނީ ކުރިއަށް ދާން ފެށުމުންނެވެ.