Roadha Mihaaru

އާ އޮނިގަނޑުގައިވާ ގޮތަށް މުސާރަ ނުލިބުމުން ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ އާ އޮނިގަނޑާ އެއްގޮތަށް މި މަހު މުސާރަ ނުލިބުމުން އެ ތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ފެބުރުއަރީ 2025

ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭ) ގެ އާ އޮނިގަނޑާ އެއްގޮތަށް މި މަހު މުސާރަ ނުލިބުމުން އެ ތަނުގެ މުވައްޒަފުންގެ ކަންބޮޑުވުންތަކާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސީއޭއޭގެ މުވައްޒަފުން ބުނާ ގޮތުގައި މި މަހުން ފެށިގެން އާ އޮނިގަނޑަށް އަމަލުކުރަން ނިންމައި، ހުރިހާ މުވައްޒަފުންގެ ސޮޔާ އެކު އެއްބަސްވުމެއް ވެސް ވަނީ ހަދައިފަ އެވެ. އެކަމަކު މުސާރަ ލިބުނުއިރު އޮނިގަނޑުގައި ބުނާ ގޮތަށް އަމަލުކޮށްފައި ނެތް ކަމަށް އެ މުވައްޒަފުން ބުންޏެވެ.

އެހެންވެ، އެ މައްސަލާގައި ރައީސަށް ހުށަހެޅި ޕެޓިޝަނުގައި ވަނީ މި މަހުގެ މުސާރަ ލިބިފައި ވަނީ ކުރީގެ އޮނިގަނޑާ އެއްގޮތަށް ކަމަށެވެ.

އެ ޕެޓިޝަންގައި މުވައްޒަފުންގެ ފަރާތުން ލިޔެފައިވާ ގޮތުން ނަމަ ސީއޭއޭ ސުވާލު ކުރުމުން ދިން ޖަވާބުގައި ވަނީ އާ އޮނިގަނޑަށް އަމަލުކޮށްފައި ނުވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ލިބެންވާ ހުއްދަތައް ނުލިބުމުންނެވެ.

ސިވިލް އޭވިއޭޝަނަކީ އޭވިއޭޝަން ދާއިރާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ އެކު، އެ ދާއިރާގެ ހުރިހާ ކަމެއް ހިނގަމުންދާ ގޮތް ބެލުމަށް މަތިކޮށްފައިވާ މުއައްސަސާކަށް ވާތީ އެ މުވައްޒަފުންގެ ކަންބޮޑުވުންތައް ރައީސް މުއިއްޒަށް ހިއްސާ ކުރަން ބޭނުންވާ ކަމަށް ވެސް ޕެޓިޝަނުގައި ވެ އެވެ.

އެހެންވެ، އެ މުވައްޒަފުން ވަނީ ރައީސާ ބައްދަލުކުރުމަށް ވެސް އެދިފަ އެވެ.