ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
18 ނޮވެމްބަރ 2024
ގައުމީ އެއާލައިން، މޯލްޑިވިއަނަށް ވައިޑް ބޮޑީ އެއާކްރާފްޓް ގެނެސް އަންނަ ޖެނުއަރީ މަހުގެ ކުރީކޮޅު ދަތުރުތައް ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އަންނަ ޖެނުއަރީގައި ފުރަތަމަ ވައިޑް ބޮޑީ އެއާކްރާފްޓު ގެނެސް އުދުހެން ފަށާނެ ކަމަށެވެ.
ވައިޑް-ބޮޑީ އެއާކްރާޓްތަކުން އެއްފަހަރާ 264 ފަސިންޖަރުންނަށް ދަތުރު ކުރެވޭނެ އެވެ. ދުރު މަންޒިލްތަކަށް ސީދާ ދަތުރު ކުރެވޭނެ އެވެ.
އެކަން ފުޅާކުރަމުން ގޮސް އަންނަ އަހަރުގެ ތެރޭގައި ޗައިނާ އާއި ޔޫރަޕްގެ މަންޒިލްތަކަށް މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓުގެ ދަތުރުތައް ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިދިޔަ ޑިސެމްބަރު މަހު "މިހާރު"އަށް ވިދާޅުވީ ކުރިއަށް އޮތް ހަ މަސް ތެރޭގައި މޯލްޑިވިއަން އެއާލައިނަށް ވައިޑް-ބޮޑީ ދެ އެއާކްރާފްޓް ގެންނާނެ ކަމަށެވެ. އެ ބޯޓުތަކާ އެކު އާ ހަތް މަންޒިލަކަށް ދަތުރުތައް ފަށާނެ ކަމަށް އަމީން ވިދާޅުވި އެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު އާ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް އާ އަނބިކަނބަލުން އައިޝަތް އަފްރީން ސަރުކާރަށް އެއް އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގަންނަވަނީ -- ފޮޓޯ؛ ފަޔާޒު މޫސާ | މިހާރު
އޭނާ ވިދާޅުވީ ޗައިނާގެ ތިން ސިޓީއަކާއި ސައުތު އެފްރިކާގެ ޖޮހޭނަސްބާގާއި ޔޫރަޕްގެ ތިން ސިޓީ އަށް ދަތުރުތައް ބަލާފައިވާ ކަމަށެވެ.
މީގެ ކުރިން މޯލްޑިވިއަން އެއާލައިންގެ އެއާބަސް ބޭނުންކޮށްގެން ޗައިނާ އާއި ސައުތު އެފްރިކާ އަށް ދަތުރުކުރި އެވެ. ނަމަވެސް، އެ އޭރު ގެންގުޅުނީ ދިގު ދަތުރުތައް ކުރެވޭ ވަރުގެ ބޯޓުތަކަކަށް ނުވުމުން ދަތުރުތައް ކުރީ އެހެން މަންޒިލްތަކަށް ޓްރާންސިޓް ކޮށްގެންނެވެ.
މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 13 ބޯޓު އެބަ އޮތެވެ. އޭގެ ތެރޭގައި އެއާބަސް އޭ320 މަރުކާގެ އެއް ބޯޓާއި އޭޓީއާރްގެ ހަތަރު ބޯޓު ވެސް ހިމެނެ އެވެ. ބާކީ ހުރީ ޑޭޝް މަރުކާގެ ބޯޓުތަކެވެ. ބޭރު ދަތުރުތައް ކުރުމުގައި ގެންގުޅެނީ އެއާބަސް އޭ320 މަރުކާގެ ބޯޓު އެކަންޏެވެ.
މޯލްޑިވިއަން އިން މި ވަގުތު ދަތުރުކުރަނީ ރާއްޖޭގެ 16 މަންޒިލަކާއި އިންޑިއާގެ ތިން ސަރަހައްދަކާއި ލަންކާ އަދި ބަންގްލަދޭޝަށެވެ.
ބޮޑު އެއާކްރާފްޓުތައް ހަ މަސް ތެރޭ ގެންނާނަން: އަމީން
ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު މޯލްޑިވިއަނުން ހޯދަނީ
ސިވިލް އޭވިއޭޝަނުގެ މުވައްޒަފުންގެ ޕެޓިޝަނެއް ރައީސަށް
ދަރަނި ބޮޑުވިޔަސް ކުންފުނީގެ ހާލަތު ރަނގަޅު ކުރެވޭނެ
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
މޯލްޑިވިއަންގެ ބޮޑު ބޯޓު ދައްކާލަން އެއާ ޝޯއެއް
މޯލްޑިވިއަނުން އަންނަ މަހު ޗައިނާގެ 4 ސިޓީއަކަށް
މަދަނީ ބޭނުންތަކަށް ޑްރޯން އޮޕަރޭޓްކުރަން ހިޔާލު ހޯދަނީ
ސައިލެންސަރަށް ބަދަލު ގެންނަ ވެހިކަލްތައް ހިފަހައްޓަނީ
ޕައިލެޓް ކޯސް ލިބުނު ބައެއް މީހުން ކޯސް ބަދަލުކުރަނީ