ރޮބަޓް ލެވޮންޑޮސްކީގެ ހަމައެކަނި ގޯލުން އަލަވެސް އަތުން 1-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ރޮބަޓް ލެވޮންޑޮސްކީގެ ހަމައެކަނި ގޯލުން އަލަވެސް އަތުން 1-0 އިން މޮޅުވެ ބާސެލޯނާ އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފި އެވެ.
ރެއާލް މި ހަފުތާގައި ކުޅުނު މެޗުން ވަނީ ބާސެލޯނާގެ އަވަށްޓެރި އެސްޕަންޔޯލް އަތުން 1-0 އިން ބަލިވެފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 49 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އޮތީ 45 ޕޮއިންޓާ އެކު ތިން ވަނައިގަ އެވެ. ތާވަލުގެ ދެ ވަނައިގައި 48 ޕޮއިންޓާ އެކު އޮތީ އެތުލެޓިކޯ މެޑްރިޑެވެ.
މި ސީޒަނުގެ ކުރީކޮޅު ބާސެލޯނާ އޮތީ ބޮޑު ފަރަގަކާ އެކު ތާވަލުގެ ކުރީގަ އެވެ. އެކަމަކު ވަކި ހިސާބަކުން ފޯމު ދަށްވެ ތިން ވަނަ އަށް ސޮއްސާލީ އެވެ. ނަމަވެސް މިހާރު ނަތީޖާތައް ނުކުންނަ ގޮތުން ބާސެލޯނާ އަށް މިވަނީ އަނެއްކާ ވެސް ލީގު ޗެމްޕިއަންކަން ހޯދުމަށް ދޮރު ހުޅުވިފަ އެވެ.
ލެވޮންޑޮސްކީ ބުނީ މިވަގުތު ހަމައެކަނި ވިސްނަނީ މެޗުން މޮޅުވާން ކަމަށާއި ޕޮއިންޓް ޓޭބަލަށް ބަލާނީ އޭގެ ފަހުން ކަމަށެވެ.
"މިވަގުތު އަހަރެމެންގެ އަތުގައި ރެއާލާއި އެތުލެޓިކޯ އަށް ވުރެ ޕޮއިންޓް މަދު. އެކަމަކު ވަރަށް މުހިއްމު މޮޅުވާން. އޭގެ ފަހުން ބަލާނީ ކިހާ ޕޮއިންޓެއްތޯ އޮތީ،" ލެވޮންޑޮސްކީ ބުންޏެވެ.
ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުގައި އަލަވެސް ވަނީ ވަރުގަދަ ޑިފެންސިވް ކުޅުމެއް ދައްކައިފަ އެވެ. ފުރަތަމަ ހާފުގައި ބާސެލޯނާ އަށް އެކަށީގެންވާ ފުރުސަތެއް ވެސް ނުހޯދުނެވެ. ލެވޮންޑޮސްކީ ގޯލް ޖެހީ 61 ވަނަ މިނެޓުގައި ލަމީން ޔަމާލް ދިން ބޯޅައަކުންނެވެ. "އަހަރެމެންނަށް އަބަދުވެސް މޮޅެއް ނުވެވޭނެ ފަސް ހަ ލަނޑު ޖަހައިގެން. ބައެއް ޓީމުތަކުން އައިސް ތިބޭނީ ޑިފެންސްކުރަން. އެކަމަކު އަހަރެމެންނަށް ފުރުސަތު ލިބޭނެ ކެތްތެރިކަމާ އެކު ކުޅެގެން،" ލެވޮންޑޮސްކީ ބުންޏެވެ.
މި ގޯލާ އެކު ޕޮލެންޑް ފޯވާޑް ވަނީ ލީގުގައި 18 ގޯލް ހަމަކޮށްފަ އެވެ. އޭނާގެ ފަހަތުން ލަނޑު ލިސްޓުގެ ދެ ވަނައިގައި އޮތީ 15 ލަނޑު ޖަހައިގެން ރެއާލް މެޑްރިޑުގެ ފްރާންސް ފޯވާޑް ކީލިއަން އެމްބާޕޭ އެވެ.
ބާސެލޯނާ އަލުން ލީގުގެ އެއް ވަނަ މަގާމަށް
ބާސެލޯނާ އަށް ހަތް ތަރީގެ މޮޅެއް
ލީގު ހޯދުމުގެ ރޭހުގައި ބާސެލޯނާ ފަހަތަށް ފިޔަވަޅެއް
މިލިމީޓަރެއްގެ އޮފްސައިޑުން ބާސާ އަށް ކެހި
ރެއާލް ބަލިކޮށް ބާސެލޯނާ 6 ޕޮއިންޓުގެ ލީޑެއްގައި
ބާސާ އަށް ބޮޑު މޮޅެއް، އެކަމަކު ކީޕަރަށް ސީރިއަސް ހާނިއްކައެއް
ޔަމާލަށް ބޮޑު މުސާރައެއް ދޭން ސަޕޯޓަރުން ގޮވާލަނީ
ޒަވީގެ ރޯޅިގަނޑު ލަލީގާގެ ރެފްރީންނަށް
ބާސާ ފަހަތަށް ފުރޮޅާލައިފި، ޖިރޯނާ އަށް ލީޑް
އެއްވަނައިގައި ރެއާލް އާއި ބާސާ އެއް ނޫން، ޖިރޯނާ