Roadha Mihaaru

ކެފޭއެއްގައި މާރާމާރީ ހިންގީ ދެ ބިދޭސީން، އެކަކުގެ ހާލު ސީރިއަސް

މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގީ އެތަނުގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާރާމާރީ ހިންގީ ދެ ބިދޭސީން، އެކަކުގެ ހާލު ސީރިއަސް

މާލޭގެ ކެފޭއެއްގެ ތެރޭގައި ހަމަނުޖެހުން ހިންގީ އެތަނުގައި މަސައްކަތްކުރާ ދެ ބިދޭސީއެއްގެ ދެމެދުގައި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާވެޔޮ މަގުގައި ހިންގާ ކެފޭ ތާސީރުގެ ތެރޭގައި މާރާމާރީއެއް ހިންގި މައްސަލަ މިއަދު މެންދުރު 12:10 ހާއިރު ފުލުހުންނަށް ވަނީ ހުށަހަޅައިފަ އެވެ.

ފުލުހުން ބުނީ ކެފޭގައި މާރާމާރީ ހިންގީ އެތަނުގައި މަސައްކަތްކުރާ ނޭޕާލަށް ނިސްބަތްވާ ޝެފަކާއި ބަންގްލަދޭޝަށް ނިސްބަތްވާ އެހެން މުވައްޒަފަކާ ދެ މީހުން ކަމަށެވެ.

އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުން އަންނައިރު، ބަންގްލަދޭޝް މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާރާމާރީގައި އަނިޔާވި ދެ މީހަކަށް އިމަޖެންސީ ރޫމުގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. އެކަމަކު އޭގެ ތަފްސީލެއް ނުދެ އެވެ.