ވައި ނުސާފު ވުމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ފުއްޕާމޭގެ ކެންސަރު ޖެހޭ އާންމު ސަބަބަކަށް ވަމުން އަންނަ ކަމަށާއި ދެކުނު އިރުމަތީ އޭޝިއާ މީހުންނަށާއި އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް މި ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ވައި ނުސާފު ވުމަކީ، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ވެސް ފުއްޕާމޭގެ ކެންސަރު ޖެހޭ އާންމު ސަބަބަކަށް ވަމުން އަންނަ ކަމަށާއި ދެކުނު އިރުމަތީ އޭޝިއާ މީހުންނަށާއި އަދި ވަކިން ހާއްސަކޮށް އަންހެނުންނަށް މި ނުރައްކާ ބޮޑު ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.
ފުއްޕާމޭގެ ކެންސަރަކީ މި ބަލީގެ އެންމެ އާންމު ވައްތަރެވެ. މިއަދު ފާހަގަކުރާ ކެންސަރު ދުވަހާ ގުޅުވައިގެން ލާސިޓް ރެސްޕިރޭޓަރީ މެޑިސިން ޖާނަލްގައި ޝާއިރުކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ 2022 ވަނަ އަހަރު 2.5 މިލިއަން މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހުނު ކަމަށެވެ.
އޭގެ ތެރޭގައި ގިނައީ ފިރިހެނުން ނަމަވެސް އަންހެނުންނަށް ވެސް މި ބަލި ޖެހުން އިތުރުވަމުންދާ ކަމަށާއި މިހާރު ވެސް މި ބަލި ތަހަންމަލްކުރާ މީހުންގެ ތެރެއިން މިލިއަނަކާ ގާތްކުރާ އަދަދަކަށް އަންހެނުން ހިމެނޭ ކަމަށް ރިޕޯޓްގައިވެ އެވެ.
ފުއްޕާމޭގެ ކެންސަރުގެ "ސަބްޓައިޕެއް" ކަމަށްވާ އެޑިނޯކާސިނޯމާ އަކީ 185 ގައުމެއްގެ އަންހެނުންގެ މެދުގައި މިހާރު ވަރަށް ބޮޑަށް އާންމުވަމުން އަންނަ ވައްތަރެއް ކަމަށް، ޗައިނާގެ އެހީގައި ކުރި މި ދިރާސާއިން ވަނީ އެނގިފަ އެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ޖެހޭ ފުއްޕާމޭގެ ކެންސަރުގެ 53-70 ޕަސެންޓަކީ އެޑިނޯކާސިނޯމާ ކަމަށް ވުމަކީ މިކަމާ ވައި ތަޣައްޔަރުވުމާ އޮތް ގުޅުން ހާމަކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައި،" ދިރާސާގައި ބުނެފައިވެ އެވެ.
ދިރާސާއިން ދައްކާފައިވާ ގޮތުގައި 2020 އާއި 2022 އާ ދެމެދު ކެންސަރުގެ މި ބާވަތް އަންހެނުންނާއި ފިރިހެނުންގެ މެދުގައި ވެސް އިތުރުވެފައި ވާއިރު އަންހެނުން މީގެ ތެރޭގައި މާ ގިނަ އެވެ. އެއީ ބަލި ޖެހުނު ކޮންމެ 10 މީހެއްގެ ތެރެއިން 6 އެވެ.
"ދުނިޔޭގެ ގިނަ ގައުމުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަދުވަމުންދާއިރު، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންނަށް ފުއްޕާމޭގެ ކެންސަރު ޖެހޭ ނިސްބަތް ވަނީ އިތުރުވެފައި،" ސައިންސްވެރިން ބުންޏެވެ.
"ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ފުއްޕާމޭގެ ކެންސަރަކީ މުޅި ދުނިޔެއަށް ބަލާއިރު ކެންސަރާ ގުޅުން ހުރި ކަންކަމުގައި ފަސް ވަނައަށް އެންމެ ގިނައިން މީހުން މަރުވާ ސަބަބު ކަމަށް އަންދާޒާ ކުރެވޭ އިރު، މިއީ ގާތްގަނޑަކަށް މުޅިންހެން، އެޑިނޯކާސިނޯމާގެ ކޭސްތައް އަދި އާންމުކޮށް އަންހެނުންނާއި އޭޝިއާ މީހުން."
މިއީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ފަދަ ޖަމާއަތްތަކުގެ ޑޭޓާގެ މައްޗަށް ބިނާކޮށް ހަދާފައިވާ ދިރާސާއެކެވެ.
ސައިންސްވެރިން ބުނީ ވައި ތަޣައްޔަރުވުމާ ގުޅިފައިވާ އެޑިނޯކާސިނޯމާ އެންމެ ގިނައިން ކޭސްތައް ފެނިފައިވަނީ އިރުމަތީ އޭޝިއާގެ ގައުމުތަކުން ކަމަށާއި ހާއްސަކޮށް ޗައިނާއިން ކަމަށެވެ.
"ހޫނުކުރުމާއި ކެއްކުމަށް ބޭނުންވާ ސޮލިޑް ފިއުލް ގޭތެރޭގައި އެންދުމަކީ ދުންފަތުގެ އިސްތިއުމާލު ނުކުރާ ޗައިނާގެ އަންހެނުންގެ މެދުގައި މި ބަލި އިތުރުވެފައިވާ ސަބަބެއް ކަމަށް ވެދާނެ،" ދިރާސާ ޓީމުން ބުނެފައިވެ އެވެ.
-- އޭއެފްޕީ
ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
ހީނާ އަށް އުރަމަތީ ކެންސަރު ޖެހިގެން ފަރުވާ ކުރަނީ
ޒަކާތު ފަންޑުން ކެންސަރުގެ ފަރުވާއަށް ބޮޑު އެހީއެއް
ކެންސަރުގައި ހީނާ: ވެއްޓޭ ކޮންމެ ފަހަރަކު ތެދުވޭ!
ކެންސަރު ބަލި 2050 އަށް 77 ޕަސެންޓް އިތުރުވާނެ
ކެންސަރު ހޮސްޕިޓަލުގެ މަސައްކަތް ފަށަން ޓީމު އަތުވެއްޖެ
ވައި ނުސާފުވުމަކީ ކުދިން ފަލަވާކަމެއް
ފުޓްބޯޅާގައި ބޮލުންޖެހުން މަނާކުރުމުގެ ލަފައެއް
"ފްރެންޑްސް" ގެ ތަރިޔަކު ކެންސަރާ ހަނގުރާމަކުރަނީ
ކެންސަރަށް ފަރުވާ ހޯދަމުން ދިޔަ ނުހައިކް ނިޔާވެއްޖެ