Roadha Mihaaru

ކެންސަރު ދުވަސް: ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން

ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެ ބަލިން ސަލާމަތްވުމަށް އެކަމާ ދުރުހެލިވުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ކެންސަރު ދުވަސް:ރައީސް އެދިވަޑައިގަތީ ދުންފަތާ ދުރުވާން
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

04 ފެބުރުއަރީ 2025

ކެންސަރު ބަލި ޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި އެ ބަލިން ސަލާމަތްވުމަށް އެކަމާ ދުރުހެލިވުމަށް މަސައްކަތް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް އެ ކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހާ ގުޅުވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ މަނިކުފާނު ވަނީ ދުނިޔޭގެ ކެންސަރު ބަލީގެ ދުވަހުގައި އެ ނުބައި އާދައިން ދުރުވުމަށް އަޒުމު ކަނޑައެޅުމަށް ގޮވާލައްވައިފަ އެވެ.

ކެންސަރު ބައްޔަކީ ރާއްޖޭގައި ގިނަ ބަޔަކު ތަހައްމަލުކުރަމުން އަންނަ ބައްޔެކެވެ. ކެންސަރު ޖެހިފައިވާ މީހުންގެ ދަފްތަރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާރު ވެސް 1،400 އަށް ވުރެ ގިނަ ބަޔަކު މި ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފައިވެ އެވެ.

ކެންސަރަކީ ދިރިއުޅުމުގެ އެހެން ވައްޓަފާޅިތަކާ ވެސް ގުޅިފައިވާ ކަމަކަށް ވާއިރު، ސަރުކާރުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ރާއްޖޭގައި ވޭޕް ބުއިމާއި އޭގެ ވިޔަފާރިކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން މަނާކޮށްފަ އެވެ. ބޮޑެތި ޖޫރިމަނާތައް އަންނަ ގޮތަށް، ވޭޕާއި ވޭޕްކުރަން ބޭނުންކުރާ އާލާތްތަކާ އެކު، އިލެކްޓްރޯނިކް ސިނގިރޭޓް ވިއްކުމާއި ހިލޭ ބެހުމާއި ބޭނުންކުރުމާއި ރާއްޖެ އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

ސަރުކާރުން ވަނީ ސިނގިރޭޓާއި ބިޑީގެ ޑިއުޓީ ވެސް 50 ޕަސެންޓު ބޮޑުކޮށްފަ އެވެ