މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަށް ދައުވާ ކޮށްފި އެވެ.
05 ފެބުރުއަރީ 2025
މިދިޔަ އަހަރުގެ ރޯދަމަހު އުމްރާއަށް މީހުން ގެންގޮސް ހާލުގައި ޖެއްސި އަލް-މަޝްއަރު ޓުއާސްގެ ވެރިޔާ އަށް ދައުވާ ކޮށްފި އެވެ.
މަޝްއަރު ޓުއާސް އަކީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ބާތިލްކޮށްފައިވާ ގްރޫޕެއް ކަމަށްވާ އަލް-މަޝްއަރު ހައްޖު އެންޑް އުމްރާ ވެސް ހިންގާ "އަލް-މަޝްއަރު ޕްރައިވެޓް"ގެ ދަށުން އުފައްދާފައިވާ ޓްރެވަލް އެޖެންސީއެކެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ތިބެނީ އަލީ ފާރިޝް އާއި މޫސާ ޔާމީން އެވެ.
މަޝްއަރު ޓުއާސްގެ މައްސަލަ މިދިޔަ އަހަރުގެ އެޕްރީލް މަހު ފުލުހުންނަށް ހުށަހެޅީ އިސްލާމިކް މިނިސްޓްރީންނެވެ.
ޕީޖީން ވަނީ އަލީ ފާރިޝްގެ މައްޗަށް ދެ ދައުވާއެއް ކޮށްފަ އެވެ. އެއީ ޓެކުމުގެ ދައުވާ އާއި ލޯންޑްރިންގެ ކުށުގެ ދައުވާ އެވެ.
ޓެކުމުގެ ކުށުގެ ދައުވާ ކުރީ ފާރިޝްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ މަޝްއަރު ކުންފުނިން އުމްރާއަށް މީހުން ގެންދިޔައީ ހުއްދަ ނުދެނީސް އެކި މީހުން ގާތުގައި އެ ކުންފުނިން އުމްރާ އަށް ގެންގޮސްދިން މައްސަލާގަ އެވެ.
ދިވެހި ފައިސާއާއި ޑޮލަރު ނެގުމަށް ފަހު، އެ މީހުން އުމްރާ އަށް ގެންގޮސްފައި ނުވާއިރު އެ ފައިސާ ވެސް އަނބުރައި ރައްދު ކޮށްފައި ނުވުމަކީ ވެސް ޕީޖީން ބުނިގޮތުގައި ދައުވާކުރި އެއް ސަބަބެވެ.
ފާރިޝް ހިޔާނާތްތެރިވިކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072ރ. އެވެ. އެ ފައިސާ ދެއްކި މީހުންނަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފާރިޝް އަތުން އެ ފައިސާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފަ އެވެ.
އޭނާއަށް މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ކުރީ ކުންފުނީގެ ނަމުގައި ނެގި ފައިސާ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި ހިއްސާ އޮންނަ ޓްރިއާ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑާކޮށްފައިވާތީ ކަމަށް ޕީޖީން ބުންޏެވެ.
ފާރިޝް ލޯންޑާ ކޮށްފައި ވާކަމަށް ތުހުމަތުކުރެވޭ ފައިސާގެ އަދަދަކީ 391،072ރ. އެވެ.
ޕީޖީން ބުނީ އެއީ ތަހުގީގު ހިނގަމުންދާ މައްސަލައަކަށް ވާތީ އޭނަގެ މައްޗަށް ތުހުމަތުކުރެވޭ މަޝްއަރު ޕްރައިވެޓް ލިމިޓެޑުން އުމްރާއަށް މީހުން ގެންދިއުމަށް ފަހު، އެ މީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައި ނުދީ، އެ މީހުންގެ ފައިސާ އަށް ހިޔާނާތްތެރި ވިބައިގެ ތަހުގީގު ނިންމައި ހުށަހެޅުމުން، އެ އޭނަގެ މައްޗަށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވި އިރު، އުމްރާ އަށް މީހުން ގެންދިއުމުގެ ހުއްދަ އޮވެ، ބަޔަކު އުމްރާއަށް ގެންގޮސް ހާލުގައި ޖެއްސުވި އެހެން މައްސަލައެއް މިހާރު ފުލުހުން އަންނަނީ ބަލަމުންނެވެ. އެއީ އަލް-ހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޑެޓުގެ ހަވާލުގައި އުމްރާއަށް ގެންދިޔަ މީހުންނެވެ.
މަންޑޭގެ ގެ އޮތީ އަގު ބޮޑު މުދަލުން ޖަރީކޮށްފައި!
ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް
އާޒިމާ އަށް އުފުލި ދައުވާގެ ލިޔުންތައް ހަވާލުކޮށްފި
އާޒިމާގެ މައްޗަށް ދައުވާކޮށް، ކޯޓަށް ފޮނުވައިފި
ހުއްދަ ނެތި ހައްޖަށް ފޮނުވުމުން ނަސްރުﷲ އަށް ދައުވާ
ވާނުވާ ބަންދުގައި 417 މީހުން، ޖަލުތައް ފުރިފައި!
ހައްޖު މިނިސްޓަރުގެ ދައުވަތަކަށް ޝަހީމް ސައުދީއަށް
މަޝްއަރު ޓުއާސްގެ ވެރިންނަށް ދައުވާކުރަން ފޮނުވައިފި
ޒުވާނުންނާ އެކު އުމްރާ ދަތުރުތަކުން އުފާވެރިކަން
ހައްޖު އަގު ހެޔޮކުރުން ހަގީގަތަކަށް ވުމުގެ އުއްމީދުބޮޑު