14 ޖެނުއަރީ 2018
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައިގެން ހާލުގައި ޖެހުނު މައްސަލައިގައި އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާގެ މައްޗަށް މިދިޔަ ހަފުތާގައި ދައުވާ ކޮށްފި އެވެ.
ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ ނެތި ހަަތަރު ދިވެއްސަކު ހައްޖަށް ފޮނުވައިގެން ހާލުގައި ޖެހުނު މައްސަލައިގައި އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް ނަސްރުﷲ މުސްތަފާގެ މައްޗަށް މިދިޔަ ހަފުތާގައި ދައުވާ ކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލައިގައި ނަސްރުﷲގެ މައްޗަށް ދެ ދައުވާއެއް އުފުލާފައިވާ ކަމަށެވެ. އެއީ، ހުއްދަ ހޯދައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރި ކަމުގެ ކުށުގެ ދައުވާ އާއި އެނގި ހުރެ ސައްހަ ނޫން ލިއުމެއް އުފެއްދި ކަމުގެ ކުށުގެ ދައުވާ އެވެ.
ހަތަރު މީހެއްގެ އަތުން ފައިސާ ނަގައި އެ މީހުން މައްކާގައި ހާލުގައި ޖެއްސި މައްސަލަ ފުލުހުން ބެލީ އިސްލާމިކް މިނިސްޓްރީން ހުށަހަޅައިގެންނެވެ.
ހައްޖުގެ އަޅުކަމަށް މައްކާ އަށް ފޮނުވި ދެމަފިރިއަކާއި އުމުރުން ދުވަސްވީ ދެ ފިރިހެނަކު ހާލުގައި ޖެހުނީ، ރަސްމީ ކޯޓާގެ ބޭރުން އަަދި ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބިފައިނުވާ މީހަކު، ބައެއްގެ އަތުން ފައިސާ ނަގައިގެން ހައްޖަށް ފޮނުވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އޭގެ ތެރޭގައި ހިމެނޭ ދެމަފިރިންނާ ހަވާލާދީ އިސްލާމިކް މިނިސްޓްރީން ބުނެފައި ވަނީ، އެ ދެ މީހުންގެ އަތުން 70،000ރ. ނެގީ ނަސްރުﷲ ކަމަށް އެ ދެމަފިރިން ބުނާ ކަމަށެވެ. އަދި ހައްޖަށް ދެވޭނެ ކަމުގެ ލިޔުން ވެސް ނަސްރުﷲ ދެއްވި ކަމަށް، އެ ދެމަފިރިންނާ ހަވާލާދީ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ހަތަރު މީހުން ސައޫދީ އަށް ގޮސް ހާލުގައި ޖެހުމުން، ސަރުކާރުން އަންގައިގެން އެ މީހުންނާ ފަހުން ހަވާލުވީ، ހައްޖު ކޯޕަރޭޝަނުންނެވެ. އަދި ހަތަރު މީހުން ހައްޖުގެ ކަންތައް ފުރިހަމަކުރީ ހައްޖު ކޯޕަރޭޝަނާ އެކުގަ އެވެ.
ހައްޖަށް ގެންދަން ހުއްދަ ދެނީ ވަކި ކުންފުނިތަކަކަށް ކަމަށް ވާއިރު، އަމިއްލަ ގޮތުން މީހުން ހައްޖަށް ފޮނުވުމަކީ މަނާ ކަމެކެވެ. އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ، އިސްލާމިކް މިނިސްޓްރީން ބަލަން ޖެހޭ ކަންކަން ބަލައި ރިޕޯޓެއް އެކުލަވައިލުމަށް ފަހު އެވެ.
މައްކާގައި ދިވެހިންތަކެއް ހާލުގައި ޖެއްސި މައްސަލަ ލިޔުމާ ގުޅިގެން، އެއީ އޭނާގެ އަބުރަށް އަރައިގަތުން ކަމަށް ތުހުމަތުކޮށް، ނަސްރުﷲ ވަނީ "މިހާރު"ގެ ފަސް ނޫސްވެރިއެއްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ އުފުލައިފަ އެވެ. އެ މައްސަލައިގައި އަންނަ އަންގާރަ ދުވަހު ސިވިލް ކޯޓަށް ހާޒިރުވާން ބައެއް ނޫސްވެރިންނަށް ވަނީ ޗިޓް ވެސް ފޮނުވައިފަ އެވެ. އަދި އެ މައްސަލައިގައި ވީމީޑިއާގެ މައްޗަށް ވެސް ނަސްރުﷲ ވަނީ ދައުވާ ކޮށްފަ އެވެ.
މައްކާގައި ދިވެހިން ހާލުގައި ޖެއްސި މައްސަލަ ޕޮލިހަށް
ހައްޖަށް ދިޔަ 80 އަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
ބަލި މީހުންނަށް ހާއްސަ ހައްޖުގެ ޖާގަތަކަށް ހުޅުވާލައިފި
ހައްޖަށް ދިޔަ ދެ ދިވެއްސަކަށް އައިސީޔޫގައި ފަރުވާ ދެނީ
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
ކުރީގެ މިނިސްޓަރު ޒިޔާދަށް ކޮރަޕްޝަންގެ ދައުވާކޮށްފި
ހައްޖު މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފި
ހައްޖު ހުއްދަ ދިނުން މަޑުޖައްސާލުމުގެ އަމުރެއް ނުދިން
ހައްޖު މައްސަލަ ހައްލު ނުވުމުން ޝަރީއަތް ހިންގަނީ
ސިސިލްފަރު މައްސަލައިގެ ޑިސްޕިއުޓް މަރުހަލާ ފަށައިފި