ހުޅުމާލެ ރެހެންދި ޓާފް ދަނޑު ކައިރީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ ދަނިކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
09 ފެބުރުއަރީ 2025
ހުޅުމާލެ ރެހެންދި ޓާފް ދަނޑު ކައިރީ މީހަކަށް ހަމަލާދީ ޒަހަމްކޮށްލުމަށް ފަހު، ފިލަން މާލެ ދަނިކޮށް ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހުޅުމާލޭ ބޯގަންވިލާ މަގުގައި ހުންނަ ރެހެންދި ޓާފް ދަނޑުގެ ހުޅަނގު ފަަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ފުލުހުން ބުނީ އެކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ ރޭ 11:35 ހާއިރު ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލައިފަ އެވެ.
ފުލުހުން ބުނި ގޮތުގައި އެ މާރާމާރީގައި ހަމަލާދީފައި ވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
ފުލުހުން ބުނީ އެ މާރާމާރީ ހިންގި ކަމަށް ތުހުމަތުކުރެވޭ ދެ މީހުން ފިލަން ހައިވޭ އިން މާލެ ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އެއީ ގދ. ފިޔޯރީއަށް ނިސްބަތްވާ 25 އަހަރުގެ ރުސްތުމް އިބްރާހިމާއި ބ. ގޮއިދޫއަށް ނިސްބަތްވާ، 19 އަހަރުގެ ސައިފުﷲ ފައިސަލެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހުން ހުއްޓުވި ސަރަހައްދުން މާރާމާރީ ހިންގަން ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ ހަތިޔާރު ފެނުނެވެ. އޭގެ ތެރޭގައި ވަޅިއެއް ވެސް އޮތެވެ.
އެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
މިފަހުން މާލޭގައި ވަނީ މާރާމާރީތައް އިތުރުވެފަ އެވެ. މިދިޔަ ހަފްތާގައި ވަނީ އައިޖީއެމްއެޗް ކައިރީ މަގުމަތީ ހުރި މީހެއްގެ ބޮލުގައި ވެސް މަރުތޭލަކުން ޖަހައި ޒަހަމްކޮށްލާފައިވެ އެވެ.
ތޫނުއެއްޗަކުން މާރާމާރީ ހިންގި ދެ ކުއްޖަކު ހައްޔަރު
މަރުތޭލުން ޖެހުމުގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި
ހަމަލާދީ ފިލަން އުޅުނު މީހާ ޝަރީއަތް ނިމެންދެން ބަންދު
މާރާމާރީ:ފިލަންއުޅުނު އެކަކު ޝަރީއަތްނިމެންދެން ބަންދަށް
މާރާމާރީ ހިންގީ ދެ ބިދޭސީން، އެކަކުގެ ހާލު ސީރިއަސް
ކެފޭއެއްގެ ބަދިގޭގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލައިފި
ރިސޯޓެއްގެ ޖެނެރަލް މެނޭޖަރަކަށް ހަމަލަދީފި
އާޓިފިޝަލްބީޗުގައި އަނެއްކާވެސް ބިދޭސީންގެ ހަމަނުޖެހުމެއް
ތޮއްޑޫ ކައުންސިލް ރައީސަށް ކުރާ ތުހުމަތު ފުލުހުންބަލަނީ
ދެ ދުވަސް ތެރޭގައި މާލޭގައި ގިނަ މާރާމާރީތަކެއް