ކާމިޔާބު ހޯދަން ބޭނުންވާނެ ހުރިހާ ކަމެއް ޕީއެސްޖީ އޭނާ އަށް ކޮށްދޭކަމަށް އެ ކްލަބްގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
10 ފެބުރުއަރީ 2025
ކާމިޔާބު ހޯދަން ބޭނުންވާނެ ހުރިހާ ކަމެއް ޕީއެސްޖީ އޭނާ އަށް ކޮށްދޭކަމަށް އެ ކްލަބްގެ ކޯޗު ލުއިސް އެންރީކޭ ބުނެފި އެވެ.
އެންރީކޭ ދާދި ފަހުން ވަނީ ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ޖުލައި 2023 ގައި ޕީއެސްޖީއާ އޭނާ ހަވާލުވީ ދެ އަހަރުގެ މައްދަތަކަށެވެ. އެ އެއްބަސްވުން ހަމަވާން ހަތަރު މަހަށް ވެފައި ވަނިކޮށް މިދިޔަ ހަފުތާގައި އޭނާ އެއްބަސްވުން އާ ކުރީ އިތުރު ދެ އަހަރަށް އެ ކްލަބްގައި މަޑުކުރުމަށެވެ.
ފްރާންސްގެ ޗެމްޕިއަން ޓީމުގައި ޖޫން 2027 ގެ ނިޔަލަށް އޭނާ މަޑުކުރާނެ އެވެ. ބާސެލޯނާގައި ކުރިން ކާމިޔާބު ހޯދި ކޯޗު ބުނީ ދިގު މުއްދަތަކަށް ވެސް ޕީއެސްޖީގައި އޭނާ މަޑުކުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.
ސްޕެއިންގެ ގައުމީ ޓީމުގެ ކުރީގެ ކޯޗު ބުނީ ޕީއެސްޖީގައި އޭނާ އާއި އޭނާގެ އެސިސްޓެންޓް ކޯޗުން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ކަމަށެވެ.
"އަހަރެމެން މި ކްލަބާ ހަވާލުވި ފުރަތަމަ ދުވަހުން ފެށިގެން ކާމިޔާބު ހޯދަން ބޭނުންވާ ހުރިހާ ކަމެއް އަހަރެމެންނަށް ކޮށްދެމުން ދަނީ،" އިޓަލީގެ ރޯމާގައި ވެސް ކުރިން މަސައްކަތް ކުރި ކޯޗު ބުންޏެވެ.
"ކްލަބްގެ ރައީސް [ނަސީރު އަލް ހަލީފީ] އަހަރެމެންނަށް ކުރާ އިތުބާރަކީ އަހަރެމެން މަސައްކަތުގައި ކުރިއަށްދާން ލިބޭ ބޮޑު ހިތްވަރެއް. އަހަރެމެން [ކޯޗުން ސްޓާފުން] ގެ މަސައްކަތް އިތުރަށް ވަރުގަދަކުރަން ހިތްވަރަކަށް ވެގެންދޭ."
އެންރީކޭގެ އިތުރުން ޓީމުގެ މުހިންމު ބައެއް ކުޅުންތެރިން ވަނީ ކޮންޓްރެކްޓް އާ ކޮށްފަ އެވެ. އަޝްރަފް ހަކީމީ އާއި ވިޓީނިއާ ނޫނޯ މެންޑިޗް ވަނީ 2029 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުން އާ ކޮށްފަ އެވެ. ޔޫރަމް ޒަގް އެއްބަސްވުން އާ ކުރީ 2028 ގެ ނިޔަލަށެވެ.
ޕީއެސްޖީ އެކަޑަމީން ތަމްރީނުވި ޒުވާން ކުޅުންތެރިންކަމަށްވާ އިބްރާހިމް އެމްބާއީ އާއި ނައުފަލް އަލް ހަނަޝް ވަނީ އެ ކުޅުންތެރިންގެ ފުރަތަމަ ކޮންޓްރެކްޓް ހަދައިފަ އެވެ.
އެންރީކޭ ބުނީ ޕީއެސްޖީގެ ކުރިމަގު ވަރަށް އުޖާލާކަމަށެވެ.
"އަހަރެންނަށް ހީވަނީ އަހަރެމެންގެ ކުރިމަތީގައި ވަރަށް އުޖާލާ މުސްތަގުބަލެއް އޮތްހެން. އަދި އުންމީދު ކުރަން ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ލިބޭނެ ކަމަށް،" ޕީއެސްޖީން ނެރުނު ބަޔާނުގައި އެންރީކޭ ބުނެފައި ވެ އެވެ.
އެމްބާޕޭގެ ހިޔާލު އަދިވެސް ބަދަލުވެދާނެ: އެންރީކޭ
މައްސަލަ އެބަހުރި، އެކަމަކު ކޯޗު ނުހިމެނޭ: އެމްބާޕޭ
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ
އުރީދޫގެ ދައުވަތަކަށް ޕީއެސްޖީގެ ލެޖެންޓް އޮކޯޗާ ރާއްޖެއަށް
އެމްބާޕޭ އަށް ބޯނަސް ނުދޭން ޕީއެސްޖީން ނިންމައިފި
ރޮއިސްއާ އެކު 11 އަހަރުފަހުން ޑޯޓްމެންޑް ފައިނަލަށް
ސްޓާރެއް ބޭނުމެއް ނުވޭ ޑޯޓްމެންޑުން އެކަން ދައްކައިފި
ޕީއެސްޖީން ނަތީޖާ އަނބުރާލައި ބަދަލު ހިފާލައިފި
އަބަދު އެމްބާޕޭގެ ސުވާލު، މިހާރު ފޫހިވެއްޖެ: އެންރީކޭ
ކަބާބް ފިހާރައެއްގެ އޯނަރަށް އެމްބާޕޭ ދައުވާ ކުރަނީ