ކީޕަރު ޖިއާން ލުއީކީ ޑޮނަރުއްމާ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ހުއްޓުނީ އޭނާ ޑިމާންޑް ކުރާ ބޮޑު މުސާރަ ދޭން ކްލަބުން ބޭނުން ނުވާތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.ޕީ
ކީޕަރު ޖިއާން ލުއީކީ ޑޮނަރުއްމާ، ޕީއެސްޖީގެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ހުއްޓުނީ އޭނާ ޑިމާންޑް ކުރާ ބޮޑު މުސާރަ ދޭން ކްލަބުން ބޭނުން ނުވާތީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.ޕީ
ޑޮނަރުއްމާއަކީ ޕީއެސްޖީގައި އެންމެ ބޮޑު މުސާރައެއް ލިބޭ އެއް ކުޅުންތެރިޔާ އެވެ. އޭނާ އަށް މުސާރައިގެ ގޮތުގައި މަހަކު 850،000 ޔޫރޯ ޕީއެސްޖީން ދެ އެވެ.
އާ އެއްބަސްވުމަކަށް ދިއުމުގެ މަސައްކަތް ހުއްޓުނީ މުސާރަ ބޮޑު ކުރަން އޭނާ ބޭނުންވުމުންނެވެ. އެ ޓީމުގެ ސްޕޯޓިން ޑައިރެކްޓާ ލުއިސް ކެމްޕޯސް ވަނީ ކްލަބްގެ މުސާރައިގެ އޮނިގަނޑަށް ބަދަލު ގެނެސްފަ އެވެ. ޑޮނަރުއްމާ ޑިމާންޑް ކުރާ މުސާރަ ކެމްޕޯސްގެ އޮނިގަނޑަކަށް ނުފެތެ އެވެ. އެހެންވެ ކޮންޓްރެކްޓް އާ ކުރުމުގެ ވާހަކަތައް ވެސް ހުއްޓުނީ އެވެ.
ޑޮނަރުއްމާ ބުނީ ޕީއެސްޖީ ޓީމުގައި އޭނާ ނުހިމަނަން ނިންމީ "ކޮންމެވެސް މީހެއް" ކަމަށެވެ. ނަން ނުބުނެ އޭނާ ބުނީ އެ ނިންމުމާ ހެދި މާޔޫސްވެއްޖެ ކަމަށެވެ. ޔޫއެފާ ސުޕަ ކަޕް މިރޭ ޓޮޓްނަމް ހޮޓްސްޕާސްއާ ދެކޮޅަށް ކުޅުނު މެޗަށް ޕީއެސްޖީން އެކުލަވާލި ސްކޮޑްގައި އިޓަލީގެ ކީޕަރު ނުހިމަނަ އެވެ. ޑޮނަރުއްމާގެ ވާހަކައިން ދޭހަ ވަނީ އޭނާ ޓީމުން ބޭރުކުރުމުގެ ނިންމުން، ނިންމީ ކޮންމެވެސް އެހެން މީހެއް ކަމަށެވެ. އެކަމަކު ޕީއެސްޖީގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޑޮނަރުއްމާ ސްކޮޑްގައި ނުހިމެނުމަކީ އޭނާގެ ފުލު ކޮންޓްރޯލުގައި ނިންމި ނިންމުމެއް ކަމަށެވެ. ޑޮނަރުއްމާ ވެސް މިހާރު ބޭނުން ވަނީ ޕީއެސްޖީ ދޫކޮށްދާށެވެ. އޭނާގެ ކޮންޓްރެކްޓް އާ ކުރަން މަސައްކަތް ކުރި ނަމަވެސް، ދެ ފަރާތުން އެއްބަސްނުވެވިގެން އެ މަސައްކަތް ކުރިއަކަށް ނުހިނގަ އެވެ. ޕީއެސްޖީން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާ ޕީރިއަޑްގައި މިދިޔަ ހޮނިހިރު ދުވަހު ލިލްގެ ގޯލް ކީޕަރު ލޫކަސް ޝަވޭލިއޭ ސޮއި ކުރުވާފަ އެވެ. އެއްވަނަ ކީޕަރުގެ މަގާމަށް ކުޅެވޭ ފެންވަރުގެ ދެ ކީޕަރު ކްލަބްގައި ބެހެއްޓުމުގެ ވިސްނުމެއް ވެސް ޕީއެސްޖީން ނުގެންގުޅެ އެވެ. އެހެންވެ އެ ޓީމުން ވެސް މިހާރު ބޭނުންވަނީ ބޮޑު މުސާރައެއްދޭ ކީޕަރު ދޫކޮށްލާށެވެ. އޭނާ ސޮއި ކުރުވަން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި މެންޗެސްޓާ ސިޓީން ވެސް ބޭނުންވެ އެވެ.
ޔުނައިޓެޑަށް ފަހިކުރަން ޕީއެސްޖީން ޑޮނަރުއްމާ ބާކީކޮށްފި
މުސިއާލާގެ އަނިޔާ؛ ނޯޔާގެ އިނގިލި ޑޮނަރުއްމާ އަށް
ޕީއެސްޖީން ލީގު ބުރުގެ އެއްވަނަ ލިވަޕޫލް ކަޓުވާލައިފި
ޔޫރަޕްގެ ބޮޑު ރެކޯޑްގައި ބެޔާން ކުރިއަށް!
ނަތީޖާ އަނބުރާލައި ޕީއެސްޖީއަށް ސުޕަ ކަޕް
ޕީއެސްޖީން ކީޕަރު ޑޮންނަރުއްމާ ވިއްކާލަނީ
ޕީއެސްޖީގެ ޕެރޭޑްގައި ދެ މީހަކު މަރުވެ ހިމޭންކަން
ކީޕަރު މާޓިނޭޒް ޕީއެސްޖީގެ ސަޕޯޓަރުން ރުޅި އަރުވާލައިފި
ކާމިޔާބަށް ބޭނުންވާ ހުރިހާ ކަމެއް ޕީއެސްޖީން ކޮށްދޭ
އެމްބާޕޭގެ ފައިސާގެ މައްސަލަ؛ ޕީއެސްޖީ ސަސްޕެންޑްވެދާނެ