ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
05 ޖޫން 2023
ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ވާވެއްދިފަޅު ވިއްކުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.
އެ ކޮމިޝަނުން ވަނީ ތަހުގީގެއް ހިނގަމުން އަންނާތީ ފަޅު ވިއްކުން ހުއްޓުވާފައިވާކަން ކަށަވަރު ކޮށްދީފަ އެވެ. އެކަމަކު އަމިއްލަ ފަރާތަކުން ހުށަހަޅައި ހިނގަމުންދާ ތަހުގީގަކަށް ވާތީ ތަފްސީލެއް ނުދެ އެވެ.
"އެ ފަޅާ ގުޅޭ މައްސަލައެއް ހުށަހަޅާފައިވާތީ ކޮމިޝަނުން އަންނަނީ ބަލަމުން," އޭސީސީގެ ސީނިއާ ކޮމިއުނިކޭޝަން އޮފިސަރު، ނިޝާން މުހައްމަދު ވިދާޅުވި އެވެ.
އޭސީސީން ކަމެއް ހުއްޓުވާނީ ތަހުގީގަކާ ގުޅިގެން ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ ކުރިން ވެސް ވާވެއްދިފަޅާ ގުޅޭ މައްސަލައެއް އޭސީސީން ތަހުގީގުކޮށް މައްސަލަ ފައިލްކޮށްފައި ވެ އެވެ. އަލުން މައްސަލަ ބަލަން ފެށީ ކޮން އިރަކު ކަމެއް އަދި ތަހުގީގު ނިމޭނެއިރެއް ވެސް ކޮމިޝަނުން ސާފެއް ނުވި އެވެ.
އެކަމަކު އެނގިފައިވާ ގޮތުގައި، ވާވެއްދިފަޅުގެ މައްސަލަ ބަލަން ފެށީ އެ ތަން ވިއްކާލަން ވިލާ ކުންފުނިން މި ފަހުން ނިންމި ނިންމުމަކާ ގުޅުވަ އެވެ.
ޓޫރިޒަމް މިނިސްޓްރީން ވިލާ އަށް ދޫކުރި ރަށްތަކުގެ ތެރެއިން ވާވެއްދިފަޅު އަތުލީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޑިސެމްބަރު 2015 ގަ އެވެ. ޓޫރިޒަމް މިނިސްޓްރީން ދޫކުރި ބޭނުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުދާ ކަމަށް ބުނެ އޭރު އަތުލި ތަންތަނުގެ ތެރޭގައި ކ. ބޮލިދިއްފަރާއި ރ. މާނެންފުއްޓާއި ގދ. ގަޒީރާ އާއި ކ. މާދިއްގަރުފަޅު ވެސް ހިމެނެ އެވެ.
ސަރުކާރުން އެއްބަސްވުން ބާތިލްކުރީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ހުށަހެޅި މައްސަލައިގެ ޝަރީއަތުގެ މަރުހަލާތަކަށް ފަހު، ސުޕްރީމް ކޯޓުން ނިމުނީ ވިލާ ކުންފުންޏާ އެއްކޮޅަށެވެ.
ދދ
ވާވެއްދިފަޅު ވިލާ އަށް ލިބުނީ އަމިއްލަ މީހަކާއި ސަރުކާރާ ދެމެދު އެ ފާޅާ ގުޅޭ ގޮތުންވީ އެއްބަސްވުމެއްގައި މައްސަލަ އުފެދުމުން، އޭގެ ތެރެއަށް އެ ކުންފުނިން ވަދެ އެވެ. އޭގެ ފަހުން، ސަރުކާރާއި ވިލާ ކުންފުންޏާ އެކު އޮތް އެއްބަސްވުން އުވާލައި ސަރުކާރުން ފަޅު އަތުލީ ޑަބްލިއުއެލްޓީން ސަރުކާރަށް ދެކޮޅަށް 1.9 ބިލިއަން ރުފިޔާ ހޯދަން ސިވިލް ކޯޓުގައި ދައުވާކުރި މައްސަލައެއްގެ ތެރެއިންނެވެ.
އޭސީސީއަށް މި ފަޅާ ގުޅޭ ގޮތުން މީގެ ކުރިން ވެސް މައްސަލައެއް ތަހުގީގު ކުރި އެވެ. އެކަމަކު އެއީ، ވިލާއަށް އަނބުރާ މި މައްސަލަ 2018 ގައި ލިބުނު ފަހުން އޭސީސީއަށް ހުށަހެޅި މައްސަލައެކެވެ.
ކޮމިޝަނަށް އޭރު މައްސަލަ ހުށަހެޅީ އެ ފަޅު ކުއްޔަށް ހިފި ފަރާތަށް ނުބައްދަލު ފައިދާތަކެއް ލިބުނު ކަމަށް ތުހުމަތުކޮށެވެ.
އޭސީސީން މައްސަލަ ނިންމައި ފައިލްކުރީ، އެ މައްސަލާގައި ކޮރަޕްޝަންގެ އަމަލެއް ނެތް ކަމަށެވެ.
"ތ. އެލާ, ގދ. ގަޒީރާ. ރ. މާނެންފުށި, ކ. ބޮލިދުއްފަރު, ކ. ވާވދެއްދި ފަޅު އަދި ކ. މާދިއްގަރުފަޅާ ގުޅިގެން ހަދާފައިވާ ސެޓްލްމަންޓް އެގްރީމަންޓްތައް ހަދާފައިވަނީ ސަރުކާރުގެ ކަމާގުޅުން ހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކުރުމަށް ފަހު ކަން މި މައްސަލާގެ ތަހުގީގު އެނގޭތީ ގާނޫނު ނަމްބަރު 2008/13 އެންޓި ކޮރަޕްޝަންގެ ގާނޫނުގެ 25 ވަނަ މާއްދާގެ ހގެ 1 ވަނަ ނަމްބަރުގައިވާ ފަދައިން މި މައްސަލައަކީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލައެއް ކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމީ އެވެ." އޭސީސީން ނިންމި ނިންމުމުގައިވެ އެވެ.
މި ފަޅުގެ މައްސަލާގައި ގާސިމް މިދިޔަ ހުކުރުދުވަހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހެދި މި ސަރުކާރުން ގާސިމްގެ ވިޔަފާރި އަށް ގެއްލުމެއް ލިބޭ ކަމުގެ ތުހުމަތު ނާޅުވައި ހަތަރު އަހަރު ހޭދަކުރެއްވުމަށް ފަހު, އިދިކޮޅު ފަރާތްތަކުން ބާއްވަން ރޭވި ޗާގޮސް މައްސަލައިގެ މުޒާހަރާގައި ބައިވެރި ނުވާން ގޮވާލައްވައި ދެއްކެވި ވާހަކައިގައި ސަރުކާރަށް ވަނީ ބަހުގެ ހަމަލާތައް އަމާޒުކުރައްވައިފަ އެވެ.
އެންމެ ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރެއްވީ މި ސަރުކާރުން ވެސް އޭނާގެ ވިޔަފާރިއަށް އަމާޒުކޮށް ގެއްލުން ދޭން ފަށާފައިވާ ކަމުގެ ތުހުމަތުކޮށެވެ.
ކޮންމެ ސަރުކާރަކުން ވެސް ވިލާ ކުންފުންޏަށް ދަތިކުރާ ކަމަށް ތުހުމަތު ކުރެއްވީ އެނގިފައިވާ ގޮތުގައި, ފަޅު ވިއްކުން އޭސީސީން ހުއްޓުވާފައި އޮތް މައްސަލާގަ އެވެ.
ގާސިމް ވިދާޅުވީ އޭނާގެ ވިޔަފާރި އަށް މި ސަރުކާރުން ވެސް "އަތްބާނަން ފައްޓަވައިފި" ކަމަށެވެ.
އޭސީސީން އެ ފަޅު ވިއްކުން ހުއްޓުވުމަކީ ސަރުކާރުން ކުރި ކަމެއްގެ ގޮތުގައި ސިފަކުރައްވައި ގާސިމް ވާހަކަ ދެއްކެވިޔަސް އެ ތުހުމަތު ސަރުކާރުން ދޮގުކުރެ އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މިއުވާން ވިދާޅުވީ މިނިވަން މުއައްސަސާތައް މި ސަރުކާރުގައި މަސައްކަތްކުރާނީ ގާނޫނުގައި ކަނޑައަޅާފައި އޮންނަ ގޮތަށް މިނިވަންކަމާ އެކުގައި ކަމަށެވެ. ގާނޫނީ މަސައްކަތުގެ ތެރެއަށް މި ސަރުކާރުގެ އެއްވެސް ނުފޫޒެއް ނޯންނާނެ ކަަމަށް ވިދާޅުވި އެވެ.
"މިނިވަން މުއައްސަސާތަކުން މިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ ފުރުސަތު އޮންނާނެ," މިއުވާން ވިދާޅުވި އެވެ.
ގާސިމްގެ ވިޔަފާރިއަށް ދަތިކުރާ ކަމުގެ ތުހުމަތު އޭނާ ކުރައްވާ އިރު ވެސް ޖުމްހޫރީ ޕާޓީއަކީ މި ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ. ކެބިނެޓުގައި ވެސް އެ ޕާޓީ ތަމްސީލްކުރައްވާ ވަޒީރުން ތިއްބަވަ އެވެ.
ވިލާ އަތުން 1.6 ބިލިއަން ހޯދަން އަންގައިފި
ވިލާއަށް ބޮޑެތި ލުއިތައް ދިނީ ގާނޫނާ ޚިލާފަށް:އޭސީސީ
ވާވެއްދިފަޅު ވިއްކުން ހުއްޓުވި އެންގުން ބާތިލުކޮށްފި
ގާސިމް ވިދާޅުވީ، ފަޅު ވިއްކަނީ ދަތިވެގެން ކަމަށް!
ވާވެއްދި ވިއްކުން ހުއްޓުވި ސަބަބަށް ވިލާއިން އެދިއްޖެ
އޭސީސީން ވެސް ނިންމީ ގާސިމާ އެއްކޮޅަށް
އޭސީސީން ވަނީ ކޯޓުގެ ހުކުމަށް ގޮން ޖަހާފައި: ޖޭޕީ
ވިލާއަށް ރަށްތައް ދިން މައްސަލަ އޭސީސީން ތަހުގީގުކުރަނީ
މައުމޫނަށް ކޮރަޕްޝަންގެ ތުހުމަތު ކުރުމަކީ ލަދުވެތިކަމެއް
"ފައިސާ ގޯނި" އޯކޭ! ސަރުކާރާ ކުޅެން އުޅުން ގޯސް!