Roadha Mihaaru

ވަޒީރުންނާ ކުރާ ސުވާލު ދިގުކޮށް، އިތުރު ސުވާލުގެ ވަގުތު އިތުރުކުރަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް، ވަޒީރުންނާ ކުރައްވާ ސުވާލުތައް އިތުރަށް ދިގުކޮށް، އިތުރު ސުވާލު ކުރައްވަން މެންބަރުންނަށް ލިބިވަޑައިގަންނަވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ވަޒީރުންނާކުރާ ސުވާލު ދިގުކުރަން އެމްޑީޕީން ހުށަހަޅައިފި
އައިޝަތު ނުޒުހާ
އައިޝަތު ނުޒުހާ

11 ފެބުރުއަރީ 2025

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުކޮށް، ވަޒީރުންނާ ކުރައްވާ ސުވާލުތައް އިތުރަށް ދިގުކޮށް، އިތުރު ސުވާލު ކުރައްވަން މެންބަރުންނަށް ލިބިވަޑައިގަންނަވާ ވަގުތު އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 81 ވަނަ މާއްދާ އަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެ އިސްލާހުގައި ވަނީ ވަޒީރުންނާ ކުރައްވާ ސުވާލަކީ 10 ފޮޅުވަތަށް ވުރެ ދިގު ނުވާނެ ގޮތަށް ކުރައްވާ ސުވާލަކަށް ހެދުމަށެވެ. މިހާރު ގަވައިދު އޮންނަ ގޮތުން ސުވާލެއްގެ ގޮތުގައި ބަލަނީ ފަސް ފޮޅުވަތަށް ވުރެ ދިގު ނުވާ ނަމަ އެވެ.

ކުޑޫ އިސްލާހު ހުށަހެޅުއްވީ ވަޒީރުންނާ ކުރައްވާ ސުވާލާ ގުޅިގެން، އިތުރު ސުވާލު ކުރެއްވުމަށް ލިބޭ ފުރުސަތު އެއް މިނެޓަށް ވުރެ ދިގު ނުވާނެ ގޮތަކަށް ކަނޑައެޅުމަށެވެ.

ގަވައިދުގައި މިހާރު އޮންނަނީ އިތުރު ސުވާލުގެ ދިގުމިނަކީ 45 ސިކުންތު ކަމަށެވެ.

ކުޑޫ ހުށަހެޅުއްވި މި އިސްލާހު ދިރާސާކުރަން އާންމު ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފަ އެވެ.