އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށްފި ގައުމު ބަނގުރޫޓުވާނެ ކަމަށް، ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެމެރިކާ ސަރުކާރުގެ ހަރަދުތައް ކުޑަ ނުކޮށްފި ގައުމު ބަނގުރޫޓުވާނެ ކަމަށް، ހަރަދު ކުޑަކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ބިލިއަނަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އަލަށް އުފެއްދި ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) ގެ ދަށުން ކުރަމުން އަންނަ މަސައްކަތްތަކުގައި އިސްކޮށް ހުންނެވި މަސްކް ވައިޓް ހައުސްގައި ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ވާހަކަ ދައްކަވަމުން މިހެން ވިދާޅުވި އިރު ހަރަދުތައް ކުޑަކުރުމުގެ ގޮތުން ގިނަ ޓްރަމްޕް ވަނީ ގިނަ އަމުރުތަކެއް ނެރުއްވައިފަ އެވެ.
ވަކިން ހާއްސަކޮށް މިދިޔަ އަހަރު އެމެރިކާގެ ބަޖެޓް ދަރަނި 1.8 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް ގޮސްފައި ވާތީ އެކަމަށް އިޝާރާތް ކުރައްވައި ޕަބްލިކް ޑެޓްގެ އިންޓަރެސްޓް ބޮޑުކުރުމުގެ ވާހަކަ ދައްކަވައިފަ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ ކަމަށްވާ މަސްކް ވިދާޅުވީ "މިއީ އިހްތިޔާރެއް ނޫން" ކަމަށެވެ. އަދި މިކަން "ކޮންމެހެން" ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.
ނަމަވެސް ޓްރަމްޕްގެ ސަރުކާރުން ހަރަދު ކުޑަކުރުމުގެ ނަމުގައި ކުރާ އެތައް ކަމަކާ ދެކޮޅަށް ކޯޓުތަކަށް މައްސަލަތައް ހުށަހަޅާފައި ވާއިރު ފަނޑިޔާރުން ގެންދަވަނީ އެ ފިޔަވަޅުތަކުގެ ގާނޫނީ ސައްހަކަމާ މެދު ސުވާލު އުފައްދަވަމުންނެވެ. ހަރަދު ކުޑަކުރުމުގެ ކުއްލި ފިޔަވަޅުތަކާ އެކު ބައެއް އޮފީސްތައް ބަންދުކޮށް އެތައް ބައެއްގެ ވަޒީފާ ސުވާލެއްގެ ތެރޭގައި ވާއިރު މި ކަންކަން ވަނީ ކޯޓުތަކާ ހިސާބަށް ގޮސްފަ އެވެ.
މަސްކްގެ ޓީމުން ވަނީ ފެޑެރަލް އެޖެންސީތައް މެދުވެރިކޮށް އެހީގެ ޕްރޮގްރާމްތައް ފްރީޒްކޮށް، މުވައްޒަފުން މަދުކުރުމަށް އެކި ފިޔަވަޅުތައް އަޅައިފަ އެވެ. މަސްކުގެ ބެލުމުގެ ދަށުން ހިންގާ "ޑޮޖް" އިން ނިންމާފައި ވަނީ ވަކިކުރާ ހަތަރު މުވައްޒަފެއްގެ ބަދަލުގައި އެންމެ މުވައްޒަފަކަށް ވުރެ އިތުރަށް ވަޒީފާތަކަށް މީހުން ވެސް ނުނެގޭނެ ކަމަށެވެ. އަދި ޑޮޖްގެ ލަފާ ނުހޯދާ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުނަގަން ވެސް ވަނީ އަންގައިފަ އެވެ.
ފާޑުކިޔުންތަކަށް އޮތް ރައްދަކީ ކޮބައިތޯ މަސްކާ ސުވާލުކުރުމުން ވިދާޅުވީ އެމެރިކާ މީހުން ވޯޓު ދިނީ "ސަރުކާރަށް ބޮޑެތި އިސްލާހުތަކެއް ގެންނަން" ކަމަށާއި އެއްވުންތަކުގައި ޓްރަމްޕް އެ މައްސަލަތަކުގެ ވާހަކަ ދެއްކެވި ކަމަށެވެ. އަދި އަޅަމުންދާ ފިޔަވަޅުތަކާ މަސްކުގެ ވިޔަފާރީގެ މަސްލަހަތުތަކާ ގުޅޭ ގޮތުން ސުވާލުކުރުމުން ވިދާޅުވީ އެފަދަ ހާލަތްތަކުގައި ވީ އެންމެ ބޮޑަށް ދެފުށް ފެންނަ ގޮތަށް ކަންތައް ކުރައްވާނެ ކަމަށެވެ.
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
މަސްކުގެ ޓީމަށް ސަރުކާރު ޕޭމަންޓް ސިސްޓަމުގެ އެކްސެސް
ވަޒީފާ ދޫކޮށްލާނަންތޯ ދެމިލިއަން މީހުން ގާތު އަހައިފި
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު