ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރީ ކޮން ކަމެއްކަން ބުނެ ދިނުމަށާއި އެކަން ނުކޮށްފި ނަމަ ވަޒީފާ ގެއްލޭނެ ކަމަށް ބުނެ އެމެރިކާ ސަރުކާރުގެ މުވައްޒަފުންނަށް އެންގުމުން ދެބަސްވުން އުފެދި އެކަމަށް އަަމަލު ނުކުރުމަށް ބައެއް އޮފީސްތަކުން އަންގައިފި އެވެ.
ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރީ ކޮން ކަމެއްކަން ބުނެ ދިނުމަށާއި އެކަން ނުކޮށްފި ނަމަ ވަޒީފާ ގެއްލޭނެ ކަމަށް ބުނެ އެމެރިކާ ސަރުކާރުގެ މުވައްޒަފުންނަށް އެންގުމުން ދެބަސްވުން އުފެދި އެކަމަށް އަަމަލު ނުކުރުމަށް ބައެއް އޮފީސްތަކުން އަންގައިފި އެވެ.
ސަރުކާރުގެ އެތައް މިލިއަން ސިވިލް މުވައްޒަފުންގެ އަދަދު މަދުކުރުމަށް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ފައްޓާވާފައިވާ މި މަސައްކަތާ ދެކޮޅަށް، ޓްރަމްޕު އައްޔަންކުރެއްވި ބައެއް އޮފިޝަލުން ވެސް ވަނީ މުވައްޒަފުންނަށް އިރުޝާދު ދެއްވައިފަ އެވެ. އެހެންވެ މިއީ މަސްކުގެ ނިންމެވުމާ މެދު ސަރުކާރުތެރޭގައި ދެބަސްވުން އޮތް މިންވަރު ހާމަވާ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފަ އެވެ.
އާދީއްތަ ދުވަހު ޑިފެންސް ޑިޕާޓްމަންޓުން ނެރުނު ނޯޓެއްގައި، މުވައްޒަފުން "މިދިޔަ ހަފުތާގައި ކުރި ކަމެއް" ބުނެދިނުމަށް ޔޫއެސް އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓް (އޯޕީއެމް) އިން ފޮނުވި އީމެއިލް އަށް ޖަވާބު ނުދީ މަޑުކުރުމަށް އަންގާފައިވެ އެވެ.
"ޑިޕާޓްމަންޓް އޮފް ޑިފެންސަކީ އެ ތަނުގެ މުވައްޒަފުންގެ ޕާފޯމަންސް ރިވިއު ކުރުމުގެ މަސްއޫލިއްޔަތު އަދާކުރާ އިދާރާއެއް. ކޮންމެ ރިވިއުއެއް ކުރިއަށް ގެންދާނީ އެ ޑިޕާޓްމަންޓުގެ އަމިއްލަ އިޖުރާއަތްތަކާ އެއްގޮތްވާ ގޮތުގެ މަތިން،" އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.
އެމެރިކާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އެފްބީއައި އާއި ސްޓޭޓް ޑިޕާޓްމަންޓާއި ނޭޝަނަލް އިންޓެލިޖެންސްގެ އޮފީހުގައި ޓްރަމްޕްގެ ސަރުކާރުން އައްޔަންކުރި އޮފިޝަލުން ވެސް ވަނީ މިގޮތަށް މުވައްޒަފުންނަށް އަންގައިފަ އެވެ.
ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އާ ޑިރެކްޓަރު ކާޝް ޕަޓޭލް ހޮނިހިރު ދުވަހު މުވައްޒަފުންނަށް ފޮނުއްވާފައިވާ މެސެޖެއްގައި "އެފްބީއައިގެ ހުރިހާ ރިވިއުތަކެއް ކުރިއަަށް ގެންދަން އޮންނަނީ ސީދާ ޑިރެކްޓަރުގެ އޮފީސް މެދުވެރިވެގެން" ކަމަށް އަންގާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސްގައި ލިޔެފައިވެ އެވެ.
އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އެމެރިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯއީސް އިން ވަނީ މިއީ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުން ކަމަށް ބުނެ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.
ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް)ގެ ނަމުގައި އިދާރާއެއް ހަދައި އެތަން ހިންގުން މަސްކާ ހަވާލުކޮށްފައި ވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑެތި ނިންމުންތައް އެތަނުން ގެންދަނީ ނިންމަމުންނެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެކި ގައުމުތަކާއި ޖަމާއަތްތަށް ދޭ އެހީތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
މަސްކުގެ ޓީމަށް ސަރުކާރު ޕޭމަންޓް ސިސްޓަމުގެ އެކްސެސް
ވަޒީފާ ދޫކޮށްލާނަންތޯ ދެމިލިއަން މީހުން ގާތު އަހައިފި
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު