އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެ މީހުންގެ މަގާމުގެ ޒިންމާތައް އަދާކުރި ވަރު ސާބިތުކޮށްނުދެވޭ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސަރުކާރުގެ މުވައްޒަފުންގެ ތެރެއިން އެ މީހުންގެ މަގާމުގެ ޒިންމާތައް އަދާކުރި ވަރު ސާބިތުކޮށްނުދެވޭ އެންމެން ވަޒީފާއިން ވަކިކުރާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕުގެ އެޑްވައިޒަރު އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
ދުނިޔޭގެ އެންމެ މުއްސަނދި މީހާ ކަމަށްވާ މަސްކް އެކްސްގައި މިކަން އިއުލާނުކުރެއްވީ އޭނާއާ ހަވާލުކޮށްފައިވާ ހަރަދު ކުޑަކުރުމުގެ މަސައްކަތުގައި މިހާރަށްވުރެ ހަރުކަށިވާން ޓްރަމްޕް އެދިވަޑައިގަތްތާ މާ ގިނައިރުތަކެއް ނުވަނީހެވެ.
"މިދިޔަ ހަފްތާގައި ވަޒީފާގެ ޒިންމާ އަދާކުރުމުގެ ގޮތުން ކުރި ކަންތައްތައް ބުނެދޭން އެދި ހުރިހާ ފެޑެރަލް މުވައްޒަފުންނަށް ކުޑަ އިރުކޮޅެއްގެ ތެރޭގައި އީމެއިލްއެއް ލިބޭނެ. އެޔަށް ޖަވާބު ނުދީފި ނަމަ ބަލާނީ އެއީ އިސްތިއުފާ ހުށަހެޅުން ކަމަށް،" ޓްރަމްޕުގެ ކެމްޕެއިނަށް އެންމެ ގިނަ ހަރަދުކުރި މަކްސް ލިޔުއްވާފައިވެ އެވެ.
މި އީމެއިލްގެ ކޮޕީއެއް އޭއެފްޕީއަށް ލިބިފައި ވާއިރު އޭގައި ވަނީ "މިދިޔަ ހަފްތާގައި ހާސިލްކުރެވުނު ކަންކަން ފަސް ވަރަކަށް ޕޮއިންޓުން ބުނެ ދިނުމަށް" އެދިފަ އެވެ.
އެ އީމެއިލް ފޮނުވާފައިވަނީ ޔޫއެސް އޮފީސް އޮފް ޕާސަނަލް މެނޭޖްމަންޓް (އޯޕީއެމް) އިން ނެވެ. މި އީމެއިލް އަށް ހޯމަ ދުވަހުގެ ރޭގަނޑު 11:59 ގެ ކުރިން ޖަވާބު ދޭންޖެހޭނެ ކަމަށް ބުނެފައި ވިޔަސް، ޖަވާބު ނުދީފި ނަމަ އެއީ އިސްތިއުފާ ދިނުން ކަމަށް ބުނެފައެއް ނުވެ އެވެ.
މި ނިންމުމާ އެކު އެމެރިކާގެ ފެޑެރަލް މުވައްޒަފުންގެ އެންމެ ބޮޑު ޔުނިއަން ކަމަށްވާ އެމެރިކަން ފެޑެރޭޝަން އޮފް ގަވަމެންޓް އެމްޕްލޯއީސް އިން ވަނީ މިއީ ގާނޫނާ ހިލާފަށް މުވައްޒަފުން ވަކިކުރުން ކަމަށް ބުނެ އެކަމާ ދެކޮޅަށް ކޯޓަށް ދާނެ ކަމަށް ބުނެފަ އެވެ.
ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް)ގެ ނަމުގައި އިދާރާއެއް ހަދައި އެތަން ހިންގުން މަސްކާ ހަވާލުކޮށްފައި ވާއިރު، ހަރަދު ކުޑަކުރުމުގެ ނަމުގައި ބޮޑެތި ނިންމުންތައް އެތަނުން ގެންދަނީ ނިންމަމުންނެވެ. އެތައް ބަޔަކު ވަޒީފާއިން ވަކިކުރުމުގެ އިތުރުން އެކި ގައުމުތަކާއި ޖަމާއަތްތަށް ދޭ އެހީތައް ވެސް ވަނީ ކަނޑާލައިފަ އެވެ.
ޓްރަމްޕު މަސްކުގެ ފައިގައި ދޫލާ ވީޑިއޯ ތަހުގީގުކުރަނީ
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
މަސްކުގެ ޓީމަށް ސަރުކާރު ޕޭމަންޓް ސިސްޓަމުގެ އެކްސެސް
ވަޒީފާ ދޫކޮށްލާނަންތޯ ދެމިލިއަން މީހުން ގާތު އަހައިފި
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު