އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އެޑްވައިޒަރު އީލޮން މަސްކުގެ ފައިފައި ދޫލާތީ ފެންނަ ގޮތަށް އޭއައިން ހަދާފައިވާ ފޭކް ވީޑިއޯއެއް ސަރުކާރުގެ އޮފީހެއްގެ ސްކްރީންތަކުން ދެއްކި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ އެޑްވައިޒަރު އީލޮން މަސްކުގެ ފައިފައި ދޫލާތީ ފެންނަ ގޮތަށް އޭއައިން ހަދާފައިވާ ފޭކް ވީޑިއޯއެއް ސަރުކާރުގެ އޮފީހެއްގެ ސްކްރީންތަކުން ދެއްކި މައްސަލައެއް ތަހުގީގުކުރަން ފަށައިފި އެވެ.
އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް (އެޗްޔޫޑީ)ގެ ސްކްރީންތަކުގައި މި ވީޑިއޯ ކުޑަ ވަގުތުކޮޅަކަށް ދައްކާފައިވާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފައިވެ އެވެ.
ޑިޕާޓްމަންޓް އޮފް ގަވަމެންޓް އެފިޝަންސީ (ޑޮޖް) ހިންގެވުމާ ހަވާލުކޮށްފައިވާ، ދުނިޔޭގެ އެންމެ މުއްސަނދި ބިލިއަނަރު ކަމަށްވާ މަސްކް ފެޑެރަލް ސްޓާފުން މަދުކޮށް ހަރަދު ކުޑަކުރުމަށް ހަރުކަށި ފިޔަވަޅުތައް އަޅަމުްނ ދާއިރު އޭނާ އާއި ޓްރަމްޕުގެ ގާތް ގުޅުމަށް އެ ވީޑިއޯގައި ފާޑު ކިޔާފައިވެ އެވެ.
"ލޯންގް ލިވް ދަ ރިއަލް ކިންގް" ލިޔެފައިވާ ލިޔުމެއް ވީޑިއޯގެ މައްޗަށް އަރުވާފައިވެ އެވެ.
އެޗްޔޫޑީގެ ތަރުޖަމާނަކު ސޯޝަލް މީޑިއާގައި ވިދާޅުވީ މިއީ ޓެކްސް ދައްކާ މީހުންގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އަމަލެއް ކަމަށާއި މި މައްސަލަ ތަހުގީގުކޮށް، ޒިންމާވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ.
މި ވީޑިއޯ ދައްކާފައިވަނީ ފެޑެރަލް މުވައްޒަފުން އެ މީހުން ވަޒީފާގެ ޒިންމާގައި މިދިޔަ ހަފްތާގައި ކުރީ ކޮން ކަމެއްތޯ ބުނެދިނުމަށް މަސްކް ދިން ސުންގަޑި ހަމަވިތަނާ އެވެ.
ވަޒީފާއިން ވަކިކުރާތީ ޓްރަމްޕުގެ ސަރުކާރުތެރޭ ދެބަސްވުން
ކުރިކަމެއް ބުނެނުދޭ އެންމެންގެ ވަޒީފާ ގެއްލޭނެ: މަސްކް
ހަރަދު ކުޑަނުކޮށްފިނަމަ އެމެރިކާ ބަނގުރޫޓުވާނެ: މަސްކް
މަސްކުގެ އޮފީހަށް ޓްރެޒަރީގެ ޑޭޓާ ދިނުން ހުއްޓުވައިފި
ޔޫއެސްއެއިޑްގެ މުވައްޒަފުންގެ އަދަދު 300 އަށް ހަދަނީ
ޔޫއެސްއެއިޑްގެ އޮފީސް ބަންދުކޮށް މުވައްޒަފުން ގެޔަށް!
ޔޫއެސްއެއިޑް ބަންދުކުރަން ޓްރަމްޕް އެއްބަސް: މަސްކް
މަސްކުގެ ޓީމަށް ސަރުކާރު ޕޭމަންޓް ސިސްޓަމުގެ އެކްސެސް
ވަޒީފާ ދޫކޮށްލާނަންތޯ ދެމިލިއަން މީހުން ގާތު އަހައިފި
އީރާނުން މަޝްވަރާނުކޮށްފި ނަމަ އޮތީ ހަމަލާ: ޓްރަމްޕު