ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
12 ފެބުރުއަރީ 2025
ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ވޭޕްގެ އާލަތްތައް އަތުލައި، ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބޭ ގޮތަށް ދުންފަތް ކޮންޓްރޯލް ކުރުމާބެހޭ އާންމު ގަވާއިދު މިއަދު އާންމުކޮށްފި އެވެ.
ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާކޮށްފަ އެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ގާނޫނުގެ ދަށުން ވޭޕް ގެންގުޅެ އޭގެ ވިޔަފާރިކުރާ މީހުން ޖޫރިމަނާ ކުރެވުނަސް، އޭގެކުރިން އެތެރެކޮށްފައިވާ ވޭޕްތައް އަތުލުމުގެ ބާރު އެ ގާނޫނުން ދީފައެއްނުވެ އެވެ.
ހެލްތް މިނިސްޓްރީން މިއަދު ގެޒެޓްކުރި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދުގައިވާ ގޮތުން، ވޭޕް ކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެއާއެކު ބޭނުން ކުރުމަށް އުފައްދާފައިވާ އެއްޗެއް ބޭނުންކޮށްފިނަމަ ނުވަތަ އަތުގައި އޮތްނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް އޮންނާނެ ކަމަށެވެ.
ކޯޓު އަމުރެއްގެ ދަށުން ނުވަތަ އެ ނޫން ގޮތަކަށް ވެސް ތަނެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެންނަ މިފަދަ ތަކެތި އަތުލެވޭނެ ކަމަށް ވެސް އެ ގަވާއިދުގައިވެ އެވެ. އަދި އެފަދަ ތަކެތި އަތުލުމަށް ފަހު އަނބުރާ ނުދެވޭނެ ކަމަށާއި އަދި އެ ތަކެތި ނައްތާލެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
މިގޮތަށް ގަވާއިދާ ހިލާފަށް ވޭޕްގެ އާލާތެއް ގެންގުޅޭނަމަ 2،000ރ. އިން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެ އެވެ. އަދި އެ އެއްޗެހި ފުލުހުންނަށް ދޭން ދެކޮޅު ހަދައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ވަނީ ދީފަ އެވެ.
ވޭޕް ބޭނުންކޮށްގެން މިހާތަނަށް 29 މީހުން ޖޫރިމަނާ ކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފިނަމަ 10،000ރ އަދި ވޭޕް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.
ބޮޑެތި ޖޫރިމަނާތަކާ އެކު، ވޭޕް މަނާކުރަން ފާސްކޮށްފި
ރާއްޖޭގައި، އީސިނގިރޭޓާ ދެކޮޅަށް އަޅާނެފިޔަވަޅު ބަލަނީ
ދުންފަތާ ދެކޮޅު މަސައްކަތަށް ވިޔަފާރިވެރިންގެ ނުފޫޒު!؟
އެޕާޓްމަންޓުން 49،000 ސިނގިރޭޓު ފޮށި ފެނުނު
ސެޒޭޝަން ފަރުވާއަށް ބޭނުންވާ ބާވަތްތައް އެތެރެކުރެވޭ
ބެލްޖިއަމްގައި ޑިސްޕޮސަބްލް އީ-ސިނގިރެޓް މަނާކޮށްފި
ވޭޕް މަނާކުރިތާ ހަފުތާއެއް ތެރޭގައި 9 މީހަކު ޖޫރިމަނާ
ވޭޕް ބޭނުންކޮށްގެން ހަތަރު މީހަކު ޖޫރިމަނާކޮށްފި
ވޭޕްކުރުމާ ދެކޮޅަށް ވަކާލާތުކޮށްދިނުމަށް ނާޒިމް އެދިވަޑައިގެންފި
ވޭޕް ޖޫރިމަނާ ކުރިކަން އަންގާނީ ފޯނަށް ދާ މެސެޖަކުން