Roadha Mihaaru
މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި

މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި

24 އޯގަސްޓް 2024

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަން ވެސް ކުރެއްވި މުހުތާޒް ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވިކަން އޭނާ ވަނީ "މިހާރު" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ.

އެނގިފައިވާ ގޮތުގައި ސިންގަޕޫރުގައި ހުންނަ ރާއްޖޭގައި ޑެޕިއުޓީ އެމްބެސެޑަރަކަށް ސްޓޭޓް މިނިސްޓަރުން ފެންވަރުގައި އޭނާ އައްޔަން ކުރަން ވަނީ ނިންމަވައިފަ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރެއްވި މުހުތާޒް ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ ޖެނުއަރީ މަހެވެ.

އޭނާ ވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ވެސް ވާދަ ކުރައްވައިފަ އެވެ.